ޚަބަރު / ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު 1،000ރ. އިން ޖޫރިމަނާކޮށްފި

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ކ) އަދި އޭނާގެ ވަކީލް މުހްތާޒް މުހްސިން ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އަމަލުކުރި މައްސަލާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާ އިން މިރޭ ޖޫރިމަނާކޮށްފި އެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ގެ ނަމުގައި ބޭއްވި ސައިކަލް ބުރުގައި، ކޮވިޑް-19 ފެތުރޭތީ އަމަލުކުރުމަށް އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް، މާސްކް ނާޅައި އަދި ގައިދުރުކަމެއް ނެތި އެތައް ބަޔަކު އެއްވެފައިވެ އެވެ. މި އެއްވުމުގައި އިސްކޮށް އުޅުއްވި ޝުޖާއު ޖޫރިމަނާކުރީ އެ މައްސަލާގައި އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ޝުޖާއުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސައިކަލްބުރުގެ މައްސަލާގައި ފުލުހަށް ހާޒިރުވާން އަންގައިފަ އެވެ.

ޝުޖާއުއާ އެކު ފުލުސް އޮފީހަށް ހާޒިރުވި ވަކީލު ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވީ، ހާޒިރުކުރި ތުހުމަތުތަކާއި، ފުލުސް އޮފީހަށް އައުމުން ކުރި ތުހުމަތުތަކާ ދިމާނުވާ ކަމަށާއި އެހެންވެ ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ދީފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހާޒިރުކުރުމަށް ފަހު ކުރި ތުހުމަތުތަކުގެ ތެރޭގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވުމާއި އަޑުގަދަކޮށް، މީހުން ބިރުގެންނެވުމާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރި ކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުވައްކިލުގެ މައްޗަށް އިއްވި ހުލާސާގައި، ތަހުގީގަށް ހާޒިރުކުރަން ދިން ޗިޓުގައި މި އިނީ ގައިދުރުކަމެއް، މާސްކު ނާޅައި، އެއްވެ އުޅުމުގެ ސަބަބުންނޭ ހާޒިރުކުރަނީ. އެހެން ނަމަވެސް ހާޒިރުކޮށްފައި އިއްވި ތުހުމަތުތަކުގައި އަޅުގަނޑުމެންނަށް ޖަސްޓިފިކޭޝަނެއް ދެވިފައެއް ނެތް [ހާޒިރުކުރާކަށް]" މުހްތާޒް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕޮލިހަށް ހާޒިރުކުރި ނަމަވެސް އިދިކޮޅުގެ ހަރަކާތްތައް ނުހުއްޓާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އިރާދުކުރެއްވިއްޔާ މިއަށް އިތުރު ވަރުގަދަ ހަރަކާތްތަކެއް ސަަރުކާރާ ދެކޮޅާށް އަޅުގަނޑުމެން ހިންގާނަން. ސަކުރާރު ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުމުގެ ޒިންމާ އަޅުގަނޑުމެން މި އަދާ ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

އެއްވުމުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް މިރޭ ޕޮލިހަށް ހާޒިރުކުރި އެވެ. ނަމަވެސް ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ވިދާޅުވުމުން ވަހީދާ ސުވާލު ނުކޮށް މިރޭ ވަނީ ފޮނުވާލައިފަ އެވެ. ޕީޕީއެމާއި ޕީއެންސީގެ އެހެން ބައެއް ބޭފުޅުން ވެސް މާދަމާ ޕޮލިހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

18 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 4%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު މުހައްމަދު

31 August 2020

އެމްޑީއެން ހަމީދުއަށް ފެންނަނީ ވަކި ބަޔަކު މާސްކު ނާޅައި އުޅޭތަންތަ؟

The name is already taken The name is available. Register?

ފުންއަސަރު

31 August 2020

ފުރަތަމަ ފަހަރު 1000 ދެވަނަ ފަހަރު 10000 ތިންވަނަ ފަހަރު 100000 ކުރީމަ އޯކޭވާނެ.

The name is already taken The name is available. Register?

ބޮޑު މުހައްމަދު

31 August 2020

ޝުޖާއު އެކަންޏެއް ނޫން. ސައިކަލް ބުރުގަ ބައިވެރިވި ކޮންމެ މީހަކު ހާހަކުން ޖުރިމަނާ ކޮށްލި ނަމަ ނާގާބިލް ސަރުކާރުގަ އެކްޓިވިސްޓުންގެ އެއްމަހުގެ މުސާރަ ޗަލާނެ. ރައްޔިތުން ޖުރިމާނާ ކޮށްގެން ދައުލަތް ހިންގުމުގެ ރޮނުގުން ހިތްވަރު ދިނުމުގެ އިނާމް ހިންނަވަރު އިބްރާހިމް ސާލިހުއަށް ދޭން ފެނޭ.

The name is already taken The name is available. Register?

ޖަޑާ

31 August 2020

ތޔަ ޖޫރިމަނާ ދައްކަންވާނީ ކެނެރީގޭ ނަޝީދު ޖޫރިމަނާކޮށް ފައިސާ ދެއްކި ދުވަހަކުން.

The name is already taken The name is available. Register?

