މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދުންޔާ ވާހަކަ ދައްކަވަނީ
އިދިކޮޅު ސިޔާސީ ލީޑަރުން ލަންޑަނުގައި އުފެއްދި އިއްތިހާދަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި ޑިމޮކްރަސީއެއްގައި ސިޔާސީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އިސްވެ ހުންނަވައި، ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި މިއަދު އުފެއްދި އިއްތިހާދާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ވަރުގަދަ ސަރުކާރެއް ގާއިމުވެފައި އޮތް އިރު، އިދިކޮޅު ފަރާތްތަކުން އެއް ބަޔަށް އެރުމަކީ ޑިމޮކްރަސީއެއްގައި ފެންނަ ކަމެއް ކަމަށެެވެ.
އިދކޮޅު ފަރާތްތަކުގެ ބައްދަލުވުން މިއަދު ލަންޑަނުގައި ކުރިއަށް ދަނީ
"މިއީ ރާއްޖޭގެ ތާރީހުން ވެސް އަދި އެހެން ގައުމުތަކުން ވެސް ފެންނަ ކަންކަން. މިއީ އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމެއް ނޫން،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާއަށް ދާން ސަރުކާރުން މީގެ ކުރިން ވެސް ގޮވާލާފައިވާނެ ކަމަށާއި ހިޔާލު ތަފާތުވުންތައް ހައްލު ވެގެން ދާނީ މަޝްވަރާގެ މޭޒުމަތިން ކަމަށެވެ. އެކަމަކު މިހާތަނަށް ފެނިފައިވަނީ މަޝްވަރާތަކުގައި ބައިވެރި ނުވުމުގެ ރޫހު ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދުންޔާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެންގެ އުއްމީދަކީ އަދިވެސް މަޝްވަރާތަކައިގެން ކުރިއަށް ދިޔުން،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކިވަކިން ނަމަވެސް ސިޔާސީ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރުމަށް އދ. މެދުވެރިވެގެން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަށް ކުރިއެރުންތަކެއް ވެސް ލިބުނު ކަމަށެވެ.
އިދިކޮޅު އިއްތިހާދާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް މިނިސްޓަރު ނުދެއްކެވި ނަމަވެސް، އިނގިރޭސި ސަރުކާރުގެ ހިމާޔަތް މިހާރު ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގަައުމުގައި ހުންނެވި ލީގަލް ސްޓޭޓަަސް އަންގައިދޭން އިނގިރޭސި ސަރުކާރުގައި މިދިޔަ ހަފުތާގައި އެދިފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެކަމަކު އަދި އޭގެ ޖަވާބު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މެޒީ
02 June 2016
ތިހެން ކުރިންވެސް 2008 ގަވެސް ބައްޕާ ފުޅު ވިދާޅުވި އެކަމް ޗޮކުން ދިޔައި
ދޮންބެ
02 June 2016
އިދިކޮޅު ސިޔާސީ ލީޑަރުން ލަންޑަނުގައި އުފެއްދި އިއްތިހާދަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ބުނިއިރު ، ގޮނޑިއަށް ކުޑަކަމު ނުދެވޭ ކަމާމެދު ވެސް ޝައްކު
އަޅުގަޑު
02 June 2016
ޑިމޮކްރެސީގަ އިދިކޮޅު ޕާޓީތައް އެއްކޮޅަށް އެރުމަކީ ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރެއްގެ ވަރަށް ބޮޑު ބަލިފައެކެވެ. ގޮންޖެޖުމަކަކަށް ނުވިޔަޔަސް ގޮށްޖެހުމެކެވެ. މިއީ އަޅުގަޑުގެ ހިޔާލެވެ. (މިގޮތަށް އިސްލާހް ކޮށްދެއްވުން އެދެވެ)
ބިގަރޭ
01 June 2016
ފިލްމު ނިމެނީ.....!!!!!!
