މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ކޮވިޑާ ގުޅޭ ކަންކަމުގައި މަޖިލީހުން މާ ފަހުން ހިޔާލު ހޯދަން އުޅޭތީ ފާޑުކިއުން ވަނީ އަމާޒުވެފައި. --ފޮޓޯ/މިހާރު
09 އޯގަސްޓް 2020 - 13:45
ކޮވިޑް-19ގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައި ވަނިކޮށް، ބަލިމަޑުކަމުން އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަމަލުކުރީ އެންމެ ރަނގަޅަށްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ހިޔާލު ހޯދަން އުޅެނީ "ރައްޔިތުން ހަނާވުމުން" ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.
ބަލީގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ މެދު ސިއްހީ ދާއިރާގެ ކަމާ ގުޅޭ މީހުންނާއި އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު ހުޅުވައިލީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމާފައިވާތީ، އެ ކޮމިޓީގެ ބޭނުމަށް ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުން ހިޔާލު ހޯދަން ހުޅުވާލި އިރު ކޮވިޑުގެ ކަންކަން ބޮއްސުންލައިގެން ގޮސް ރައްޔިތުން ތިބީ ހަނާވެފައި ކަމަށެވެ. ހާލަތު ގޯސްވީ، ސަރުކާރުގެ ކަންކަން ބޮއްސުންލާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ބަލިމަޑުކަމުން އަރައިގަތުމުގައި ސަރުކާރުގެ ގާބިލްކަމެއް ނެތެވެ.
"އެކަމާ އުޅުނީކީ އަދި އުޅެންވާނީކީ އެއް ވުޒާރާއަކުން ނޫން. ސަރުކާރު މިވަނީ ބޮޑު ތަނުން ފެއިލްވެފައި. މަޖިލިސް އިން ހިޔާލު ހޯދަން ހުޅުވާއިރު ރައްޔިތުން ތިބީ ހަނާވެފައި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެއް ވުޒާރާއަކުން ނޫން ކަަމަށް އާދަމް ޝަރީފް ވިދާޅުވިއިރު، ލޮކްޑައުން ލުއިކުރުމާ ހަމައަށް މި ބަލީގެ ކަންކަން ބެލެހެއްޓީ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލައިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހިތްހަމަނުޖެހުމަކީ ކޮވިޑުގެ ނަމުގައި ބޮޑު ހޭދައެއް ކުރިއިރު، ރައްޔިތުންނަށް އެކަމުގެ ފައިދާއެއް ނުވުމެވެ. ޓެކްސް ފައިސާ އިން ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ ޚަރަދުކުރިއިރު އެއް ބިލިއަން ރުފިޔާގެ އެހީ ބޭރު ގައުމުތަކުން ލިބުނު ކަން ވެސް ސަރުކާރުން ހާމަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު ބިލިއަން ޗާޕުކޮށްފި. ގޭގައި ތިބޭށޭ ބުނީމާ ރައްޔިތުން ތިބީ ގޭގައި. ދެން ކޮން ރައްޔިތުންނެއްގެ ހިޔާލު ހޯދަންބާ،"؟ ސައީދު ސުވާލުކުރެއްވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ދަނީ ގޯސްވަމުންނެވެ. މިގޮތަށް ދިމާވަނީ، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަމުންދާ އިރު ސަރުކާރުން އެ ތުހުމަތުތައް ދިފާއުކުރެ އެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގައި ބަލި ފެތުރެން ފެށުމާ އެކު ރާއްޖެ އިން މަސައްކަތް ފެށި އެވެ. އެހެން ގައުމުތަކުގައި ފެތުރުނުހާ އަވަހަށް ރާއްޖޭގައި ބަލި ނުފެތުރުނީ ވެސް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެށުނުއިރު ވަސީލަތްތައް ގާއިމްކޮށް ފަރުވާ އަށް ތައްޔާރުވާން ވަގުތު ލިބުނު ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަނދުކަރާބިންތު
10 August 2020
ކޮވިޑުކަލޯ ނާދޭ މިގޭދޮށައް ނާދޭ މިގެޔަކުނެތް މާސްކްނާޅާ ކުއްޖެއް އެގޭދޮށައްދާށޭ އޫން އޫން އުން
ކޮސްގޮވާ
10 August 2020
އިކޮނޮމީއަށް ފައިސާ އަޅަންޖެހޭކަން ގަބޫލްކުރަން އިގްތިސާދީ ދުވެލި ހިފަހައްޓަން. އެކަމަކު 1 ބިލިޔަން ހަރދުކުރިގޮތަށް ބަލާއިރު ފައިސާ ގިނައިން ހަރަދުވެފައިވަނީ އެންޑީސީ ތެރެއަށް. މިތަނުން ކުރިހަރަދު ގެ ތެރޭގައި ކަރަޕްޝަން އެކްލެވޭ. މުއްސަންދިންގެ ހޮޓާ ރިސޯރޓް ހިފުނު، ޔޮޓްތައް ހިފުނު ،ލާންޗްފަހަރު ،ފުލުހުންނަށް އެކަމަކު އެއްމެ އާދައިގެ ވަޒީފާ މަސައްކަތް ނުލިބު ތިބިމީހުން ތިބީ ކަމެއްނެތި ފަގީރު ހާލުގައި. އެއީ މައްސަލައަކީ.
