ޚަބަރު / ފައްޔާޒް އިސްމާއިލް، އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު، މަގާމުން އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި

ނަޝީދާއި ފައްޔާޒް: ނަޝީދު ބޭނުންފުޅުވަނީ އިތުބާރު ނެތް ކަމުގެ ވޯޓަކުން ފައްޔާޒް މަގާމުން ދުރުކުރަން.

09 ސެޕްޓެމްބަރ 2020 - 12:39

149 comments
angry icon 76%

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި ހަސަން އަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒާއި ޕާޓީގެ އެހެން އެއްވެސް ބޭފުޅަކާ ވެސް ޒާތީ މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތަކާ ގުޅުވައި މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕަށް މެސެޖްތަކެއް ނަޝީދު ފޮނުއްވާފައިވާ އިރު، ޕާޓީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ތުހުމަތުތައް ބަލަން ޖެހޭ ކަމަށެވެ. މީގެކުރިން ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި ފައްޔާޒް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގައުމީ މަޖިލީހުގެ ގްރޫޕްގައި ވާހަކަތަކެއް ދެކެވެނިކޮށް "ފަޔާ ވެސް މި ޕާޓީގެ ތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ" ކަމަށް ވިދާޅުވެފަ އެވެ.

"މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" ނަޝީދު ވިދާޅުވި އެވެ.

Corruption eh nuhingaa kamuge 100 percent yageen kan dhen: Fayyaz

Corruption eh nuhingaa kamuge 100 percent yageen kan dhen: Fayyaz

The most trusted news source in the Maldives

Mihaaru

މިނިސްޓަރު ފައްޔާޒަށް ނަޝީދު ކުރައްވާ ތުހުމަތާ ގުޅިގެން "މިހާރު"އަށް އިއްޔެ ދެއްވި އިންޓަވިއު

ފައްޔާޒް މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތްއިރު އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދަވަ އެވެ. މަޖިލީހަށް އެ މައްސަލަ ވެއްދެވުމަށް މެމްބަރުންގެ ސޮއި ވެސް ގެންދަވަނީ ހޯއްދަވަމުންނެވެ.

ދުރުގައި ހުންނެވިޔަސް ކޮންމެހެން ޕާޓީއަށް އަންގަން ޖެހޭ ވާހަކައެއް ކަމުގައި ވިދާޅުވެ ނަޝީދު ފޮނުއްވި ސިޓީގައިވާ ގޮތުގައި، އެ ޕާޓީގެ ކުރު ވެރިކަމެއް ނިމިގެންދިޔައިރު އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދު ކަމެވެ. އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިޚާބުތަކުގައި ވެސް އެމްޑީޕީ އަށް ކާމިޔާބު ލިބޭ އެއް ސިފައަކީ އެއީ ކަމަށާއި ކިތަންމެ އިންތިޚާބެއް ކާމިޔާބުކުރަން ރާއްޖޭގެ ދެބައިކުޅަ އެއްބައިމީހުން ތާއީދުކޮށް ވޯޓުދެނީ ވެސް އެ ސަބަަބާ ހެދި ކަމަށެވެ. އެމަނިކުފާނު ރައީސްކަން ކުރެއްވި އެމްޑީޕީގެ ކުރު ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ވޭތުވެދިޔަ ހަތް އަހަރު ވެސް އެމްޑީޕީ އަށް ނިސްބަތްކޮށް ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުކުމެ މިހުރީ ވޯޓުގެ އަދަދެއް ހޯދުމަކަށް ނޫނެވެ. އަޅުގަނޑު މަސައްކަތް ކުރަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެދުމަށެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އަޅުގަނޑު މި ދެންނެވި ނުކުތާއަށް ވިސްނާލެއްވުމަށް އަޅުގަނޑު އެދެމެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި ފައްޔާޒް އިއްޔެ "މިހާރު'އަށް ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ. އެފަދަ ތުހުމަތެއް އޮތް ނަމަ، ބެލޭނެ ނިޒާމްތައް ހުރި ކަމަށާއި އެކަމަށް ޖާގަވެސް އޮތް ކަމަށް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ސިޔާސީ ކަންކަން ހިނގާ ގޮތް ކަމަށެވެ. އެކަމުގައި މާގިނަ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށާއި އެކަން އޮންނަ ގޮތަކަށް ނިމިގެންދާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

