ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ބަނޑުބޮނޑުވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 23 އަހަރުގެ މީހެއް ކަމަށެވެ.

އެ މައްސަލަ ބަލަން ފެށިކަމަށް ފުލުހުން ފުރަތަމަ ބުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ބުނީ އެ މައްސަލަ ބަލަަމުން އަންނަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްރަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގެ ގެސްޓްހައުސެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.