ގާސިމް: އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ބިލިޔަނަކަށް އަރާ
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް އަރާއިރު، މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު އާއްމުކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މާލީ ބަޔާނުގައި ބުނާ ގޮތުން އޭނާއަށް މި އަހަރު ފެށުނީއްސުރެ މިދިޔަ މަހުގެ 29އަށް، އެންމެ ގިނަ ފައިސާ ލިބިވަޑައިގަތީ މަޖިލީހުގެ މެމްބަރު ކަމުގެ މުސާރައިންނާއި ބައެއް ކުންފުނިތަކުގެ ނެޓް މުސާރައިންނެވެ. އެގޮތުން 9.5 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެގޮތަށް އޭނާއަށް ލިބިވަޑައިގަތެވެ. އަދި މާފަންނުވިލާ ގުދަނާއި ފުޅޮއި ގަރާޖު ކުއްޔަށް ދީގެން، 1.7 މިލިޔަން ރުފިޔާ ލިބިވަޑައިގެންނެވި އިރު، ކުންފުނިތަކާއި ޕާޓްނަޝިޕްގެ ހިއްސާގެ ފައިދާއިން 188،000 އަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި އެވެ.
ގާސިމްގެ ނަން މަތީގައި 24 ކުންފުންޏެއް ހިންގަވާއިރު، އޭގެ ތެރޭގައި ވިލާ އެއާ، ޓްރާންސްޕޯޓު، ވިލާ ހަކަތަ އާއި ވިލާ ޝިޕިން، ހޮލިޑޭސް، އެޑިއުކޭޝަން ހިމެނެ އެވެ. އަދި ހޮރައިޒަން ފިޝަރީޒް އާއި މީޑިއާނެޓާއި އައިލެންޑް އެންޓަޕްރައިސަސް ފަދަ ކުންފުނިތަކުގެ ޗެއާމަނަކީ ވެސް އޭނާ އެވެ.
މާލެ އާއި އުފަން ރަށް، އދ. މާމިގިލީގައި ހަތް ބިމެއް އޮވެ އެވެ. އެއް މިލިއަން ޑޮލަރުގެ ފްލެޓެއް ވެސް ވަނީ ބައްލަވައިގެންފަ އެވެ. އަގުގެ ގޮތުގައި 94 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަރާ އެ ބިންތަކާއި ފްލެޓް އޭނާ ގަތީ ވިޔަފާރި ނަފައިންނާއި ލޯނު ނަގައިގެންނެވެ.
އޮޑިދޯނި ފަހަރާއި އެއްގަމު އުޅަނދުތަކަށް ބަލާއިރު، ގާސިމްގެ މިލްކިއްޔާތުގައި ތިން ކާރު އޮވެ އެވެ. އެއީ 1.3 މިލިޔަން ރުފިޔާގެ ބީއެމްޑަބްލިއު ކާރަކާއި ހަމަ އެ އަގަށް ގަނެފައިވާ މާސިޑީޒް ބެންޒް ކާރަކާއި އަށް ލައްކަ ރުފިޔާއަށް ގަނެފައިވާ ޕިއުގޮޓް ބްރޭންޑްގެ ކާރެކެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓްތަކުގައި ގާސިމް ވަނީ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި 5،000 އަށް ވުރެ ގިނަ ޑޮލަރު ރައްކާ ކުރައްވައިފަ އެވެ. އަދި ރާއްޖޭން ބޭރުގެ އެކައުންޓްތަކުގައި 2،402 ޑޮލަރު ރައްކާކުރައްވާފައި ވެ އެވެ.
