ވީޑިއޯ މެދުވެެރިކޮށް އެންމެ ގިނައިން ކައިވެނި ކުރީ މިއަދު

މިއަދަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން އެންމެ ގިނަ ކައިވެނިކޮށް ދިން ދުވަސް ކަމަށް އެ ކޯޓުން ބުނެފި އެވެ.


ފެމިލީ ކޯޓުން ބުނީ ވީޑިއޯ ކޮޮންފަރެންސް މެދުވެރިކޮށް މިއަދު 42 ކައިވެނި އެ ކޯޓުން ކޮށްދިން ކަމަށާއި މިއީ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ވީޑިއޯ މެދުވެރިކޮޮށް ކައިވެނި ކޮށްދިން ދުވަސް ކަމަށް އެ ކޯޓުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފެމިލީ ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފަށައިފަ އެވެ. އެންމެ ފުރަތަމަ އެގޮތަށް ކައިވެންޏެއް ކޮށްދިނީ މިދިޔަ މެއި މަހު އެވެ.

މީގެ އިތުރުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅޭނެ އިންތިޒާމްތައް ވެސް އެ ކޯޓުން ހަމަޖައްސައިދިނެވެ.