ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލަށް ގެއްލުން ލިބިފައި.-- ފޮޓޯ: އެމްވީ ކްރައިސިސް
ހުޅުމާލޭގައި ސައިކަލެއް، ޓްރަކް ދަށުވެ ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ. ނަމަވެސް ސައިކަލުގައި އިން ދެ މީހުންނަށް ވެސް މާ ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.
ރެޑްވޭވް މެގަމޯލް ކުރިމަތީގައި އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ޓްރަކާއި ސައިކަލު ވެސް ދިޔައީ ދެ ވަނަ ފިޔަވައްސާ ދިމާލަށް ކަމަށެވެ. ޓްރަކް ކައިރިން އޯވަޓޭކް ކުރިއިރު އޭގެ ކަނާތު ފަޅީގައި ޖެހި ސައިކަލު ދިޔައީ ޓްރަކް ދަށަށެވެ.
ލަފާކުރެވެނީ ޓްރަކްގައި ޖެހުނު ގަޑީގައި، ސައިކަލުގައި އިން ދެ ފިރިހެނުން ފުންމާލީ ކަމަށެވެ.
"(ޓްރަކް) ދަށަށް ވަދެފައި ސައިކަލު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި،" އޭނާ ބުންޏެވެ.
ސައިކަލުގައި ޖެހުނުއިރު ވަރަށް ބާރު އަޑެއް އިވުނު ކަމަށާއި ނަމަވެސް ޓްރަކް ދުއްވަން އިން ބިދޭސީ މީހާ އުޅުނީ ވެހިކަލް މަޑުނުކޮށް ދާންވެގެން ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
"އެ މީހުން ކަނާތު ފަޅިއަށް ވެއްޓުނީ. ވާތު ފަޅިއަށް ވެއްޓުނު ނަމަ މީހާ އަށް ވަރަށް ބޮޑަށް އަނިޔާއެއް ވާނެހެން ހީވަނީ. އެކަމަކު އޭނާ ދިޔައީ އަނެއް ފަޅިއަށް."
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓްރަކަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ހަވީރު 6:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގިއިރު ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ސައިކަލު ދުއްވީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސައިކަލުގައި ދިޔަ މީހާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުން އަތުގައި ލައިސަންސެއް ނެތް. މި އެކްސިޑެންޓުގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވައިސޫރި
29 September 2020
ސައިކަލްގާތިބި ދެމީހުންނަކީ ބޮޑްގޮޅިޖެހި ގަމީސްލާގުރޫޕު މީހުން ކަމުގާވާނަމަ ފަހަރެއްގާވެދާނެ ބުއްދި ރަންވެފައިވާ ހިނދުކޮޅަކައް އެކަހަލަ ވަގުތުތަކުގާ ގަވާއިދަކައްނުބަލާ އަބަދުވެސް އުޅޭނީ ފިލާ ރައްކާވެގެން ދެވޭތޯ މީއެކުދިންގެ ހާލަތު
ޙަބީބު
29 September 2020
ނުފުރޮޅާ ގަލެއް ނުބަހައްޓާތި ތި މާވެށި ހަލާކު ވިޔަސް ބަލާނެ ކަ މެއްނެތް ބަނގުލަދޭސް މީހުން ވަރައް ހަޔާތްކުޑަކޮއް ބޮޑެތި ވެހިކަލު ދުއްވަން ލިބުނީ މަ ދުއްވާނެ ރަށުގަ ގެރިގާޑިޔާ ކޮއްޕަ މުންދުވާ ބަޔަކު ވެހިކަލަކައް އެރުނީ މަ ހީވާނީ އުޑައް އެރޭހެން ދިވެއްސަކައް މަޖިލީސް މެންބަރަކާ އެއްވަރު މުސާރައެއް ދޭނަ މަ ތިޒާތު ވަޒީފާ ތަކައް ދިވެހިން ނިކުންނާނެ
ރަބަރު
28 September 2020
ލައިސަންސް ނެތީ އުޅަނދު ދުއްވަން އިން ދެމީހުން އަތުގަ ލައިސަންސް ނެތް. އުޅަނދޭ ބުނީ ސައިކަލަށް ކަމެއް ޓްރަކަށް ކަމެއް ނޭގުނު. ސައިކަލު ދުއްވާ ކުދިން ވަރަށް މޮޅުވާނެ. އެހެން ނޫންނަމަ ޕޮލިސް ފޯސް އެއްކޮށް އެކްސިޑެންޓް ގެ ކަންތަކުގައި އުޅޭނީ.
