ޚަބަރު / ނަރުހުން

ޔުނިފޯމް ބަދަލުކުރީ ޝަކުވާތަކަށް ބަލައި ހަރަދު ކުޑަވާ ގޮތަށް: އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ކުރިން ބޭނުންކުރަމުން އައި ޔުނިފޯމާ ބެހޭ ގޮތުން ޝަކުވާތައް ލިބެމުން އައި ކަމަށާއި މިއަދު އަލަށް ބޭނުންކުރަން ފެށި ޔުނިފޯމަކީ އެ ކަންކަމަށް ބަލައި މިހާރަށް ވުރެ ހަރަދު ވެސް މާބޮޑަށް ކުޑަވާނެ ގޮތަކަށް ހަދާ ޔުނިފޯމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އައި މާ ޖެހި ޔުނީފޯމްގެ ބަދަލުގައި އެއްވެސް ޑިޒައިނެއް ނެތް ނޫކުލައިގެ ޔުނީފޯމެއް މިއަދުން ފެށިގެން އައިޖީއެމްއެޗްގެ ނަރުހުން ވަނީ ލާން ފަށައިފަ އެވެ. އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ ކަމަށް އެ އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެކަމަކު އަވަސް އަވަހަށް ޔުނިފޯމަށް ބަދަލު ގެންނަ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

IGMH ge Naruhunge uniform, 2 aharu fahun anekkaa ves badhalukoffi

IGMH ge Naruhunge uniform, 2 aharu fahun anekkaa ves badhalukoffi

The most trusted news source in the Maldives

Mihaaru

ނަރުހުން އާ ޔުނީފޯމްގައި ވަޒީފާއަށް ނުކުތުން

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ މީގެ ކުރިން ނަރުހުންގެ ޔުނީފޯމް ފަހަނީ އައުޓްސޯސް ކޮށްގެން ކަމުގައިވާތީ އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. މިފަހަރުގެ ޔުނީފޯމަކީ ރާއްޖެއިން ބޭރުން ފޮތި ގެނެސްގެން އެ ހޮސްޕިޓަލްގެ މުވައްޒަފުން އަމިއްލަ އަށް ފަހާފައިވާ ޔުނީފޯމެއް ކަމަށް ވާތީ އެކަމުގެ ސަބަބުން ހަރަދު ކުޑަވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ހޮސްޕިޓަލުން ބުނީ އާ ޔުނީފޯމަކީ މިދިޔަ އަހަރު ހަވާލުކުރަން ނިންމާފައި އޮތް އެއްޗެއް ކަމަށެވެ.

"މީގެ ކުރިން ބޭނުން ކުރަމުންދިޔަ ޔުނީފޯމާ މެދު، އެ ޔުނީފޯމް ބޭނުން ކުރަން ފެށީއްސުރެ އެކި ބާވަތުގެ ޝަކުވާ އައިސްފައިވޭ. މިއަދު ބޭނުން ކުރަން ފެށި ނަރުހުންގެ އާ ޔުނީފޯމަކީ ނަރުހުންނާއި އަދި އެ ދާއިރާގެ އެކި ފަރާތްތަކުގެ މަޝްވަރާ އާއި އެކު ފަރުމާ ކުރެވިފައިވާ، ޔުނީފޯމާއި މެދު ހުށަހަޅާފައިވާ ގިނަ ޝަކުވާތަކަކަށް ހައްލު ލިބޭފަދަ ޔުނީފޯމެއް،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗްގެ ނަރުހުން މިއަދާ ހަމައަށް ލަމުން އައި ޔުނީފޯމް: ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗުން ބުނީ ނަރުހުންނާއި ޔުނީފޯމް ލާންޖެހޭ އެހެން މުވައްޒަފުންނަށް ވެސް ހޮސްޕިޓަލުގެ ހަރަދުގައި އަހަރަކު އެއްފަހަރު އެ ތަކެތި ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން އެކި ސަބަބުތަކާ ހެދި ނަރުހުންނަށް ޔުނީފޯމް ފޯރުކޮށްދެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"ޔުނީފޯމާ މެދު ހުރި ޝަކުވާތަކަށް ހައްލު ލިބި ފެންވަރު ރަނގަޅު އުފެއްފުމެއް މި ވަނީ ލިބިފައި. އަދި ކުޑަ ހަރަދަކުން މިފަދަ ކަންކަން ކުރުމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދޭ ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ ނަރުހުން އެންމެ ފަހުން ވެސް ލަމުން އައީ ވިލު ނޫކުލައިގެ ޔުނީފޯމެކެވެ. އެ ޔުނީފޯމުގައި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވެ އެވެ. އޭގެ ކުރިން ބޭނުންކުރީ ހުދު ޔުނިފޯމެކެވެ.

14 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު ބަނޑޭރި

13 July 2020

ކުރިޔަށްވުރެ ޔުނީފޯރމް ރަނގަޅުވެއްޖެ ބައިގެ މީހަކަށް ލާރިކޮޅެއް ދެވިއްޖެ މިއޮތީ ފިޠްރަތުގެ ޒަމާނެވެ އަންދާސީ ހިސާބު 1 ފަރާތުން ހުށަހެޅިޔަސް ވާނެ އެވެ

The name is already taken The name is available. Register?

އުއްމީދު

13 July 2020

މޮޑެލްކުރަން ވެސް އަޅުގަޑުމެންގެ މި ހީރޯއިން ވަރަށް މޮޅު

The name is already taken The name is available. Register?

