ޔާމީން: އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތަށް ޖޭއެސްސީން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރޭ -- ފޮޓޯ/މިހާރު
ހައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ހައި ކޯޓުގައި ކުރިއަށްދާ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ޖޭއެސްސީން ނުފޫޒު ފޯރުވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އެއީ ޔާމީނަށް ކުރީ ސިޔާސީ ހުކުމެއްކަން ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީ އާއި ސަރުކާރުގެ އިސް ވެރިންގެ ގޮތް ހުސްވެގެން ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަނިކުފާނުގެ ވަކީލުން ޖޭއެސްސީގައި ތިއްބަވައިގެން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ދިއުމުން ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ބާރު ފޯރުވާ މިންވަރު ސާފުވާ ކަމަށެވެ. އަދި ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ގައުމު ވިއްކާލަން މި ސަރުކާރުން ކުރާ ކަންކަމަށް ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ގޮވާލާފައިވަނީ ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ. އަދި އެމަނިކުފާނު ދޫކޮށްލައިފި ނަމަ ރައްޔިތުން ދިފާއުގައި ތެދުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޔާމީންގެ ނަމުގައި އޮތް އަށް އެކައުންޓެއް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޓިނު
12 October 2020
ނިކަން ތަންކޮޅެއް އޮށްޓަރުހުރި ވާހަކައެއްދައްކަބަލަ؟
ޓިނު
12 October 2020
ފާޑުފާޑުގެ ބަޔާންނެރުމުގެ ބަދަލުގައި ތިމާމެންނަށް ކަންކުރެވުނުގޮޔާމެދު ތިގުރޫޕް ވިސްނާލަބަލަ
ހަނު ހުންނަ މީހާ
12 October 2020
މަށަށްވެސް ހީވެ ޔާމީނުގެ ޝަރީއަތަށް އަބްދުއްރަހީމް ނުފޫޒުފޯރުވާހެން
ވައިސޫރި
12 October 2020
ނުފޫޒް ނުފޯރުވިޔަސް ވެރިކަންގެއްލި ތިޖޫރީގެއްލި ގަދަރާއި އިއްޒަތް ގެއްލުނީމާ ހުޅުނބުފައިބާވަރައް ތެޅުނަސް ދިވެހިތާރީޙަކުން ފިލުވައެއްނުލެވޭނެ
ޑަކުޓަރު
12 October 2020
މަ ހަމަ ހީހީ ހަލާކު. ނުފޫޒު ނުފޯރުވާކަން އެގެން އެ އޮތީ. ސުޕްރީމް ކޯޓުން އެއޮތީ ޔާމީން އެކައުންޓް ތައް ދޫކޮށްލަން އަމުރު ކޮށްފައި. ނުފޫޒު ފޯރުވާ ނަމަ އެކަން އެހެން ނުވީސް. ބޯ ހަމަ ޖެހޭ ވާހަކަ ދައްކާ. އެއްދުވަހު ބުނާނެ ކޯޓު ގޯހޭ. އަނެއް ދުވަހު ބުނާނެ ކޯޓް ކޮރަޕްޓޭ. އެކަމަކު މި ސަރުކާރު އައިސް އައްޔަން ކޮށްފައި ތިބި ފަނޑިޔާރުން ހުކުމް އެކުރީ ޔާމީން އެކައުންޓްތައް ދޫކޮށްލަން. މިއީ ސާފު މައްސަލައެއް.
ޢަލީބޭބެ
12 October 2020
ސުޕްރީމްކޯޓުން ވަރަށް މަސައްކަތް ކޮށްދިން އެކައުންޓު ހިފަހައްޓަން. އެކަމަކު ޗާޓުން ބޭރުން ހުރިހާ ކަމެއް ކޮށްފަ ހުރީމަ ކޯޓުތަކަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނޯވޭ
ހުވޭ
12 October 2020
އަސްލު މިއީ މިމީހުންގެ ސްޓަންޓެކޭ. ކޮންމެ ދުވަހަކު އެއްވެސް އޮއްޓަރެއްނެތް ވާހަކައެއްކަން އެނގޭއިރުވެސް އެވާހަކަތައް މިދައްކަނީ ނޫސްތަކުގެ ސުރުހީއަށް އަރަންވެގެން. އޭރުން ނުފޫޒުގަދަ ބައެއްކަމަށް ރައްޔިތުން ބަލައިގަންނާނެކަމަށް ހީވާކަހަލަ. މިއީ އެކަމަކު ކުރީގެ ތިކަހަލަ ފިލޯސަފީތަކުން ފައިދާއެއް ކުރާނެ ޒަމާނެއް ނޫން.