އެކަމަކު، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ފައްޔާޒު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެކަމާ ކޮރަޕްޝަނާ ވެސް ނުގުޅުވޭނެ ކަމަށާއި އެއްވެސް ކަމެއް އެ މަގުން ކުރިއަށް ގެންގޮސްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވާ ސޮއި ހޯއްދަވަން މިދިޔަ މަހުގެ ކުރީކޮޅު ފެއްޓެވިޔަސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީ އަށް ދިޔައިރު ވެސް މައްސަލަ ހުށަހެއް ނާޅުއްވަ އެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާއި އެ ޕާޓީގެ އެހެން ބައެއް ގުނަވަންތަކުގައި ވެސް ބައިބައިވުން އުފެދިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒާ އެއްކޮޅަށް ފާޅުގައި ނުކުންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އިތުބާރު ގެއްލޭ ފަދަ ކަމެއް ފައްޔާޒު ކުރައްވާފައި ނެތް ކަމަށާއި ޝަކުވާއެއް ވެސް އެ މަނިކުފާނާ ހަމައަށް ނާންނަ ކަމަށެވެ. އަދި މި މައްސަލައިގައި ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ގަވައިދު ބުނާގޮތުން މަދުވެގެން 10 މެމްބަރެއްގެ ސޮޔާ އެކު އެވެ. އަދި އެ މައްސަލަ މަޖިލިހުން ފާސްކުރަން ބޭނުންވާނީ 44 ވޯޓެވެ. އެއީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. ނަޝީދު ބޭނުންފުޅުވަނީ 44 ވޯޓު ކާމިޔާބު ކުރެއްވޭ ވަރުގެ ޔަގީންކަމާ އެކު، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ކަމަށް ވެ އެވެ. އެކަމަކު އެ އަދަދަށް ވޯޓު ހަމައެއް ނުވެ އެވެ.

149 ކޮމެންޓް, 243 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 2%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

10 September 2020

އަޅުގަނޑަށް ފެންނަނީ ފައްޔާޒު އެކަންޏެއްނޫން. މުޅި ކެބިނެޓް އެއްކޮށް އެކަހެރިވާން، މިގައުމަށް ޓަކައި. ކަމެއްވާ ހަމަ އެކަކުވެސް ކެބިނެޓް އަކު ނެތް. މޮޅަށް އަގަތަޅާ މީހުން ގިނައީ.

The name is already taken The name is available. Register?

ފަޔާ 2020

10 September 2020

ނަޝީދު އަށް އެއްބާރުލުން ދިނުމަށްޓަކައި މާދަމާ ހުކުރު ގެ ފަހުން ވިސްނާނެ ކަމަށް މި އަޅާ ޤަސްދު ކޮށްފީ މެވެ

The name is already taken The name is available. Register?

އެކްޓިވިސްޓް

10 September 2020

އިތުބާރުނެތްކަމުގެ ވޯޓުނަގައި ތިި ކެނެރީގޭ މުޙައްމަދު ނަޝީދު ބޭރުކޮށް ހޫރާލާނީ ކޮންދުވަހަކުންބާ؟ ހަމަ ޔަޤީނުންވެސް އެދުވަސް ވާނީ މިޤައުމުދެކެ ލޯބިވާ ގިނަމީހުން އެއްމެ އުފާކުރާނެ ދުވަހަކަށް

The name is already taken The name is available. Register?

ކެޔޮނިރު

10 September 2020

އަގުބޮޑު އެއްޗެއްގެ އަގު އަރާނީ ވަކި މުއްދަތަކަށް މިހާރު ނަޝީދުގެ އަގެއްނެތް. ދިވެހިންގެ ގައުމު ދިވެހިންނަށް ބާއްވައި. ނަޝީދުގެ ހައްދަން އުޅެނީ ދިވެހިގައުމު އިންޑިޔާގެ މަލިކަށް ހަދާފަ އެއޮންނަހެން އިންޑިޔާގެ ބެލުމުގެ ދަށުގައި ބާއްވަން.

The name is already taken The name is available. Register?