މި އަހަރު ފެށުނު އިރު އަދި މި އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައި ނަގައި އަދި އަދާނުކޮށް ހުރި ލޯނާއި ދަރަނީގެ ތަފްސީލަށް ބަލާއިރު އެސްބީއައިއިން މިދިޔަ އަހަރުގެ މާޗު މަހާއި ސެޕްޓެމްބަރު މަހު ވަނީ 1.5 މިލިޔަން ޑޮލަރާއި 1.3 މިލިޔަން ޑޮލަރުގެ ލޯނެއް ނަންގަވާފަ އެވެ. އަދި ވިލާ ޝިޕިން ފެށުނީއްސުރެ މިހާތަނަށް 21 މިލިޔަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް މާލީ ބަޔާނުގައި ބުނެފައި ވެ އެވެ. ލޯނުތަކުގެ ބޮޑުބައެއް އަދި ނުދައްކާވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނޫޅެން
09 September 2020
މަޖިލިސް ވެބްސައިޓުން މި ހޯދާ ހޯދާ ނުފެނުނު. ކޮންމެވެސް ކުއްޖަކު ލިންކް ޝެއަރ ކޮށްލަބަ
ކޮންކްރީޓް
09 September 2020
އިންވެސްޓަރުންގެ އެކަމުންޓްތަގައި އެހާ ފައިސާއެއް ޖަމާވެފައެއް ނުުންނާނެ. އެގޮތަށް ހުންނާނީ "ފަސޭހަ އާމްދަނީ" ހޯދާ މީހުން އަތުގައި. މީހަކު ގާތްގަނޑަކަށް ހުސްއަތާ ވެރިކަމަށް އައިސް އެންމެ ދައުރެއްގެ ތެރޭގައި މާލޭގައި އޮތް ހަމައެކަނި ހައިވޭއިން އެއަރޕޯރޓް ކައިރިން ބޮޑުސިންގާ ބިމެއް ގަނެލާ ބޮޑު ޓަވަރެއް ކޮޅަށްޖަހާލީ އިރުގައިވެސް އެކައުންޓްގައި އެތައްސަތޭކަ މިލިއަނުން ރުފިޔާ ދިޔާ ފައިސާއަށް ހުރިއިރުވެސް ގިނަބަޔަކަށް އާދައިގެ ކަމެއް.
އަދުރޭޓިނު
09 September 2020
ތިހާ ދޮގުހަދާކަށް ނުވާނެ ދޯ. އެބި މުން ގަނެގެން އުޅެނީ 100 ވަރަކަށް އަކަފޫޓަށް ވުރެންވެސް ކުޑަތަންކޮޅެއް.. ދެން ތިކިޔާ މީހަކީ އުމުރު ދުވަހު މިނިސްޓަރުކަމާއި ކުންފުނިތަކުގެ ޗެއަރމަން ކަން ކުރިމީހެއް. އިނދެގެން އުޅެނީ މާލޭގެ މުއްސަނދި އާއިލާއެއްގެ މީހަކާ. ހަމައެކަނި ރައީސްކަމަށް އައިސްގެން ލިބުނު އެއްޗެއްނޫން ދޯ ހުންނާނީކީ.
ހަބީބާ
09 September 2020
އެކަމަކު ރައީސް ޔާމީނު އަނގައިން ކޯޓުގައިވެސް ބުނި އެއީ ސިޔާސީ ގޮތުން ލިބިފައިހުރި ފައިސާއޭ!!! އަދުރޭގެ ނަމްބަރުޖެހުން އަދިވެސް ރަނގަޅުވާކަށް ނޫޅޭދޯ؟
މީމަ
09 September 2020
ރައްޔިތުންނަ ދަތިވިދުވަހު އެބޭ ވީތަނެއްވެސް ނޭގެ. ދުވަސްކޮޅަކުން ނުކުންނާނެ ރައްޔިތުންނައްޓާކާއޭ ކިޔާފަ އެއްވެސް ހަޔާތެއް ނުހުންނާނެ.
ޕަރސަން
09 September 2020
އެކަމްވެސް ހެޔޮތާ، ކޮވިޑްއާއި ހެދި ކޮލެޖް ފީ ނުދެއްކި އެތައްކުދިންނެއް ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅުނީމަވެސް އެންމެ ލާރިއެއްވެސް ކުޑައެއް ނުކޮށްދޭ. ފީ ދެއްކުން ޑިއު ވާ ދުވަސް އިތުރު ކޮށްލަދިނީތީ ދެން ރަނގަޅު، ކޮންމެސް ވަރެއް ކޮށްދެވިއްޖެތާ
ރާއްޖެ
10 September 2020
އެނާ އަށް ކިތައްމެ ބައިވަރެއް ލިބުނަސް ކަލޭމެންގެ ޓިއުޝަން ފީ އޭނާ ދައްކަން ޖެހޭ ސަބަބެއް ބުނެދީބަލަ. ؟
ފީސަބްނަމް
09 September 2020
މާލީ ބަޔާންތައް ވަރަށް ޖޯކު. މީ ދެން ނަމަކަށް ކުރާ ކަމެއް. އެންމެ މުއްސަދި ކުންފުނިތަކުގެ ވެރިންގެވެސް ނެޓްވޯތު އުޅެނީ ލައްކައިން ނޫނީ 2 މިލިޔަނަށްވެސް ނާރާ. މީރާ މުވައްޒަފުން އިތުކޮށްގެން ނަމަވެސް މީރާގެ ސެޓިފައިޑް މާލީ ބަޔާންތަކެއް ނެރެންޖެހޭ މިކަހަލަ ދައުލަތުގެ މަގާމުތަކުގެ މީހުންގެ.
