މޯލްޑިވިއަންގެ ބޯޓެއް ރަންވޭގައި: އައިއޭއެސް އިން އޭ330 ގެ ބޯޓެއް ގެންނަން އުޅުމުން އޭސީސީން ވަނީ އެކަމުގައި ހުރި ޝަކުވާތައް ބަލާފައި.
އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ގެންނަން ހުޅުވައިލި އިއުލާނާ ގުޅިގެން، ފެންމަތިވި މައްސަލަތައް ބެލުމަށް މަހަކަށް ވުރެން ގިނަ ދުވަސް ވަންދެން އެކަން ހުއްޓުވީ، ކަންކަން ރަނގަޅަށް ނުބަލައި ކަމަށް ކުރާ ތުހުމަތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ޖަވާބުދީފި އެވެ.
އެސްއޯއީ ކޮމިޓީގައި އޭސީސީން މިދިޔަ ހޯމަ ދުވަހު ބުނީ، އެ ބޯޓު ގެނައުމަށް ކުރި އިއުލާނާ ގުޅޭ ކަންބޮޑުވުންތަކާ ހެދި މަހަކަށް ވުރެން ގިނަ ދުވަހު އެ މަސައްކަތް މަޑުޖައްސައިލަން އަންގައި، ތަހުގީގުކޮށް ހޯދަން ޖެހޭ ކަންކަން ހޯދާފައިވާ ކަމަށެވެ. އޭގެ ފަހުން މިހާރު އެކަން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށާއި އެއީ އެ މަޝްރޫއު ކުރިއަށް ދިޔައަސް ތަހުގީގުގެ ބާކީ ބައި ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރަރު، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ތުހުމަތުކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ކުންފުންޏެއްގެ ބޮޑު މަޝްރޫއެއް ހުއްޓައިލަން އޭސީސީން އެންގީ ރަނގަޅަށް ނުބަލައި، އައިލެންޑް އޭވިއޭޝަނަށް ގެއްލުންވާ ގޮތަށް ކަމަށް ބެލެވިދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ހުސައިން މުހައްމަދު ދީދީ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
އޭސީސީން މައްސަލަތައް ބެލުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ހުސައިން ވިދާޅުވީ، މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޯޓެއް ގެންނަން ކުރި އިއުލާނަކާ ގުޅިގެން އޭސީސީން އެކަން ހުއްޓުވައިލީ އޮކްޓޯބަރު، 21 ގައި ކަމަށެވެ. އެއްވެސް މައްސަލައެއް ނުފެނުމުން އޮކްޓޯބަރު އެކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.
މެމްބަރު ހުސެއިން އެއްސެވީ ބޮޑެތި މަޝްރޫއުތައް ހުއްޓުވަނީ ކޮން ކަންކަމަށް ރިއާޔާތްކުރުމަށް ފަހުގައިތޯ އެވެ. އެއިން ގެއްލުން ވަނީ، އައިއޭސް ފަދަ މާކެޓުގައި ވާދަވެރި ކުންފުންޏެއްގެ ވިޔަފާރިއަށް ނޫންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. ކަމެއް ހުއްޓަން އަމުރެއް ނެރޭއިރު، ރިސްކް އެސެސެމްންޓް ހަދަނީ ކިހާވަރަކަށްތޯ ވެސް ހުސައިން އެއްސެވި އެވެ.
މި މައްސަލަ އަށް ޖަވާބު ދެއްވަމުން އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ މައްސަލަތަކުގައި އެ ކޮމިޝަނުން ފުރަތަމަ ބަލަނީ އެކަން ކުރިއަށް ގެންގޮސްފި ނަމަ ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ކަމަށެވެ. އޭ330 ބޯޓުގެ މައްސަލައިގައި ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ނުހުއްޓުވައި ތަހުގީގު ގެންގޮސްފި ނަމަ ވަގުތު ފާއިތުވެ، އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއް ދައުލަތަށް ލިބުމުގެ ފުރުސަތު އޮވެ އެވެ. އައިލެންޑް އޭވިއޭޝަންގެ މައްސަލައިގައި އެކި ފަރާތްތަކުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އެކަން ނުހުއްޓުވައިފި ނަމަ ގެއްލުންވާނެ ކަމުގެ ޝަކުވާ އޮތް ކަަމަށް ވިދާޅުވި އެވެ.
