ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މީހާ ހައްޔަރުކޮށްފި

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހާ ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/މިހާރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ގއ. އަދި ގދ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ފުލުހުން ހުށަހެޅުމުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 46 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ. އެ މީހާ ހައްޔަރުކުރީ އޭނާ ހައްޔަރު ކުރުން ލަސްވާތީ އެރަށު ރައްޔިތުން މިއަދު މުޒާހަރާ ވެސް ކޮށްފައި ވަނިކޮށެވެ.

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަމުން ދާއިރު، އައްޑޫގައި ޚާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މިއަދު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ދަނީ ރާއްޖޭގައި ފެންމަތިވަމުންނެވެ. މި މައްސަލަތަކުގައި އިންސާފު ލަސްވުމުގެ ކަންބޮޑުވުމާ އެކު ދާދި ފަހުން ސިލްސިލާ މުޒާހާރާތަކެއް ވެސް ބޭއްވި އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫޗީ/މީދޫ

01 August 2020

ކުއްކުރުން ހުއްޓުވާނެ ހާއްސަ ފޯސްއެއް އެބަޖެހޭ ތި ފުލުހުންގެ ތެރޭގައި އޮއްނަން. މިހާރު ފެއްނަނީ ސައިކަލް ދުއްވާ މީހުން މަޑުކޮއްފައި ބޭކާރު ވާހަކަ ދައްކާތަން. ކުއްވެރިން ދޫވެފައި ތިބެގެން ކަންކަން ރަގަޅުނުކުރެވޭނެ. ކުއްކުރާ މީހުން ނުހުއްޓުވޭކަމުގައިވާނަމަ އަހައްނަށް ފެއްނަނީ ތިފުލުހުންގެ މުސާރަކުޑަކުރަން.

The name is already taken The name is available. Register?

ރީތމޫސަ

01 August 2020

ގއ. ގދގެ މައްސަލަ ސަފާރީ މައްސަލަގޮތަށް ނުނިމުނިއްޔާރަނގަޅު މިހެންމިބުނީ މީހާގެ ގޮތުން އެނގިދާނެތާ ރައްޔިތުންތިބީ ދޫކުރާގޮތަކަށްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454