އައްބޭބެ

13 July 2020

އެތަން މިތަނަށް ޕިންޖަހައިގެން ގޮތްގޮތަށް އޮޅާފައި ސޯލް އަޅައިގެން ފެޝަން ޝޯއަކަށް ދާބައެއްތަ ނަރުހުންނަކީ. އެމީހުންތިބެންވާނީ އަވަހަށް ހެދުން ބަދަލުކުރެވޭ ލައިގެން އުޅެންފަސޭހަ ހެދުމެއްގައި. މަށަށް ހީވާގޮތުން ސޯލް އެޅުމަށްވުރެ ވަށްބުރުގާ އަޅަން ނަގާވަގުތު ކުޑަވާނެ. އަނެއްކާ އެތައްބައިވަރު ޕިނެއް ނުޖަހައިވާނެ.

The name is already taken The name is available. Register?

ޚިޔާލު

13 July 2020

ނަރުހުންގެ ޔުނިފޯމު ކަނޑައަޅަން ޖެހޭނީ މަޖިލީހުން. މިހާރުވެސް ފުލުހުންގެ ޔުނިފޯމުގައި ހުންނަންވާނީ ކުރު ސޯޓުބުރިއެއް ކަމަށާއި ދޭންވާނީ މުގުރުބުރިއެއް ކަމަށް މަޖިލީހުގައި ބުނެފި.

The name is already taken The name is available. Register?

އުދުހޭ

12 July 2020

އައިޖީއެމްއެޗް އެންޑް ސްޕާ ރީބްރޭންޑްވީތާ؟!!

The name is already taken The name is available. Register?

ނާހިދު

12 July 2020

ބަލާލީމަވެސް އެނގިއްޖެ ޚަރަދު ކުޑަވެއްޖެކަން. 4500 ޔުނިފޯމް އެއްލާލާފަ ހަމައެފާޑުގެ ޔުނީފޯމް ފަހާއާކޮށްލީމަ އެނގިއްޖެ ފަހައިދިންތަނާއެކު ރަނގަޅުޑީލެއް ހަދައިފިކަން. ސަރުކާރުން ދަރާދަރާ ބޯހިކޭވަރަކަށް ބޭނުމެއްނެތް ޚަރަދު ވަނީ ބޮޑު. ވާނީވެސް އެހެންތާ. ވޯޓްކައިރިވާވަރަކަށް ޕާޓީކުދިން މުއްސަނދި ކުރަންޖެހޭވިއްޔަ.

The name is already taken The name is available. Register?

52.ހ

13 July 2020

ކުރީގެ ޔުނިފޯރމްތައް ދިނީމަ ހިލޭ ފަހާ ދިނީ.. ރަނގަޅު އެކްސްޗޭންޖެއް ކޮށްލީ.. އެހެންވީމާ ވާނީ ޚަރަދު ކުޑަ ދޯ؟؟ އެމީހުން ހީކުރަނީ އެމީހުން ފިޔަވާ ދެންތިބި މީހުންގެ ބޯ ނެތްކަމަށް...

The name is already taken The name is available. Register?

ގުދުގުދާ

13 July 2020

މިހޮސްޕިޓަލްގައި ބޭނުން ކުރާ ޕަބްލިކް ފާޚާނާ ތަކުގެ މުށިތައް ހަމަހުން، ހަމަހުން ބަދަލުކުރަނީ ވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން!

The name is already taken The name is available. Register?

ޔުނިފޯމުނޭގޭބަގުޑިބެގެކައިދަ

12 July 2020

މިވެސްހާދަހާވާކަމެކޭ.ހަރަދުލުއިކުރުމާއި މަސައްކަތަށްފަހިވާ ޔުނިފޯމަށް ބަލަންވެސް ޖެހޭ. އެކަމަކު އިރުއިރުކޮޅާ ހިޔާލުބަދަލުކޮށް ޔުނިފޯމު ޑިޒައިން ބަދަލުކުރުން މިއީބޮޑުވަރު. މިއީ ކުރިއަށް އޮތްތަނުގައިވެސް ހާލަތުކަމަށްވާނަމަ އަހަންނަފެންނަނީ ދުނިޔޭގެފެންވަރުން މިކަންކުރެވޭތޯބަލަން. ހިނގަމާ ވިކްޓޯރިއާ ސީކްރެޓާއި ގުޅިގެން މިކަން ދެމެހެއްޓެނިވިގޮތަކަށް ވޭތޯބަލަން. އަގެއްބަލާނެކަމެއްނެތް..

The name is already taken The name is available. Register?

ޒާހިރު ރާއީ

12 July 2020

ކުރީ ޔުނިފޯމު ރީތީ

The name is already taken The name is available. Register?

ކަކުނިބޯ

12 July 2020

ރީތިވީމަ ނިމުނީ ދޯ އެފޮތި ބޭނުންހާތާކުން ބޭނުންގޮތަކަށް ނުލިބޭނެ ނަތީޖާއަކީ އަގުބޮޑުވުން އެއީ ވަކި ޑިޒައިން ފޮއްޗަކަށްވާތީވެ

The name is already taken The name is available. Register?

ނަދާކ

12 July 2020

ބަލަ ތި ހޮސްޕިޓަލު ސުޓާފުން ހުންނަނީ ހިތްހަމަޖެހޭ ޔުނީފޯމް ފަހަންތަ ނޫނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށްތަ؟

The name is already taken The name is available. Register?

އްޮއހިހަ

12 July 2020

ކޮބާތަ ހުރި ޝަކުވާ ތަކަކީ. ކިޔާނިމުން އިރުވެެސް ނޭގުނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!