"މަތިންދާ ބޯޓެއް ގަންނަ އިރު، އަޅުގަނޑުމެންގެ މުވައްޒަފުންނަށް ޑޮކިއުމެންޓް ސެޓް ލިބޭއިރު މިއީ މިކަން ހިނގާ ގޮތޭ. މިއީ މިކަން ހިނގައިގެން ނުވާނެ ގޮތޭ ބުނަން ވެސް ދަތިވާނެ. އެހެންވީމާ ވަގުތުކޮޅެއް ނަގާނެ. މި ކޭސްގައި 35-40 ދުވަސް މަޑުޖައްސާލަން އަންގައި ކޮމިޝަނުން ބެލުންތަކެއް ބެލި،" ޝަކީލް ވިދާޅުވި އެވެ.
"އަޅުގަނޑު ސާފުކޮށް ދަންނަވާލާނަން، ފުރަތަމައިނުން އެއްބާރުލުމެއް ނުލިބޭ އަޅުގަނޑުމެންނަށް އައިލެންޑް އޭވިއޭޝަނުން. ހަގީގަތުގައި ވެސް އެއްބާރުލުމެއް ނުލިބޭ. މާ ބޮޑަށް ލަސްވާން ހެދީމަ އެއްބާރުލުން ދިން."
ބޮޑެތި މަޝްރޫއުތައް ހުއްޓުވާ މައްސަލައިގައި ކަމާ ބެހޭ އިދާރާތަކުގެ ކަންބޮޑުވުން ހުރި ކަމަށް ވިޔަސް، ތުހުމަތުކުރެވޭ ބޮޑެތި މައްސަލަތައް ހުއްޓުވައިގެން ތަހުގީގު ނުގެންދާ ނަމަ ދައުލަތަށް ގެއްލުންވާނެ ކަމަށް އޭސީސީން ބުންޏެވެ. އެ ކޮމިޝަނުން ބުނިގޮތުގައި ހުއްޓުވައިގެން މިހާތަނަށް ބެލީ ފަސް މަޝްރޫއެކެވެ. އެކަމަކު އެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޖޮބޭ
09 July 2020
އައަލެންޑް އޭވިއޭޝަން މީހުންގެ ބިލްތަކަށް ފައިސާނުދީ ބޯޓު ގަނެވޭ ދޯ ؟
އޮނަރަބްލް އަފީފު ދީދީ
08 July 2020
މިއީ "ހިތްބަރުކަމެއް އޮވެގެން" ދައްކާ ވާހަކަ އެއްނޫން. މޯލްޑިވިއަންގެ ސީނިއަރ މެނޭޖްމަންޓްގައި ތިއްބެވީ ސްކޫލް ނިންމުމަށްފަހު ކުންފުންޏާއިގުޅި "މުޅިހަޔާތް ކުންފުނީގައި ހޭދަކޮށްފައިވާ ކުންފުންޏަށް ލޮޔަލް މީހުންކަމުގައި ވިޔަސް" އެމީހުންނަކީ މިޒަމާނުގެ މުއާމަލާތްތަކަށް ޙާއްސަކޮށް ބޭރާއި ގުޅުންހުރިކަންކަމާއި ބައިނަލް އަޤުވާމީ ފްލައިޓް އޮޕަރޭޝަނެއް ހިންގާ "މެނޭޖްކުރުމުގެ އިލްމާއި ޤާބިލްކަން ހުރިބައެއްނޫން" ކަމަށް މިބުނަނީ ވަކިވަކިން ކޮންމެ މީހެއްގެ ކަންކަންއިގޭތީ.
ޖަމަލު
08 July 2020
ޔާމީން ސަރުކާރުގަ ކަން ކުރިގޮތް ރަނގަޅޭ ބުނާހެން ހީވެ މި މަުލިސް އެމްޑީޕީ މެންބރުން
ޙުސަންބޭ
08 July 2020
އައިލެންޑް އޭވިއޭޝަނޭ ނުކިޔަސް ތިޔަ ކުންފުނިން (އެއަރ މޯލްޑިވްސް އިން) ކުރިންވެސް ތިޔަހެން ފްލައިޓެއް ގެނަސްގެން އުޅުނެވެ. އެންމެފަހުން ކުންފުނި ބަނގުރޫޓްވީއެވެ. އެހަނދަން އަދި ނެތޭހާ ދުވަހެއްނުވެއެވެ.
