ވަކިކުރަން އެޖެންޑާ ކުރުމުން ސީއެސްސީން ޒަކަރިއްޔާ ވެސް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސައިން ވެސް އިސްތިއުފާ ދެއްވައިފި އެވެ.


ސީއެސްސީގެ ރައީސް ކަމުން ޝަމީމް ވެސް ވަނީ މިއަދު ހެނދުނު އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަހުން ނަޝީދު ވިދާޅުވީ ޝަމީމްގެ އިތުރުން ޖަކަރިއްޔާ ވެސް އިސްތިއުފާ ދެއްވާފައިވާ ކަން އަންގަވާފައިވާ ކަމަށެވެ.

ޒަކަރިއްޔާ، ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ އޮގަސްޓް 18، 2015 ގަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ސީއެސްސީގެ ނައިބުު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގު މަގާމުން ވަކިިކުރަން މިއަދު ވަނީ އެޖެންޑާ ކޮށްފަ އެވެ. މި ހަތަރު ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ.