ޚަބަރު / މ. މުލި

ކައިވެނީގެ ނަމުގައި ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދަށް

ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި ކުޑަކުއްޖަކާ ކައިވެނިކޮށްގެން މިއަދު ހައްޔަރުކުރި އަހުމަދު އައްތާފު -- ފޮޓޯ: ފުލުހުން

ކޯޓުން ބޭރުގައި ޝަރުއީ އުސޫލުތަކާ ހިލާފަށް ކުޑަކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި 17 އަހަރުގެ ކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ބަލިވެ އިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ހއ. ފިއްލަދޫ، ޝޭޑޯޒް، އަހުމަދު އައްތަފު، 23، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މ. މުލި ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި، 18 އަހަރުނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިހާރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ވެސް، އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި އެ ކުއްޖާގެ ޅިޔަނު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި އެވެ. އޭގެ ފަހުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި ވެސް އިއްޔެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވެ އެވެ.

56 ކޮމެންޓް, 93 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 8%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔައުޤޫބު

06 July 2020

ކޯޓުން ބޭރުގައި، 18 އަހަރުނުވާ ކުއްޖަކާ ކައިވެނިކޮށްގެން ލިބޭ ދަރިން ޒިނޭގެ ދަރިންނަށް ވާނެތޯ؟ ނުވާނަމަ ރޭޕަކަށްވަނީ ކިހިނެތް.!

The name is already taken The name is available. Register?

އަލީ ރިސްވާން

06 July 2020

ރޭޕް މާ ޓްރެންޑީ ވެގެން ތިޔައުޅެނީ... ކައިވެނި ނުކުރެވޭނެކަމަށް ޤާނޫނެއް ނަހަދާ ހިނދަކު ބައްޕަ ކައިވެނި ކޮށްދެން ހުރިއްޔާ އނަހެންދަރިން ކައިވެނި ކުރެވޭނެ ބުރޯ

The name is already taken The name is available. Register?

ސަފާން

06 July 2020

ކޮމެންޓު ތަކަށާއި ލައިކް އަދި ޑިސް ލައިކަށް ބަލާލާފަ އެބަ އެނގޭ ރާއްޖޭގައި ޕީޑޮޕީލިއާ އޮތްވަރު.

The name is already taken The name is available. Register?

ބެލެނިވެރިންކޮބާ

05 July 2020

އެކުއްޖާގެ ބެލެނިވެރިން ކޮބާ؟ ހަމަގައިމުވެސް އެމީހުންގެ ރުހުމުގަދޯ އެކުއްޖާ މިމީހާއާ ކޯޓުން ބޭރުން ކައިވެނި ކޮށްދިނީ. އެހެންވީމާ ބެލެނިވެރިންވެސް ރޭޕް ގަ ބައިވެރިވީކަމަށް ފެނޭ.

The name is already taken The name is available. Register?

ހރހ

05 July 2020

ރޯޔަލް ރޭޕިސްޓުންގެ ފޮޓޯ ކޮބާ؟

The name is already taken The name is available. Register?

ހާސަރު

05 July 2020

ދީނުގެ ނަމުގައި މީހުންގެ ބޯކާ މީހުން މައިތިރި ނުކުރާނަމަ މިކަމެއް ނުހުއްޓޭނެ. މިކަމުގައި ހައްޔަރު ކުރަންވީ މިމީހާ އެކަނިތަ!؟ ކޯޓުން ބޭރުގައި ނަމަވެސް ކައިވެންޏެއްކުރާނަމަ އިތުރު ބަޔަކު މިކަމުގައި ބައިވެރިވާނެ ކޮބައި އެމީހުން!؟ ކޮބައި މައިން ބަފައިން!؟

The name is already taken The name is available. Register?

އަލްފާ

06 July 2020

ބަމައެހެންމެ ޒަމާނީގޮތުގަ ޕާޓީބާއްވާ ރާބޮއެ ޑިސްކޯބާއްވާ ޒިނޭކުރާ މީހުންނާއި ސަފާރީ އޯނަރުންގެ ފޮޓޯވެސް އާއްމުކުރާންޖެހޭ.

The name is already taken The name is available. Register?

ބޯގޯސް އުސޭލުތަށް1

05 July 2020

ރާއްޖޭގަ އިންޓަނެޓް ޕޯންސައިޓުތަށް ދައުލަތުގެ ކަމާބެހޭ މުއަށްސަސާތަކުން ބުލޮކްނުކުރޭ، އެކަމަކު ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރަމޯ

The name is already taken The name is available. Register?

ވަޞުއީޤާނޫނު ކަމަކުނުދޭ

05 July 2020

20 ނޮވެންބަރު 2019 ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރި (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު 19-2019) 25 ވަނަމާއްދާގެ ސަބަބުން މިހާރު 15 ،16 ނޫނީ 17 އަހަރުގެ ދެމީހުންބޭނުންވިޔަސް އަދި މައިންބަފައިންރުހުނަސް ކައިވެނިއެއް ނުކޮށްދޭނެ. ބައެއްމީހުނަށް މީހާރުވެސް 15 އަހަރުވީމަ ކައިވެނިކޮށްދެޔޭހީވާތީ ބުނެލީ

The name is already taken The name is available. Register?

ދާގީނާ

05 July 2020

ދޭހަވަނީ ކޮންމެސް ގޮތަކަށް "ކައިވެނި" ކޮށްގެން އުޅޭ ކަމަށް. އެހެންވީމާ، ތި ކޭސްގައި ހުކުމަކާއި ހަމައަށް ދާއިރު، ހޯރަ އިއްބެ ކޭސްގައި ވީހެން ނުވާނެބާ؟!! އަންހެން ކުއްޖާއަށް 18 އަހަރުވެ މީނާއާއި ޝަރުޢީކައިވެންޏެއް ކޮށްފަ ކަންނޭގެ އޮންނާނީ ހުކުމް އަންނައިރު!!؟

The name is already taken The name is available. Register?

ދަރަނި ދަންތުރަ

05 July 2020

ހޯރައިއްބެ ކޮބައިބާ އިބޫ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454