ބިސްބުރި
09 September 2020
މިވަރަށް ބަޔަކު މުއްސަދިވިއިރު އެހެން ބަޔަކު މިއުޅެނީ ވާރޭން ހިޔާ ނުވެވިގެން. މީ ހަމަ ބޮޑު ޖަރީމާއެއް. އަދި ޗަންޕާ ކޮލި މެން ލޮލަށް ނުވެސް ފެންނާނެ.
އަލި
09 September 2020
އެންމެންޖެހޭތަ މުއްސަދިވާން..
ފަނޑިޔާރުބޭ
09 September 2020
ގާ ސިމް އިބްރާހިމް ގާތުގައި އައް ސަވާ ސަން އައިލެންޑް ރިޒޯޓް ގައި ގެ ސްޓް ކިތަށް ރޫމް ހުރިކަމަށް ސަރުކާރު ގައި ރެޖި ސްޓްރީ ކޮށްފައި ވޭތޯ،450ރޫމް ހުރިކަމަށް ރެޖި ސްޓަރ ކޮއްފައި ގެ ސްޓުން އަޅަމުން ގެންދޭ 900 ރޫމަށް ވުރެން ގިނައިން،
އަހުމަދު ފާރ
09 September 2020
ފަނޑިޔާރުބޭ ކޮންތާކުން ފެނުނު ސަންއައިލެންޑް އެއް.އެރަށު ހުންނަނީ 462 ރޫމް
އިބިރިހިންބެއްޔާ
09 September 2020
މީގައި ބަލަންވީ ވާރުތަވި މުދައުގަޑެއްތޯ ނޫނީ ވީނުވީއެއްނޭގި ލިބިފައި އޮތް މުދައުގަޑެއްތޯ ނޫނީ ތިމާގެ ސިކުޑިއާއި އަތްފައިގެ ބުރަމަސައްކަތުން އަދި ތިމާގެ މަވައްޒަފުންގެ ހެޔޮއެދުމާއި ކޮއްދިން ބުރަމަސައްކަތުން ހޯދި މުދައުގަޑެއްތޯ. ގާސިމަކަސް، ޗަންޕާއަކަސް ކޮއްޔަކަސް އެއްމިންގަޑަކުން ކިރާފަ ޕޮއިންޓް ދޭންވީ. ދެންބަލަންވީ ޤައުމަށް ބޮޑަށް ޚިދުމަތްލިބުނީ ކޮން ސޭޓެއްގެ ފަރާތުންތޯ.
ސައިމާ
09 September 2020
މި އާޓިކަލްގެ ސުރިޚީ ރަގަޅުކޮށްލަދެއްވުން އެދެން. ގާސިމްގެ މިލްކިއްޔާތުގައި 1 ބިލިއަން ރުފިޔާއެއް ނެތް. އެކަމަކު ގާސިމްގެ މިލްކިއްޔާތު 1 ބިލިއަން ރުފިޔާއަށް އަރާ. ތަފާތަކީ މި އާޓިކަލްގެ ސުރުޚީ ކިޔާލީމަ ހީވަނީ ގާސިމް އަތުގައި 1 ބިލިއަން ރުފިޔާ ނަގުދު ފައިސާގޮތުގައި ހުރިކަމަށް.
ޖީ ފޯ ޖާސިމް
09 September 2020
މާލެ އާއި އުފަން ރަށުގައި 7 ބިން. ހަމަ މާލޭ މަހުޖަނު ދެެއްތޯ؟ އޯކޭތޭންކްސްބާއީ.
އިބިރިހިންބެއްޔާ
09 September 2020
ވާވް! އަސްލުވެސްތަ؟