ނަޒޫބެ
29 September 2020
އެބުނަނީ ބަންގާޅީ މީހާ އަތުގައިވެސް ލައިސަންސް ނެތްވާހަކަ. ސައިކަލެއްގެ ފަހަތަށް އަރަން ލައއސަންސް ބޭނުންވޭބާ. ބަންގާޅީގެ ނަން ކިޔަން ފުލުހުންނަށް ނުކެރުނީ. ޢޭނަ އެހެންވެ ފިލަން އުޅުނީ. މީހަކު އޯވަރޓޭކް ކުރަން އުޅުނަސް ތި ބަންގާޅީޔަކު ތަނެއް ނުދައްކާނެ. ކުލީ ކާރާއި ކުލީ ޕިކަޕާއި ކުލީލޮރިވެސް މިހާރު ދުއްވަނީ ބަންގާޅީން. އަހާލާއިރަށް ބުނާނެ އަހަރެން ޝާދީ ކުރީއޭ. ޖެއްސު މެއް ކޮށްލެވިއްޖެއްޔާ ވަރަށް އުފާވާނެ ތިބަންގާޅީން.
އަލިފުޅު3
28 September 2020
"މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުން އަތުގައި ލައިސަންސެއް ނެތް": މީގެ މާނައަކީ ސައިކަލް ދުއްވަން އިނީވެސް ލައިސެންސް ނެތް މީހެކޭ، އަދި ސައިކަލް ގެ ފަހަތުސީޓުގަ އިނީވެސް ލައިސެންސް ނެތް މީހެކޭ؟
އަޖައިބު 1
28 September 2020
ކުރަފިގެ ސިކުނޑި ދޯ ހުންނަނީ؟ އޭގެ މާނައަކީ ސައިކަލު އަދި ޓްރަކް ދުއްވަން އިން މީހާގެ ލައިސަންސް ނެތޭ!! ގެޓްސް ތަ؟
ޒުވާނާ.
29 September 2020
އެބުނާ ބަހުގެ މާނަޔަކީ ބަންގާޅި މަންޖެ އަތުގަވެސް ދިވެހި މަންޖެ އަތުގަވެސް ލައިސަންސް ނެތޭ ރަނގަޅައް ކިޔާބަލަ ފުރަތަ މަ
ތިލަދުންމަތި ކުޅަދުމަދު
28 September 2020
ފޮޓޮއެއް ނެއްތަ..
މަނިކް25
28 September 2020
"މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުން އަތުގައި ލައިސަންސެއް ނެތް" ޖަލަށް ލާބަލަ 2 އަހަރު ވަރަށް ލައިސަންސް ނެތި ދުށްވާ މީހުނާ ނުރައްކާތެރިކޮށް ދުއްވާ މީހުން!!
އަދުރޭޓިނު
29 September 2020
އެކަކީ ބަންގާޅީ އެއް. އޭނަ ދެކެ ފުލުހުން ބިރުގަންނާނެ. ބިރުދައްކާފައި ހުންނާނީ. ކިހިނެއް ޖަލަށްލާނީ.
ކަކުނިބޯ
28 September 2020
ސޮރީ ލައިސަންސް ޤާނޫނަކީ ބަންގްލަދޭޝްމީހުންނަށް ހިގާ ޤާނޫނެއްނޫން މަރުވިނަމަ މަރުގެ މައްސަލަބެލުނީސް. އެއީ އެޤާނޫނު އަދި ހިގާތީވެ މިބުނީ
ކަރީމުއްދީން ބާޝާ
27 September 2020
ތީ ފޮނިފޮންޏަށް ފިލްމުތަކުގާ ދުއްވާހެން ދުއްވާންއުޅެގެން ވާކަންތައް.
އަނިލު
27 September 2020
ހުޅުމާލޭގަ ދުއްވާ ޓްރަކްތައް ދުއްވަނީ އެއްގޮތަކަށްވެސް ނުބަލާ ވަރަށް ބާރަށް ފުލް ސްޕީޑުގަ. ހީވަނީ އެންބިއުލަސް ދާހެން..
ށާޑު
28 September 2020
އެވެދާނެ ޖިންނީންކަމަށް. ޖިންނި ނުލާހިކު ފާސްޓުވާނެ.