ނިއު ނޯމަލްގައި މިސްކިތްތައް ހުޅުވާލުމުން، ޖަމާއަތުގައި ނަމާދުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
މާލެ ސަރަހައްދުގައި މިފަހަރު އަޟްހާ އީދު ނަމާދު، ބޮޑު ޖަމާއަތުގައި ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނޯންނާނެ ކަމަށާއި އެކަމަކު އިސްލާމީ މަރުކަޒާއި ހުކުރު ނަމާދުކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގައި [އީދު ނަމާދުކުރުމާ ގުޅޭގޮތުން] އެ ރަށެއްގެ ކައުންސިލްތަކުން ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
މި އަހަރުގެ ފިތުރު އީދު ދިމާވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރަށެވެ. އެހެންވެ ފިތުރު އީދު ނަމާދު ކުރަންޖެހެނީ ގޭގަ އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ވަނީ ނަމާދުކުރަން ފަށައިފަ އެވެ. އޭގެ ކުރިން، ރަށްރަށުގެ މިސްކިތްތަކުގައި ޖަމާތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުން، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 3،302 މީހުންނަށް އެ ބަލި ޖެހިފައިވާއިރު 2،534 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 738 މީހުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރީތި މޫސަ
27 July 2020
ބޮޑުޖަމާއަތުގަ އީދުނަމާދުނުކުރާންވީ އެއްވެސް ސަބަބެއްނެތް އިންތިޒާމްކޮށްފިނަމަ މިސްކިތްތަކަށްވުރެ މާފަސޭހަކޮން އަދި ގައިދުރުކޮންވެސް ކުރެވޭނެ މިހާރުވެސް މާނުރަށްކަތެރި ކެފޭތަކާ މަގުތަށް މާސްކުނާޅާ ސިގިރޭޓްބޮއި އުޅޭހާގޮތަކަށްއުޅެނީ އެކަންކަމާމެދު އެއްވެސް ފިޔަވަޅެއްނާޅަ އަބަދުވެސް ހުއްޓުވަނީ ނަމާދު ޔާﷲ އަޅަމެންގެތެރެއިން މިރޯގާނެތިކުރަށްވާ އަމާންކަންދެއްވާފާދޭވެ.އާމީން
ޖު މުހޫރީ މައިދާނުން
27 July 2020
ވަރަށް ދެރަވެއްޖެ. މާލޭގައި ހުންނަހިތެއް މިހާރަކުނެތް. އީދުނަމާދު ކުރެވޭދިމާލަކަށް ދާންވީ
ކޮމެންޓޭ1
27 July 2020
މިސްކިތްތައް ރައްކާތެރި އެކަމު ހާމަ ތަނެއްގައި މާސްކް އަޅައިން މާބޮޑަށް ވެސް ރައްކާތެރި
ތަމެންދޯ
27 July 2020
މާދަމާ އިސްލާމިކް މިނިސްޓަރު ވިދާޅުވާނެ މިސްކިތް ތަކުގައި ވެސް އީދު ނަމާދުކުރުން ނޯންނާނެއޭ މީ މިސަރުކާރުން އިސްލާމީ ކަންކަމާއި މެދު އެމެން ދޭ އަހަންމިއްޔަތު ކަމަކީ ހުރި ހިތާމަ އެއްގެ ބޮޑު ކަމާއޭ މީއޭ މިރާއްޖޭން ކޮވިޑް ވަބާ އިން ސަލާމަތް ނުވެގެން އުޅޭ ސަބަބަކީ ވެސް....
އިބްރާހީމްކިލެގެފާން މާލްދިފީ
28 July 2020
އިސްލާމްދީން ބާރުއަޅަނީ ނަފްސަށް ގެއްލުންލިބިދީފާނެ ކަންކަމާއި ދުރުހެލިވުމަށް. މި އުސޫލުން ބޮޑު ބަލިމަޑުކަމެއްގައި ވަނިކޮށް ގިނަބަޔަކު އެކަމަށް ހުށަހެޅިދާނެ ކަމަށްޓަކައި އަޅާމިފަދަ ފިޔަވަޅުތަކަކީ އިސްލާމްދީނަށް ކުޑައިމީސްކުރުމެއްނޫން.އަދި ކިއެއްތަ އެއީ ދީން ބާރު އަޅާ ގޮތް. ބަޔަކު ކޮފީތަކާއި އެހެނިހެން ކަންކަމުގައި ޖަމާޢަތް ހަދައިގެން ތިބުމަކީ އެހެނިހެން ކަންކަމުގައި ގިނަމީހުން ތިބެން ދެއްކޭނެ ޢުޒުރެއްނޫން. ފަރުޟު 5 ނަމާދު ފުރަތަމަފުރިހަމަކުރަންވީ!
ްއިޔާޒް
27 July 2020
ދެރަވޭ، އެކަަމަކު ވިސްނޭ އެންމެ މުހިންމު އެއްޗަކީ ފުރާނަކަން. އިސްލާމް ދީނުގައިވެސް ފުރާނައަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަން ހުއްްދައެއް ނެތް. އަދި މިކަމުގައި ހިލާފަތެއްވެސް ނެތް. މި ހަމަ މި ވަގުތަށް އެންމެ ރަނގަޅު ގޮތް. ޔާ ﷲ، އަޅަމެން އެންމެން މި ބަލިން ރައްކާތެރި ކުރައްވާށި.