އެސްކޮބާރ

10 September 2020

ރައީސް މައުމޫނުގެ ދައުރުގައި "ރައީސް ވިދާޅުވި" ކަމަށް ބުނެ ސިޓީ ފޮނުއްވައިގެންނާއި ފޯނުކުރައްވައިގެން ކަރަޕްޝަން ހިންގަވާފައިވާކަމަށް މަޝްހޫރުވެފައިވާ ބޭފުޅަކު ފައްޔާޒާއި އަމީރުގެ މިހާރުގެ މެންޓަރއަށް ވުމުން ދެން ކަރަޕްޝަންގެ ކަންތައް އޮންނާނެ މިންވަރު ވަރަށް ފަސޭހައިން ވަޒަންކޮށްލެވޭނެ. މައުމޫނުގެ މައްސަލައަކީ މިކަހަލަ ކަންތައްތަކުގައި މާއަވަހަށް މާފުކުރެއްވުން. މިފްކޯގެ ތިޖޫރީއަށް ވަން ވަގު ފައިސާގެ މައްސަލައިގައި ވެސް މާފުކުރެެއްވިކަމަށް ވަނީ.

The name is already taken The name is available. Register?

ދަރަނިބޯ ކުޑޭ

10 September 2020

އިންޑިއާ އައުޓްގެ އަޑުކަޑުވާލާނަމޭ ހިތާ ޖައްސާ ގޭމެއް ދަންނަވަންތޯ ތިކަމެއްނުވާނެ ގައުމުގެ ރައްޔިތުން ތިބީ އެއަށްވުރެ ބޮޑަަށްހޭއަރާ ދައުލަތުގެ ދަރަނި 75 ބިލިއަނަށް ދަރުވާލާފަ ރައްޔިތުންނަށް އޮޅުވާލަންނޫޅޭ

The name is already taken The name is available. Register?

ދިވެހީންގެ އެދުން

10 September 2020

އަޅުގަޑުމެން ދިވެހީންް އެދެނީ އައްނި މިގައުމުން ދުރުވާން، ކުރެއްވި މުޒާހިރަާތަކަށާއި، އެކްޓވިޒަމް އަށް ޝުކުރު، އެކަމަކު ކުރެވުނު އިމްތިހާނުން، މަނިކުފާނު ފޭލް، ދެން އެހެންގައުމަކުން ވެރިކަންކުރުމުގެ ވަޒީފާއަކަށް ލާންވީނޫންތޯ؟ ސިލޯނުންވެސްް ލިބިދާނެ. ލުތުފީވެސް އެހީވެދީފާނެ ފަހުލަފާނުން އެއްކޮށްްްލަން، ކެނެރީގެއިން، ފަންޑުކުރާނީ.

The name is already taken The name is available. Register?

މުހަައްމަދު އިބުރާހިމް

09 September 2020

މިމަނިކުފާނު ކޮންހައި ސިއްޔަކުން އި ސްތިއުފާ ދޭންމިބުނަނީ ހައިރާންވޭ. ކިހިނެއް ހިގާރާއްޖެ އެއްތަމީ....

The name is already taken The name is available. Register?

ހިބަރުވަދު

09 September 2020

ފައްޔާޒު އިސްތިއުފާ ދިނުމަށް ގޮވާނުލައި، 7 ފެބުރުވަރީ ގައި އިސްތިއުފާ ދެއްވިގޮތަށް މަނިކުފާނު އިސްތިއުފާ ދެއްވާށެވެ.

The name is already taken The name is available. Register?

ބޮޑުތަކުރުފާނުގެ އުތުރުދަރިން

09 September 2020

ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި ކޮރަޕްޝަންގެ ލާމަސީލުމިސާލަކީ ދިވެހިންގެ އިންޓަނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު -އިންޑިޔާއަށް ދިނުން. މީގެސަބަބުން ދިވެހިރާއްޖޭގެ ދައުލަތަށް މަދުވެގެން 15 ބިލިއަން އެމެރިކާ ޑޮލަރު ގެއްލު ވާނެކަމަށް އަޅުގަނޑުމެންދެކެން. ދަތުރުފަތުރު/ނަރުދަމާނިޒާމު/އެއަރޕޯޓް އަޅާތީއޭކިޔާފަ ދައުލަތަށް އެކްއިޒިޝަން ނުނަގާ ރިސޯޓްހަދަން ދޫކުރި ފަޅުރަށްތަކުގެ ސަބަބުން ދައުލަތަށް 25 ބިލިއަންޑޮލަރު ގެއްލުންވާނެ. އަދިވެސްހުރީ. މަދުތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!