ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބަނޑުބޮޑުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.


މިދިޔަ އަންގާރަ ދުވަހު ފެންމަތިވި މި މައްސަލައިގައި ފުލުހުން ބުނީ ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލަ ޖެންޑާ މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ. ބަލަމުން އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާރު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެއްނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އުމުރުން ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އަދި ދާދިފަހުން މާލޭ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނި ފެންމަތިވެފަ އެވެ.