ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރުއްވަނީ: އެމަނިކުފާނަށް ކުރި ޖޫރިމަނާ ހޯދަން މީރާއަށް ވަނީ ފޮނުވާފައި -- ފޮޓޯ/މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން މީރާއަށް ފޮނުވައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގައި ޖޫރިމަނާއެއްގެ ގޮތުން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން އެ މަނިކުފާނަށް އެންގި އެވެ. އެ ފައިސާ ނުދައްކަވާތީ އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ.
އޭޖީ އޮފީހުުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ޔާމީން ދައްކަވާފައި ނުވާތީ ޓެކްސް ނެގުުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ މެދުވެރިކޮށް ޔާމީންގެ ކިބައިން ޖޫރިމަނާ ފައިސާ ހޯދަން މީރާ އަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި، ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތަށް ފައިސާ ހޯދުމުގައި އަމަލުކުރާ އުސޫލުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އެ ފައިސާ ހޯދުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާ ބުނާ ގޮތުން ޓެކްސް ނުވަތަ ޖޫރިމަނާއެއް ނުދައްކައިފި ނަމަ، އެ މީހެއްގެ ބިމެއް ނުވަތަ މިލްކިއްޔާތެއް ބޭނުން ކޮށްގެން ޖޫރިމަނާ ހޯދުމުގެ އަމުރެއް މީރާއަށް ނެރެވިދާނެ އެވެ. އަދި އެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން އެންގުމާއި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ވެސް އެ މާއްދާގެ ދަށުން މީރާ އަށް ލިބެ އެވެ.
ޔާމީނަށް ކުރި ޖޫރިމަނާ ފައިސާ ހޯދަން މީރާގައި އެދުނުއިރު، އެ މަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އޮތީ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވާނުވާ
12 August 2020
ތީއެންމެ ރަނގަޅު ގޮތް ސަބަބަކީ ތީމިހާރު އެންމެ އިތުބާރިހިފޭ ދެތަން....އެހެންނޫނީ ބައިއެޅުން އޮންނާނެ..
ހަރީރާފުޅު
12 August 2020
މާލަސްވެސް ވެއްޖެއް. އެޕްރީލް މަހު 29 ގައި އޭޖީން ޖެހޭ ތިފައިސާ ހޯދަން މަސައްކަތް ކުރަން. މާލަސްވެސް ވެއްޖެއް. މިއައްވުރެއް ސާފްކޮށް އެގެން އޮތްކަމެއް ކޯޓަކުން ނުނިއްމާ. ވައްކަން ނޫން ދެން ކޮންކަމެއް ކުރީ.
ޙުސަންބޭ
12 August 2020
ޔާމީނު ޖުރިމާނާ ކުރީ ޓެކްސް ނުދައްކައިގެންނެއްނޫނެވެ. ޔާމީން ދައްކަންޖެހޭ ޖުރިމާނާ ފައިސާ، ހައިކޯޓުގެ އެންމެފަހުގެ ޙުކުމަށްބަލާއިރު މިރާ އަކަށް ހޯދޭނެކަމަކަށް ނުބެލެވެއެވެ.
ހާމަ333
12 August 2020
އެމްޑީޕީއަށް 5 މިލިއަން ޑޮލަރު ދިނީމަ ވެރިކަން ހިންގޭނެތަ? މިނޫނީ ވެރިކަން ލިބުނީމަވެސް ހިންގަން ނޭގުނު ބައެއް މުޅިދުނިޔޭގަ ތިބިހެންވެސް ހީއެއްނުވޭ...
އިބްޝާ .
12 August 2020
ޔާމީން! ސްޓިލް ނޮޓް އިނަފް.. ޔޫ އާންސަރ އަސް ފްލީ. ސައް ހުކުމް ތަންފީޒްކުރަން މުޅި މިދަލާ ގެދޮރުތައް ނެގުމަކީ ދެރަވާން ޖެހޭ ކަމެއްނޫން.. އެޢީ ދިރުންވާކަމެއް.. ޔާމީނޫ ! ހަޖަމް ކޮއްލާ އެއީއާހިރަތަށް ރައްކާކުރެވޭ ކޮއްތުކޮޅެއް..
ރަދީފްއޮފިޝިއަލް
12 August 2020
ދައުލަތް ނުހިންގިގެން މިއުޅެނީ މި 5 މިލިއަން ޑޮލަރު ނުލިބިގެން ބާ؟؟؟ މިފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސޭނީ ވެސް ގޭގަ ހުރެގެން ކަމަށް ޔާމީން ޝަރިއަތުގެ އިސްތިއުނާފް މަޖްލިހުގަ ބުނިކަމަށް ހަބަރުތަކުން ފެނުނު.މިމީހުން މިފައިސާ އެހާ ބޭނުންނަމަ އެކަން ފެސިލިޓޭޓްކޮށްދޭންވީ ނޫންތަ.އަހަރުމެންގެ ވެރިކަމެއްގަ ކަލޭމެން ހުރިހާ މީހުން ޖަލަށް ކަނޑާލާނަން 30 އަހަރަށް.އަބަދު ހިލިހިލާގަ ބައިތިއްބާނީ.ވަރަށް ވިސްނައިގެން ކުރިއަށް ކުރިއަށް.ވ.ވެދުން
ގުރުޑުވަނީދޯ
12 August 2020
ތަމެންގެ ވެރިކަން ގުރުޑުވަމުންދާ ކަމުގެ އަލާމާތް ތައް މަޝްރިޤުން މަޢްރިބަށް ފެންނަމުން ދެއޭ މަމެން ބުނަން ނެތީމޭ...
އެފައިސާ މިފައިސާ
12 August 2020
އިފްލާސް ކޮށްލާށެވެ..
ހިޝާ
12 August 2020
ކޮބާ ތަ ހިޔާނާތުގެ ފައިސާ އަދި ދައުލަތް ލޫޓުވައިގެން ގަތް ހާ ފުލެޓްތައް؟ ހުޅުވި ފިހާރަތަކާއި ހެދި އޮޑިދޯނިފަހަރުތައް
Ahmed Ismail
12 August 2020
އަދުރޭ މިކަން ހަމަ ޖައްސާ ލަދީބަލަ