އޮނަރަބްލް އަފީފު ދީދީ
08 July 2020
މޯލްޑިވިއަންގެ ފްލީޓަށް A-330ގެ 3 ބޯޓް އިތުރުކޮށް ފްލައިޓް އޮޕަރޭޝަން މުޅިން ބަދަލުކޮށް މާލެއިން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ދަތުރުކުރުމުގެބަދަލުގައި މާލެ ހަނިމާދޫ އަދި މާލެ ގޭން އަށް A-330 ނުވަތަ އޭ 321 ގެ 1 ފްލައިޓް ކޮންމެދުވަހަކަށް ޝެޑިއުލްކޮށް އުތުރުގެ ޑޮމެސްޓިކްހަބަކީ ހަނިމާދޫ އަދި ދެކުނުގެހަބަކީ ގޭން ކަމުގައި ކަޑައަޅާންޖެހޭ. # މިބަދަލަށްޓަކާ ކުންފުނީގެ ވެރިންނާއި ބޯޑް ބަދަލުކޮށް ކަމާއިގުޅުންހުރި އިލްމީ ތަޖުރިބާކާރުން ކުންފުންޏަށް ގެންނާންޖެހޭ.
ޕައްލަންބޭ.
08 July 2020
މާލެއިން ގަމަށް 8 ފްލައިޓް މާލެއިން ދަރަވަންދޫއަށް 12 ފްލައިޓް މާލެއިން ކައްދޫއަށް 4 ފްލައިޓް މާލެއިން ތިމަރަފުއްޓަށާއި ކުޅުދުއްފުއްޓަށް 4 މީހުން ގޮވައިގެން ދުވާލަކު އެއް ފް؛ލައިޓް ދަތުރު ކުރުމަށް ވުރެން ކުންފުނީގެ ޙަރަދަށާއި ބޭނުން ކުރާންޖެހޭ މުވައްޒަފުންނަށް ބަލާއިރުވެސް ކުންފުންޏަށް ފައިދާ ބޮޑުވާނީ ތިގޮތް. އަދި ތިހެން ހަދައިފި ނަމަ އެތެރޭގެ ދަތުރު ތަކުން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓެއް ގުޅާލެވި ޓިކެޓް އަގު ހޮޔޮކުރާން ފުރުސަތު ލިބޭނެ.
ވަށަފަރު މުޙައްމަދު
08 July 2020
ވާދަވެރި އެއަރލައިނެއްގެ ޙިއްސާދާރަކު މޯލްޑިވިއަންގެ ބޯޑްގައި އިދެގެން ތިކަމެއް ނުކުރެވޭނެ. މިހާރު ހަދާފައިހުރި ގިނަ އެއްބަސްވުން ތަކަކީ ކުންފުންނަށް ގެއްލުންވާގޮތަށް ހުރި އެއްބަސްވުންތަކެއް.
ާިއިބުރޭ
09 July 2020
A330 ހަނިމާދޫއަށް ޖެއްސީމަ އޮންނާނީ އެކޮޅުކޮޅުންނެއްނު ބޯޓު. ތިޔަ ބޭފުޅާއަށް އެނގޭތޯ ހަނިމާދޫއަށް ޖެއްސޭނީ ކިހާ ވަރެއްގެ ބޯޓަކަށް ކަން؟
ހުސްފުލި
08 July 2020
ކޮބާތަ "އޭސީސީ" އިން ކުރި ތަޙްޤީޤް، 8 އޭޕްރީލްގަ މެލޭޝިޔާ އިން ރާއްޖެއަށް މޯލްޑިވިއަނުން ކުރި ދަތުރާއި ބެހޭ... އެކަން ހިނދުނީދޯ، އޭރު ގެންނަން ބޭނުންވި ވެރިން ގެ އާއިލާތައް ގެނެވުނީމަ.