ނޫންނޫން
01 June 2016
އިދިކޮޅު އިއްތިހާދުގެ ސަބަބުން ސަރުކާރަށް ގޮން ޖެހުމެއް ނެތް ކަމަށް ބުނެ އެއްގޮތަކަށް ވެސް އެކަން އަންޑަރއެސްޓިމޭޓް ކޮށްގެން ނުވާނެއެވެ. އެކަން އަޅުގަނޑުމެން ވަރަށް ސީރިއަސް ކޮށް ނަގަމެވެ. ރާއްޖެތެރޭ އެތަން މިތަނަށް ދައުލަތުގެ ބަޖެޓްގައި ހުރި ފައިސާ އަޅައިގެން މެމްބަރުން ތައް ދަތް ކޮއްޓާ އިލޮށި ހެދުން ފަދަ ކުދި ކުދި ކަންކަން ކޮށް އެމީހުން ކުދި ކުދި ޓާކުރުން ނަށް އެމީހުންގެ ދާއިރާ ތަކުގައި ބަދަލުވަމުން ދާއިރު މާލެ ސަރަހައްދަށް ޕީޕީއެމް އިން ހޮވިފައިވާ މެމްބަރުން އެއީ ކީއްކުރާ އެއްޗެހި ތަކެއްތޯއެވެ. އެމެމްބަރުން މާލެ ސަރަހައްދުގައި ތިބި އެތައް ހާސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި ކުރަނީ ކޮން މަސައްކަތެއް ތޯއެވެ. ނިހާނު ކުރަނީ ކޮން ކަމެއްތޯ އަދި ބޮޗޭ ކުރަނީ ކޮން ކަމެއްތޯ އަދި މައްޗަންގޮޅި އާއި މާފަންނު ދާއިރާގެ މެމްބަރުން ކުރަނީ ކޮންކަމެއްތޯ. ކައިކައިގެން ސަރުކާރުގެ ފައިސާ އަށް އެެންޖޯއި ކުރަނީ ތޯއެވެ.
މުހައްމާ
01 June 2016
ފެއިލް ވެފައި ތިބި ބައެއް! ބަޔަކު ބަލައެއް ނުގަންނާނެ!
މެންޓަލިސްޓް
01 June 2016
ގޮންޖެހުމެއް ނެތީމަތޯ ކަމަނާ ބޭރުދުނިޔޭގެ ގައުމުތަކުގައި އަބަދު ދޮގުހަދަންޖެހެނީ ؟ ކަމަނާއާއި އެކުއޮތީ ،ޗައިނާ ، ސައޫދީ އަދި ޕާކިސްތާން ، އެހެންހުރިހާ ގައުމެށް އޮތީ ގައުމީ ކޯލިޝަންއާއި އެކު ، ދެނޯ
ޢަޅުގަޑު
01 June 2016
ޑިމޮކްރެސީގަ އިދިކޮޅު ޕާޓީތައް އެއްކޮޅަށް ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރެއްގެ ވަރަށް ބޮޑު ބަލިފައެކެވެ. ގޮންޖެޖުމަކަކަށް ނުވިޔަޔަސް ގޮށްޖެހުމެކެވެ. މިއީ އަޅުގަޑުގެ ހިޔާލެވެ.
ސުފުރާ
02 June 2016
ޕާޓީތައް އެއްކޮޅަށް އެރިވަހަކަ ބުނީމަ އަޖައިބު ވެއްޖެ. ޕާޓީ ތަކެއްނޫން ދޮތަ ދެޕާޓީއެއް އެކުވީ.އަދާލަތު އެންޑް ރީދޫޕާޓީ އަމީނަކީ މިހާރު ޖުމްހޫރީޕާޓީއޭ ކިޔައިގެން އުޅުނަސް އެޕާޓިގެ މީހެއްނޫން.
ރަޝީދާ/ގައްދޫ
01 June 2016
ގޮންޖެހުމަކަށް ނުވާންވި ސަބަބެއްނެތް! މިސާލަކަށް ކޮމްޕެނީއެއްގެ މަަސައްކަތުމީހާ ކުނިނުކެހުމުން ތަނުގެ ހަޑިކަން ފެންނާނެ އަދި އެކަމުގެ ސަބަބުން ތަނުގެތެރޭގައި ނުބައިވަސްދުވަންފަށާނެ. މީގެ ނަތީޖާއަކަށްވާނީ އެތަނަކަށް މީހުން ނުދިއުން ނުވަތަ ނަފުރަތުކުރުން. ހިތްހަމަނުޖެހުން.
ގޮހޮޑާ
01 June 2016
ނޯޓެޑް!