ރާއްޖެ އާއި ޗައިނާއާ އެކު މިއަދު ބޭއްވި ބައްދަލުވުން: އިގްތިސާދީ ގުޅުން ހަރުދަނާ ކުރަން ދެ ގައުމުން މަޝްވަރާކުރި -- ފޮޓޯ/ފޮރިން މިނިސްޓްރީ
ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅު ކުރުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިިމް އަމީރު ޗައިނާގެ ސަފީރާ އެކު މިިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ޗައިނާއިން ރާއްޖެއަށް ދޫކުރި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް ދިނުމާ ބެހޭ މަޝްވަރާތައް ދެ ގައުމުން ކުރިން ވެސް ކުރިއަށް ގެންދިޔަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮންއާ އެކު އެ މިނިސްޓްރީގައި ޝާހިދާއި އަމީރު ބޭއްވި ބައްދަލުވުމުގައި ޗައިނާއާ އެކު އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ މަޝްވަރާ ކުރިއަށް ގެންދިޔަ ކަމަށެވެ. ޗައިނާއިން ރާއްޖޭގެ އިގްތިސާދަށް ގިނަ އެހީތަކެއް ދެމުންދާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވެސް ގިނަ އެހީތަކެއް އެ ގައުމުން ފޯރުކޮށްދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
Finance Minister @iameeru & I had very productive discussions with @AmbassadorZhang of #China to explore economic cooperation in a post COVID-19 environment. #China continues to extend to us it’s strong support in the economic recovery process, and other areas of mutual interest. pic.twitter.com/wtWcCaDlGv
— Abdulla Shahid (@abdulla_shahid) October 15, 2020
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓް
ކުރީގެ ސަރުކާރުގައި ޗައިިނާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގީ އެ ގައުމުގެ ލޯނު އެހީ އާއި ހިލޭ އެހީގެ ދަށުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދިއްދޫމީހާ
15 October 2020
ދުވާލް އިރު ފެންނަ ފަދައިން އިންގެނީ އިންޑިޔާ ވުރެން ޗައިނާ ހުރިހާ ގޮތަކުން ދިވެހިންނަ ރަނގަޅުކަން، މަލެއް ވިއްޔާ ވަހެއް ހުންނާނެ، އިންސާނެއް ވިއްޔާ ގޮތެއްވެސް ހުންނާނެ، ޗައިނާ ހެއްދެއްވިހާ އެއްޗެހި ގޮވާފަ ޗައިނާގެ ސަފީރަ ބައްދަލް ކޮއްފަ މިކިޔަނީ ޗައިނާގެ ފަތުރުވެރިން ފޮނުވަން، އިންޑިޔާން ފަތުރުވެރިންގެ ވިސާގަ އަންނަ މިހާ ހުންނަނީ ކޮންމެވެސް ތާކު މައްސަކަތް ކުރަން، އެކަމް ޗައިނާ ފަތުރުވެރިޔާ ޗުއްޓީ ނިންމާފަ ދަނީ،،،
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
ހަރުދަނާ އިއްތިސާދު މަސްވަރާ * : މާޒީ އޯކޭ ނޫނީ ތޯ ؟؟؟ މިހާރު އޯކޭ ނޫނީތޯ ؟؟؟؟
ގައްބަރު އިބުރާހީމް ސިންގު
15 October 2020
އިގްތިސޯދު ރަނގަޅުކުރާންވީމާ ޗައިނާބެ. ވެކްސިނާ ބާވަތްބާބާވަތުގެ މުދާ ބޭނުންވީމާ ޗައިނާބެ. އެކަމަކު އެމީހުންއަތުން ނެގިހާބައިވަރު ދައްކާންވީމާ ޗައިނާގަނޑު........... ވާ މިމީހުން އެބަހުރި މުނާފިގުކަމުގެ ކުޅިވަރު ފިސާރި ރަނގަޅަށް ދަސްކޮށްފާ.