ރަށްއިތުމީހާ
10 August 2020
ރައީސް ސޯލިހު އެތަށް ގުރުބާނީއެއް ވެގެން ހޮވައިދިން އެމްޑީފީ މަޖިލިސް މެންބަރުންގެ ވެސް އިހުލާސްތެރި ކަމެއް ނެތް. މިސަރުކާރު ފްރޮމޯޓްކޮށް ވާހަކަ ދަށްކަނި ވަރަށް މަދު މެންބަރަކު. މިނިސްޓަރުން ވެސް އުޅެނި ކޮޓަރި ކޮޅުހަދާ ނާޖާއިޒް ފައިދާ ނެގުމުގަ. ސަރުކާރު ފްރޮމޯޓް ކޮށް ރަށްއިތުންގެ ލޯބި ހޯދާކަށް ނޫޅޭ. ރަށްއިތުންގެ ބޭނުންތައް ފުންދަދޭށް މަޖިލިސް ތެރެއިން މަސައްކަތެއް ނުކުރޭ.
މޯޑް
10 August 2020
އިދިކޮޅަށް ބުނެލަށް ބޭނުންވަނީ ސޯޓްކަޓަކުން ވެރިކަމަށް އަށްނަން ނޫޅި ރަށްއިތުންގެ ވޯޓުން ވެރިކަމަށް އަށްނަށް މަސައްކަތް ކުރާށޭ.
ބޯޑް
10 August 2020
ޝޯޓްކަޓަކުން މީހަކު ވެރިކަމަށް އައިސް ހަވާލުވާނެ އެއްޗެއް އެބައޮތްތަ؟ ބޮޑު ދަރަނިބޮނޑިއަކާ ފެތުރެމުންދާ ކޮންޓްރޯލްނުކުރެވޭ ހިސާބަށް ދުއްވާލާފަ އޮތް ވަބާއެއް އޮތީ. ބަޔަކު މިހާރު ވެރިކަމަށް އަރާހިތުން އެބައުޅޭތަ؟ ގައުމުގައި މިހާތަނަށް އައި އެންމެ މަތިބަރު ސަރުކާރުގެ މަގާމުތަކާ ކޮމިޝަންތައް އުފައްދައިގެން ވާ ކަމެެއްނެތް.
ހޯރަފުށީ ޗާލުނަޔާ
10 August 2020
ރައީސް ސޯލިހަކީ ބޭކާރު ވާހަކަ ދަށްކާ ކޮސްގޮވާނެ ވެރިއެއް ނޫން. ކޮސްގޮވި ރައީސް އެ އޮތީ ޖަލުގަ. ރައީސް ސޯލިހު ކަން ކޮށްފަ ދަށްކާނި. މުޅި ރާއްޖޭގަ މެގަ ފުރޮޖެކުޓްތައް އެދަނީ ފަތުއަޑް ކިޔާފަ ކުރިޔަށް. މާލެ ވިލިގިލި ގުޅީފަޅު ތިލަފުށި ގުޅޭ ބުރިޖް މަސައްކަތް އެދަނީ ކުރިޔަށް. ވިޔަފާރި ބަދަރު ގެ މަސައްކަތް އެދަނީ ކުރިޔަށް. ބޯހިޔާ ވަހިކަން އެދަނީ ކުރިޔަށް. ޓާސަރީ ހޮސްފިޓަލު ތަކުގެ ފޮނި މީރުކަން ރަށްއިތުން ނަށް އެދަނީ މިއޮށް ދަތި ދުވަސް ކޮޅުވެސް ލިބެމުން. ސުކުރިއްޔާ ސޯލިހު.
