ޔާމީން ޖަލަށް ވަޑައިގަތުުމަށް ލޯންޗަށް އަރުއްވަނީ: އެމަނިކުފާނަށް އަލަށް ކުރާ ދެ ދައުވާގެ ޝަރީއަތް ފަށަން ވަނީ ތާވަލް ކޮށްފައި -- ފޮޓޯ/މިހާރު
14 އޯގަސްޓް 2020 - 18:24
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިދިޔަ ޖޫން މަހު ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފަ އެވެ. އެ ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކަމަށް ބުނެ އެވެ.
އެ ދެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެ ކޯޓުގެ ޝަރީއަތްތައް އާންމުކޮށް، މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮޮށެވެ. އެކަމަކު، ޔާމީންގެ ޝަރީއަތް ބާއްވަނީ އޮންލައިންކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ތާވަލް ކޮށްފައި އޮތީ ގާޒީ އަހުމަދު ޝަކީލްގެ ސެކްޝަންގަ އެވެ.
ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހަމަޖެއްސިއިރުު، އެ މަނިކުފާނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މީރާއަށް އަންގައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
15 August 2020
އަދުރޭ މިކަންވެސް ބާޠިލްކަމަށް ނިންމަބަލަ؟
އެމެރިކާ
15 August 2020
ސިޔާސީ ދައުވާ ނުކޮއް ރޔާމިން ދޫކޮއްލާ.
ބެލީ
15 August 2020
މިސަރުކާރުން އެންމެ ބާރަށް ހިންގާ ޕްރޮޖެކްޓް މިފެންނަނީ. ވޯޓްދިން ކުދިން ޔަގީނުންވެސް އަތްޖަހާނެ ޔާމީން ޖަލަށްލައި ދައުވާ ގިނަކުރި ވަރަކަށް އެއީ ލިބޭ ކާމިޔާބެއް ކަމަށް ހީކޮށް.
ހައްސަ
15 August 2020
މީތި ކަޑައޭ. އަބަދު ދައުވާ ދައުވާ، މިނޫން އަޑެއް އިވޭތަ؟.
ބޭބެ.
15 August 2020
މިހާރު ތިއުޅޭގޮތުން އަހަރެން ޔާ މީނަށް ހިތް ސާފުވެއްޖެ! ތީއިންސާފު ހޯދަން އުޅޭބައެއް ނުންކަން ސާފު ފެށީ ހޯރައިއްބެ މިނިވަންކޮށްފައި
ބޭބެ1
15 August 2020
ހިލޭއެހީތައް ކާލައިފި ޓީ މްބަދަލު ޒީރޯ
އަބުސީ
15 August 2020
ބޮޑާކަމާ ކިބުރުވެރިކަން, ހިޔާނާތާއި މަކަރުވެރިކަން, ވައްކަމާއި ކޮރައްޕްސަން, އަނިޔާއާއި ބިރުވެރިކަން..ފިތުނަފަސާދަ އާއި ނަފުރަތުކަން. މިހާރު އިޙްސާސް ކުރެވޭނެ
ނަޝީދު.
15 August 2020
އެޖެންޑާ19ގަ ހައްގުމިންވަރު ހޯދައިދޭން ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟
އިބް
15 August 2020
ހަނދާނެއްނުވޭ ތިޔައިން އެއްކަމެއްވެސް. ޔާމީނު ހިންދެމިލިއަވެސް ނުދޭނަން. ޕާޓީކުދިން ހިތްހަމަޖައްސަން އެނޫންކަމެއް ކުރާނެކަމެއްނެތް.
ރިތި މޫސަ
14 August 2020
އަޅެފަހެ ކޮބައިތަ އެހެންމީހުންތަށް ހަމައެކަނި ޔާމިނަށްތަ ދައުވާކުރަނީ ތިވަރުވީމަ އެންމެނަށްވެސް އެނގޭ ތިއުޅެ ވަކިބަޔަކު ސަލާމަތްކުރަންވެގެންކަން
އެމެރިކާ
14 August 2020
އަޅުގަނޑު ރައިސް ޔާމިނަ ވޯޓްދެވެންޏާ ދެން ލާނީ ރޔާމިން.