އިބިރިހިންބެއްޔާ
08 July 2020
އަލްޙަމްދުލިﷲ. ނުނިތަތެއްގައި ވިޔަސް ހުއްޓުވުމުން މިސަލާމަތްވީ ކިހާބޮޑު ގެއްލުމަުން. ކޮވިޑް-19 ގެފަހުން ތިޔަވަރުގެ ބޯޓެއް ދެންޞެނުންޖެހޭނެ ދުވަހެއް ބުނަންވެސް ނޭގޭ. މާތްﷲގެ ކިބަފުޅަށް ހާސްފަށުން ޝުކުރު.
ހިންދުކޮޅު
08 July 2020
ތިޔަމައްސަލަހުށައަޅާމެމްބަރުއައް މައްސަލަހުއްޓުވުމުގެސަބަބުން ކިހާވަރެއްގެ ގެެއްލުމެއްވީބާ؟
މޫސާވަސީމް ބިން ގުއްޑޭ
08 July 2020
ގޮތްނޭގޭ އޭ330 އޮޕަރޭސަން ކަންތައްފަޅާއަރުވާލި ރެސްކިއުއައިއޭސް ޓުވިޓަރއިން. އެމީހުން އެކަން ފަޅާއަރުވާލުމުން އައިލެންޑްއޭވިސަން ބޯޑުއަދި ސަރުކާރުންވެސް އޭގެތެރެއަށް ވަންނަންޖެހުނީ. ވަދެ ޓީޑެއިލް ހޯދަން ފެށި ހިސާބުން ހުއްޓުނީ
ޙާރިސްގެ ޖަވާދު
08 July 2020
ކޯޗެއް ފަޅާއެރީ؟ މައްސަލަ ބަލާފަ ބުނީއެއްވެސް ގޯހެއް ނެތޭ؟ ދެނޯ؟
ކެޕްޓަންހުނައިން
08 July 2020
އޭ330 2އެައަރކްރާފްޓް7 އަހަރަށް ކުއްޔަށްގެނެސް އޮޕަރޭޝަން ފައްޓަން އުޅުނު ސާންޒީ މީހުން އޭ320 ފުލައިޓްތަކުން 30 މީހުން ގެންދެވުނީ. މިވަރުބަޔަކަށް ކިހިނެއް 300 ސީޓް ފުލައިޓް ފިލްކުރެވޭނީ.ސާންޒީމީހުން އޮޕަރޭޝަން ހުއްޓާލަން އުޅެނިކޮށް ކޮރޯނަދިމާވި.މިމީހުނާއެކު ޢެ330 ޢޮޕަރޭޝަން ފެށުނުނަމަ އެއަރމޯޅްޑިވިސް އަށްވީ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއްވާނެ. އެކަމަކު އެއަރކްރާފްޓް ލީސް ސައިންކުރެވުނުނަމަ ބޮޑުކަޓެއް އެމްޑީލިބޭނެ. އެކަންކުރަން އަސްލުބޭނުންވީ!
ޖީއެމްނާސިފް60000
08 July 2020
ވެރިންނަށް ބޮޑުސިންގާ މުސާރަދިނީމަ އެންމެންތިބީ އުފަލުން ރިޒްވީ ބުނިކޮންމެ ކަމެއް ޔޭސް ސަރ ޔޭސްސަރ ކިއަމުން ދިޔައީ. ތިއޮޕަރޭޝަންއަކީ ބޮޑުފޭކެއްކަން އަހަންނަށް އިނގޭ. އެކަމަކުވެސް މަޑުންހުރީ ބޮޑުމުސާރަ ކުޑަކޮށްފިއްޔާ ކިހާދެރަ، ކަލޯ ގައުމީ 3ވަނަ އެައަރލައިން ކޮރޯނާނައަންނަނީސް ބަގުރޫޓްވެ ނިމިއްޖެ.ސަރުކާޜަށްވެސް ވާނުވާނޭގޭ. އެމްޑީ ރިޒުވީއަކީ މޮޅުމީހެއް ދޮގުހެދުމާއި އޮޅުވާލުމުގަ ދެން ސަރުކާރުވެރިންނަށްވެސް އަމީރަށްވެސް ވާނުވާނޭގެ.