ފުއްޖަހަމާ
10 August 2020
ކުރިއަށް ދަނީ ކޮވީިޑް ފެތުރުން އެކަނި. އެކަމާ ހެދި ކަމެއްނުވާ ކަމަށް ކިޔާފަ ނިދާފަ ސަރުކާރު އޮތީ. ފަތުއަޑުކިޔާފަ އިވެނީ ކޮންމެ ދުވަހަކު ކޮވިޑަށް މީހުން ޕޮޒިޓިވްވާވަރު އެކަނި.
ދޮން މަނިކު
09 August 2020
މަޖިލީހުން ވެއްޖެ ތިޔަ މަޖިލީހުން ކަން ކުރަނީ ރަނގަޅަށްތޯ ރައްޔިތުން ގެ ޚިޔާލެއް ހޯދަން.
ގައުމުގެދުލުން
09 August 2020
މިސަރުކާރުވަނީ ވަރަށް ބޮޑުތަނަކުން ފެއިލްވެފައި ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑުތަނަކުން ގޯސްވެފައި
ކޮތަރު
10 August 2020
ދުނިޔޭގެ ހާލަތު ވަނީ މިދުވަސްވަރު ވަރަށް ބޮޑަށް ގޯސްވެފަ
ރުޅި ގަދަ އެންގްރީ ބާޑް
09 August 2020
ހާދަ ހަޑި ބަސް މަގޭ.. ޑިސިޕްލިންގ ހާދައޭ ކަޑައީ.
ހަސަބު
09 August 2020
މިބަލި ރާއްޖޭގައި ފެތުރުނީ ތި މަޖިލީހުން މިކަމުގެ ތެރެއަށް ވަނީމަ.
އުދުހޭ
09 August 2020
ދިވެހިރާއްޖޭގާ އިދިކޮޅު ޕާޓީން ކުރާ ކަމަކީ ސަރުކާރާ ޖައްސާލުން. ސަރުކާރުން ކުރާ އެއްވެސް ކަމެއް ރަގަޅެއް ނުވޭ. މި ވައްޓަފާޅި ބަދަލުވާން އެބަޖެހޭ. ރަގަޅުކަންކަން ރަގަޅުކަމަށް އަދި ގޯސްކަންކަން ގޯހީ ކީއްވެގެންކަމާ ރަގަޅުގޮތް ކިޔާ ދެވޭހާ ތަނަވަސް ސިކުނޑިތަކެއް ސިޔާސީ މައިދާނަށް ނިކުންނަން އެބަޖެހޭ އަދި ރައްޔިތުންވެސް "އެޅިއަތަކަށް މަރު" ގެ އުސޫލު ދޫކޮށް ޖަޖްމެންޓަލް ބަޔަކަށް ވެގެންނޫނީ ގައުމު ކުރިއަށް ގެންދަން އުނދަގޫވާނެ.
ނުއުދުހޭ
10 August 2020
އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިއަސް އެކަންވަނީ ސިޔާސީ ކަމަކަށް. އެމީހުންވެސް ސިޔާސީވާނެ. އެކަމު އެމީހުން ދައްކާ ކޮންމެ ވާހަކައެއްގެ މާނަ ނުބައިކޮށް ނަގާކަން އެއީވެސް ހަގީގަތެއް. އިދިކޮޅު މީހަކު ދައްކައިފިއްޔާ އެކަން ނުވޭ ރަގަޅު ވާހަކައަކަށް. ރަގަޅު ގޮތްތައް އެބަ ކިޔައިދޭ. އެކަމު އެކަންކަން ބަލައިނުގަނެވުނީމަ ދެން ކޮން ފައިދާއެއް އޮތީ.