ބަބުރަންޖީ ހާޖީ
15 October 2020
ކޮބާ މިމީހުން ލަދު؟
ސްލޯ
15 October 2020
ލަންކާ ކޮޕީކުރަނީ ދޯ! އިންޑިޔާ ރުޅި އަތުވެދާނެތީ ތިކަމެއްނުވާނެ! އިންޑިޔާ ރުޅި އަރުވައިފިއްޔާމު ވެރިކަން ބަދަލުކުރަން ވޯޓް މަކަރު ފަޅާއަރުވާނެ!
ފަދަކަންކަމޭ
15 October 2020
ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެ ދިވެހިރައްޔިތުން ބަނޑަށް ޖެހެނީއޭ މިރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނޭ 60 މިލިއަން މީހުނަށް ވުރެން ބޮޑު އާބާދީ އެއް އޮންނަ ލަންކާ އަށް ވެސް ޗައިނާ އިން ގެސްޓުން ނުދެއޭ ރާއްޖެ އަށް ޗައިނާ އިން ގެސްޓުން އަންނަވަރާއި ގާތަށް ވެސް މިކަން މިސަރުކާރުގެ މިނިސްޓަރުންގެ ތެރޭގައި ތިބި ފައިގެ ބޮޑުވާ އިނގިއްޔާއި ހަމައަށް ވިސްނާ މިނިސްޓަރުންނަށް ނޭގުން އެއީ ދެން މަމެން ބޮލަށް އެނބުރުން އަރައިގެން ވެއްޓޭ
ސިކުނޑި
15 October 2020
ކޮބާ ޗައިނާގެ ކަންކަން އެންމެ ރަނގަޅަށް އެނގޭ މީހާ؟ ސަފީރަށްވުރެ މާއެނގޭ މީހަކު އުޅޭ މިގައުމުގަ!! އޭނަ ބައިވެރި ނުކޮށް ތިޔަ ކަމެއް ކޮށްފިތަ؟ ރުޅިވެސް އަންނާނެ!!
ރަންނަބަނޑޭރި
15 October 2020
ޚާރިޖީ ގުޅުންތަކާއި ބެހޭގޮތުން ބަސްކިޔާ ވާހަކަ ދައްކާއިރު ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ފަރާތުން އެއްވެސް ޒިންމާދާރުކަމެއް ޑިސިޕްލިންއެއް ނުފެނޭ. މިއަދު ފޮރިން މިނިސްޓަރު ޗައިނާއަށް ތައުރީފްކޮށް ވާހަކަދައްކާފަ މާދަން އިކޮނޮމިކް މިނިސްޓަރު ޗައިނާއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކީމަ ދޭހަވަނީ ޚާރިޖީ ސިޔާސަތުގެ މިސްރާބެއް ނެތްކަން. އަދި ނުވިތާކަށް މަޖިލިސް ރައީސްގެ "ޓްރަމްޕް ސްޓައިލް" ބަސްމަގުން ވެއްޓެނީ ގައުމުގެ އަގު.
ޑާޑާޑާޑާޑާ
15 October 2020
ކެބިނެޓް މިނިސްޓަރުން ނަކީ އެއީ ސިޔާސީ މަގާމް ތަކުގައި ތިބި ނަމަވެސް ސިޔާސީ މީހުންނޫނޭ އެމެން ވާން ޖެހޭނީ ވަރަށް ޒިންމާދާރު މީހުންނަށޭ ކެބިނެޓްގެ ވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށްވާއިރު ކޮވިޑް ތެރޭގައި ވެސް އެންމެ ފައިދާ ކުރަނިވި އެހީއެއް ފައިސާގެ ގޮތުންނާއި މުދަލުގެ ގޮތުން ރާއްޖެ އަށް އެހީވީ ހަމަ އެކަނި ޗައިނާ އާއި ޖަޕާނުންނޭ އިންޑިއާ އުޅެނީ ވަރަށް ފަހަތުގައޭ އެކަމުގައި އެމެން ދިން ފުށް ވެސް ހުރީ ފީވެފައޭ އައި ކާންޓް ޓޭކް ދިސް ހަރާމްކޯރު ސްޓަފް