ގާނޫނާ ޚިލާފްވާ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ: އަކްރަމް

ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެއްވުންތައް ބާއްވާ ސިިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގެ މަގުތަކަށް ނިކުމެ ބޭއްވި ސައިކަލު ބުރާއި އެއްވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފަށް އަމަލުކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިންނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަކްރަމް ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެއްވުންތައް ނުބާއްވަން ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެއާ ޚިލާފްވާ ފަރާތްތަކާ މެެދު ފިޔަވަޅު އަޅާނެ ކަމަށް އަކްރަމްގެ ޓްވީޓްގައިވެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ޕާޓީތަކާ މެދު މިހާތަނަށް އެޅި ހަމައެކަނި ފިޔަވަޅަކީ ޖޫރިމަނާ ކުރުމެވެ.

ކޮވިޑް-19 އާ ގުޅިގެން މާސްކް މީހުން ފުލުހުން ދަނީ ޖޫރިމަނާ ކުރަމުންނެވެ. އަދި ގިނަ މީހުން ބައިވެރިވެގެން އެއްވުންތައް ނުބާއްވަން ދަނީ އިލްތިމާސް ކުރަމުންނެވެ.