ކޮންމެ ޓީޗަރަކަށް މިނިސްޓަރުގެ ހާއްސަ ޝުކުރަކާއެކު ސިޓީއެއް

ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް، ދުވަހުގެ ހާއްސަ ތަހުނިޔާ އާއި ޝުކުރާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހާއްސަ ސިޓީއެއް މިއަދު ފޮނުއްވައިފި އެވެ.


ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރު ވަނީ ސަރުކާރުގެ ސްކޫލުތަކުގައި މަސައްކަތްކުރާ ކޮންމެ ޓީޗަރަކަށް ވަކިން ސިޓީއެއް ފޮނުއްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ސަރުކާރުގެ 212 ސްކޫލުގައި 8،000 އަށް ވުރެ ގިނަ ޓީޗަރުން މިވަގުތު މަސައްކަތް ކުރެ އެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް މި ބައްދަލުކުރީ، ކޮވިޑް-19 އާ އެކު އެތައް ހާސް ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް، ކިޔަވައިދެމުންދާ ދުވަސްވަރެއްގަ އެވެ. އެއާއެކު، ޓީޗަރުންގެ މަސައްކަތް އިތުރުވެ ބުރަ ބޮޑުވެފައި ވެ އެވެ.

މާލެ ސަރަހައްދުގައި މިވަގުތު ސްކޫލު ހުޅުވާލާފައިވަނީ ގްރޭޑު 9 އިން މަތީގެ ދަރިވަރުންނަށެވެ. ރަށްރަށުގައި ގްރޭޑު 1-12 އަށް އަންނަނީ ކިޔަވައިދެމުންނެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޓީޗަރުންގެ ދުވަހު ސްކޫލުގައި މާ ބޮޑު ހަރަކާތެއް ނެތެވެ. ބައެއް ސްކޫލުތަކުގައި ވާޗުއަލްކޮށް ހަރަކާތްތައް ބާއްވާފައި ވެ އެވެ. ހިރިޔާ ސްކޫލުގައި ވެސް، އެ ސްކޫލުގެ ހުރިހާ ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެން ވާޗުއަލްކޮށް ހާއްސަ އެސެމްބްލީއެއް ބޭއްވި އެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އާއްމު ހާލަތުގައި ފިލާވަޅު ތައްޔާރު ކުރުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތާއި އެކަމަށް ހޭދަވާ ވަގުތު، ޓީޗަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ކުރިމަތިލައި އަމިއްލަ އާއިލާ އަށް ވަގުތު ދެމުން ޓީޗަރުންނަށް ފިލާވަޅުތައް ނަގައިދެމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެންމެ ކުއްޖަކު ފިލާވަޅުގައި ބައިވެރިކުރުމަށްޓަކައި ޓީޗަރަކު ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން، އެ ޓީޗަރެއްގެ ކުލާހުގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ދެވިފައި ވެ އެވެ.

"...ފުރަބަންދުގެ ތެރޭގައާއި މި އުނދަގޫ ދުވަސްވަރުގައި މުދައްރިސުން އިސްނަންގަވާ ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވި، ސިއްހީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން، އަމިއްލަ އާއިލާއަށް ވަގުތުދެމުން ދަރިވަރުންގެ ހާލު ބަލަމުން، ކުރިން ނުފަރިތަ މަންސަތަކަށް ފާގަތިވެ، އެ ބޭނުންކުރުމަށް ތަމްރީނުހޯދާ، ދަރިވަރުންނަށް އާ ފިލާވަޅުތައް ނަންގަވާދެއްވަމުން އެބަ ގެންދަވާ. މި ކަންކަމުން ދައްކުވައިދެނީ މުދައްރިސުންގެ ފަހުލުކަމާއި އާކަންކަމަށް ފަރިތަވެގަންނަވާ އަވަސްމިން،" ހިތޯބުގައި ވިދާޅުވި އެވެ.