ވިލާ ކޮޮލެޖު އިމާރާތުގެ ބޭރު-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވިލާ ކޮލެޖުން އިންޖީނިއަރިންގެ ހަތަރު ޕްރޮގްރާމެއް ރޭ ތައާރަފުކޮށްފި އެވެ.
ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި، ފައުންޑޭޝަން އިން އިންޖީނިއަރިން، ބެޗްލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއަރިން، ބެޗްލާ އޮފް މެކޭނިކަލް އިންޖީނިއަރިން އަދި ބެޗެލާ އޮފް މެކަޓްރޯނިކްސް އިންޖީނިއަރިން ކޯސް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިފަދަ ދާއިރާތަކުން ގައުމަށް ހުނަރުވެރިން ވަރަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވިލާ ކޮލެޖުން މިފަދަ ހާއްސަ ޕްރޮގްރާމްތަކެއް ތައާރަފް ކުރުމުގެ ސަބަބުން، އެކަން ވަރަށް ހާއްސަގޮތެއްގައި ފާހަގަ ކުރައްވައިފަ އެވެ. ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ދިވެހި އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ދިވެހި ޒުވާނުންނަށްޓަކައި މިފަދަ ޕްރޮގްރާމްތަކެއް ތައާރަފްވެގެން ދިއުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖު ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން ފަށާ އިންޖީނިއަރިން ޕްރޮގްރާމްތަކުން ދިވެހި ދަރިވަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަލަށް ތައާރަފްކުރި 90 އަށްވުރެ ގިނަ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. އެ ކޯސްތަކަށް އަންނަ ޑިސެމްބަރު މަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދިވެހި މޮހޮނު
13 October 2020
ރާއްޖޭގައި ކިޔަވައިމިދެނީ މަތިން ތިރިއަށް. ދިވެހިބަހުގެވެސް ފުރަތަމަ ފެށީ ޑިގްރީ. އޭގެ މާފަހުން ޑިޕްލޮމާއާއި އޭގެ ދަށް ކޯސްތައްފެށީ. ތިކަންވެސް ތިކުރަނީ ހަމަ މިބީދައިން.
އެންޖެނިއަރު
13 October 2020
ދައުލަތުން ހަރަދުކޮށްގެން ކިޔަވަދޭންވީ މިފަދަ ކޯސްތަކަށް. މިހާރު ސަރުކާރުގެ ދެޔުނިވަރސިޓީގަ ގިނައިން ހިންގަނީ މުޅިންވެސް އެބައުޅޭ އެބައުޅެއޭ ކޯސްތައް.
އިއްބެ111
12 October 2020
ޢެމް.އެން. ޔޫ އިން ހިންގާ އިންޖިނިއަރިން ކޯސް ހެން ނުވެއްޖިއްޔާ ރަނގަޅު. ވިލާ ކޮޅެޖްގެ އިންޖިނިއަރިން ކޯސްތައް ރަނގަޅަށް ދަންޏާ އަހަރެން ވިލާ އަށް ބަދަލުވާން. ޢެމް އެން ޔޫ އިން އިންޖިނިއަރިން ހެދުމަކީ ބޭކާރު ކަމެއް.
ސަރަންފީ
12 October 2020
ގައުމެއް ބިނާ ކުރަން ނިކުންނަ ބަޔަކަށް ބިޒްނެސް ޑިގްރީ ނޫން އެއް ދަސްކޮށްދޭން ވެއްޖެ ތޯއްޗެ.