އާދަމް ޝަރީފް

31 August 2020

ތިމާއާއި ތިމާގެ އާއިލާ ނުރައްކަލަށް މި ހުށަހުށަހަޅަނީ ކޮންކަމެއްވެގެންތޯ. މުޅިދުނިޔެ ތަހައްމަލުކުރާކަމެއްގެ އަސަރު ރާއްޖެއަށް މާބޮޑަށްވެސްކުރާނެ. މި ބަލިމަޑުކަމުން އަރައިގަނެވޭތޯ އިދިކޮޅުންވެސް މިވަގުތު އުޅެންވީ. ބަލިމަޑުކަމުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރަށް ޕްރެޝަރު ކުރަންވީ. ވެންޓިލޭޓަރ ގެ ފައިސާގެ މައްސަލަ ނޫން ބަލަންވީ. ބަލަންވީ ވެންޓިލޭޓަރ ތައް އަވަހަށް ގެނެވޭނެ ގޮތެއް. އެކަމަށް ސަރުކާރުން ކުރަނީ ކޮންމަސަައްކަތެއްތޯ.

The name is already taken The name is available. Register?

ހަޖަމް

31 August 2020

އެޖެންޑާ 19ގެ ދިމަކްރަސީ ހާދަހާފުރިހަމައޭ ވަކިމީހަކު މާސްކް ނޭޅުމަކުން މަސްއަލައަކަށް ނުވެފައި ވަކިމީހަކު ނުވަތަ ވަކިބަޔަކު މާސްކް ނޭޅުމުން ޖުރުމާނާ ކުރެވެނީ ރާއްޖޭގައި އޮންން ދިމަކްރަސީ އަކީ އެހެނިހެން ގައުމުތަކުގައި އޮންނަ ދިމަކުރަސީއާ އެއްގޮތް ވާންނުޖެހޭތީ ވާގޮތްތޯއެވެ. ހަމައަހާލީއެވެ.

The name is already taken The name is available. Register?

1828

31 August 2020

ފުލުސް އޮފީހަށް ޗިޓްކިޔައިގެން ހާޒިރު ނުކުރިޔަސް ޖޫރިމަނާ ކުރެވޭނެ. ޑރ.ވަހީދުވެސް ޖޫރިމަނާ ކުރެވޭނެ. ކޮންމެހެން ނުޖެހޭ ޗިޓް ފޮނުވައިގެން ފުލުސް އޮފީހަށް ހާޒިރުކުރާކަށް. މާސްކް ނާޅާ އެ މުޒާހަރާގައި ބައިވެރިވި އެހެން މީހުންވެސް ޖޫރިމަނާ ކުރެވެން ޖެހޭނެ. ޤާނޫނޫ ހުކޫމަތު ހުރިހާ ރައްޔިތުންނަށް ހިނގަން ޖެހޭ. ވަކިބަޔަކަށް ޓާގެޓްކޮށްގެން ފިޔަވަޅެއް ނޭޅޭނެ. އެހެންނޫނަސް ދައުލަތުގެ މާލިއްޔާ ހުސްވެފައިވާ ދަނޑިވަޅެއްގައި ޖޫރިމަނާކުރިން ފިޔަވާ ކުރާނެ އިތުރުކަމެއްނެތް.

The name is already taken The name is available. Register?

ބޮޑުތަކުރު

31 August 2020

ތިއޭ މައްސަލައަކީ. މާސްކު ނޭޅީމަ ޖޫރިމަނާ ކުރަން ޖެހެނީ ވަކިބައެއްތޯ. ރަނގަޅު ޤަވާޢިދާ ޚިލާފުވެއްޖެއްޔާ އޮންނަ އުޞޫލުން ޢަމަލު ކުރަން ޖެހޭނެ. އެއަކުން އަހަންމަދެއް ކާސިމެއް އިބުރާހީމެއް ހައްވައެއް މުޙައްމަދެއް އިސްތިސްނާ ވެގެން ނުވާނެ

The name is already taken The name is available. Register?

ހުސެނ

31 August 2020

މާސްކް ނޭޅީމައެންމެންނަށްވެސް އަދަބު ދޭންޖެހޭނެ.... އެކަމަކު މާސްކް ނާޅަ އުޅެގެންވެސް ނުވާނެ އާންމުންގެތެރޭގަ.... އެކަމަށް ހިއްވަރުވެސް ދީގެން ނުވާނެ..... އަދަބުދެވޭނީވެސް އަތުލެވޭމީހާ އަށް މިދުނިޔެމަތީގަ... އެކަމަކު ކުރާކޮންމެކަމަކަށް ހައްގު ނުބައިޖަޒާ ނުވަތަ ހެޔޮޖަޒާ ލިބޭނީ އާޚިރަތުގަ..

The name is already taken The name is available. Register?

ހަސަނު

30 August 2020

ކުރި ކުށް ރަކުރާރު ކުރާނެ ކަމަށް އެ ބުނަނީ.. އަދި ކޮބާ، އެ ކުށަކީ މުޖުތަމައުގަ ނުބައި ބައްޔެއް ފެތުރެން މަގުފަހިކުރުން.. މީ މުޖުތަމައަށް ވަރަށް ނުރައްކާވާނެ ކަމެއް.. ޢެތައް ބައެއްގެ ފުރާނަ ހިނގައިދާނެ ކަމެއް.. އެބަޖެހޭ ކޮވިޑުން ސަލާމަތްވަންދެން މި އެންމެން ހައްޔަރު ކުރަން...

The name is already taken The name is available. Register?

ދަރަނި ދަންތުރަ

30 August 2020

މިލިޔަނުން ވެސްކުރަންވީ އެކަމަކު ފުރަތަމަ ޖޫރިމަނާ ކުރޭ ކެނެރީގޭ ދުއްޕާން

The name is already taken The name is available. Register?

ކޮވިޑް1

31 August 2020

ކެނެރީގެ ނަޝީދު އާއްމުން އެއްކޮއްގެން މާސްކް ނާޅާ އުޅުނުތަނެއް ނުފެނޭ... އޭނަ ހަމަ ތަފާތު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454