އަނަސް: އޭނާ މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ދައުވާ ކުރޭ
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ހަމަލާދީފައި ހުރި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރުު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަނަސްގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން ތުނޑީ، ނަންނާރިިގޭ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރުު 1746 ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ސިމިޝްގު އުސްމާން ޝަރީފްގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގް އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރެވެ. އޭނާ ބުނީ އަނަސްގެ ހަށިގަނޑު ބެލިއިރު އެއްވެސް ވިންދެއް އަދި ދިރިހުރި ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުގައި 24 ވަރަކަށް ޒަހަމް ހުރިއިރު، އޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށް އެ ޑޮކްޓަރު ބުންޏެވެ.
އެގޮތުން ކަރުގެ އެއް ފަރާތަކުން ފެންނަން ހުރި ބޮޑު ޒަހަމަކާއި ފުއްޕާމެއާ ދިމާލުން މެއަށް ދީފައި ހުރި ބޮޑު ޒަހަމެއް ހުރި ކަމަށާއި އޭގެ ސަބަބުން ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި ކަމަށް ޑޮކްޓަރު ބުންޏެވެ. އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް ކަމަށާއި އަދިި އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އަދި އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އަނަސްގެ ހަށިގަނޑުގެ އެތެރެއަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލާއި މަރުވި އަސްލު ސަބަބު ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށް އެ ޑޮކްޓަރު ބުންޏެވެ. އަދި އެފަދަ ކަންކަމަށް ލަފާ ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ނުވާތީ އެގޮތަށް ލަފާ ދީފައި ނުވާނެ ކަމަށް ވެސް އެ ޑޮކްޓަރު ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ޖުނައިހް ވަނީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އޭނާ އަށް ޖަލުގައި ބޭސްފަރުވާ ނުދޭ ކަމުގެ ޝަކުވާކޮށްފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި މާފުށީ ޖަލުގައި ހުރެގެން ޖުނައިހު ބުނީ އޭނާ ޑޮކްޓަރަށް ދައްކަން ކަރެކްޝަނަލް ސާވިސް އަށް ކޯޓުން އެންގުމުން އެކަން ކުރީ ނަމެއްގައި ކަމަށެވެ. އަދި ޑޮކްޓަރު ދިން ބޭސްތައް އޭނާ އަށް ނުދޭ ކަމަށާއި ދެ ހަފުތާ ފަހުން ޑޮކްޓަރަށް ދައްކަން ލަފާ ދިނަސް، އެކަން ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ދައުލަތުން ބުނީ ކުރިން ކޯޓުން އެންގި އެންގުމާ އެއްގޮތަށް ޖުނައިހު ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެކަމަކު ފަހުން ޑޮކްޓަރަށް ދެއްކިކަން ކަށަވަރު ކުރުމަށްޓަކައި އެ މައުލޫމާތު ސާފުކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު އެންގެވީ ދައުލަތުން އެކަންކަން ގާތުން ބަލަމުން ގެންދިއުމަށެވެ.
އެ މައްސަލާގެ މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އިތުރު ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހު އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަލީބްރޯ
20 October 2020
އިންސާނަކުކޮށާކުދިކުދިކޮއްލާފަވެސް އަދިލަދުހަޔާތްކުޑަކަމުން ތިމާޑޮކްޓަރަށް ނުދެއްކުނުވާހަކައެބަދައްކާ.
މޯޑް
19 October 2020
4 އަހަރު ވާއިރު އަދިވެސް ހެކިބަސް ނަގާ ނުނިމެ. އަދުލްއިންސާފް ގާއިމް ކުރެވޭނި ދެން ތިވަރަކަށް
ބުއްޅަބޭ
20 October 2020
އެކަމަކު ޔާމީނުގެ ޝަރިޔަށް ފަޓާސް ބަރިއެއްހެން!!
އާރީ
19 October 2020
ފިނިހަކަ ސުފީޑްގަ މިކަހަލަ މަންސަލަތައް ބަލަނި ކީއްވެތަ?
އަދިރި
19 October 2020
ޑޮކްޓަރުގެ ހެކިބަސް ނަގަން ހަތަރު އަހަރު ނަގަންޖެހޭތޯ؟ ޑޮކްޓަރުގެ ހެކިބަހެއް ބޭނުމެއްވެސް ނޫން، އެއޮތީ ފޮޓޯ، ވީޑޯއޯ ފެންނަން، ގަސްދުގަ މަރާލިކަން. ކިތައް، ފަހަރު ވަޅިޖެހިތޯއާއި ވަޅިހެރި ފުންމިން ބެލުމެގެ ބޭނުމެއްނެތް. ދަންވަރު ކޯޓު ހުޅުވައިގެން އެއްދުވަހުންވެސް ނިންމޭނެ މައްސަލައެއްމީ. މިފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަކީ މިރާއްޖޭގެ މިފަދަ ކުށްތައް ގިނަވުމުގެ އަސްލު.
ރަސްރުއް
19 October 2020
މިޖައްބާރު ގާތިލު އަދި އެބަބުނެޔޭ ޑޮކުޓަރަށް ދައްކާނުދެޔޭ!! ނުޖެހޭދައްކާކަށް މާތްވެގެންވާ ފުރާނައެއް ރަހުމެއްނެތި ކޮށާއަޅާލިއިރު މި ގާތިލުގެ ހިތަށްކުޑަމިނުން އެއްވެސް އިންސާނިއްޔަތުގެ ފުކެއްގެ މިންވަރުވެސް ނޭރި! މިވަރުޖާހިލަކަށް ބޭސްފަރުވާސަރުކާރުން ކޮށްގެންނުވާނެ އޭމަގޭވެސް ފައިސާއިގޭތޯ،
ބްރޫ ބްރޯ
19 October 2020
24 ތަނަކަށް ހަމަލާދީފަ ހުރި އެވަރުންވެސް މަރުވިގޮތް ސާފުނުވާތީ ކޯޓުން ތި އެންމެން ސަލާމަތް ވެދާނެކަމާ މެދު ސައްކެއް ނުކުރަން. ބެސްޓް ސަރުއީ ނިޒާމް އިންދަ ވޯލްޑް.
ބިސްބުރި
19 October 2020
މަގޭ ޓެކްސް ފައިސާއިން ތިމީީހުން ޑޮކްޓަރަށް ނުދައްކާތި.
ބަންދަރު ހާން
19 October 2020
މި ޤައުމުގައި ކަންމަތީ ގްރޫޕް ތަކާއި ގަވާއިދާ ހިލާފަށް އުފެދިގެން އުޅޭ ޕާޓޭ ގްރޫޕްތަކަށް ބާރުތައްލިބި އަދި ޖެހިލުމެއްނެތި ޖަރީމާތައް ހިންގަމުންދަނީ ކާކުދީގެންއުޅޭ ރައްކާތެރިކަމެއްގެ ދަށުންތޯއެވެ. ކޮބާތޯ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ސިފައިން, ފުލުހުން, ސިޔާސީ ވެރިންތައް. ގޭންގުތަކަށް މަދަދުދޭ އަދި އެމީހުންގެ ކަންތައް އަޅާނުލާ ދޫކޮށްލާ ކޮށްމެމީހަކީ މި ޤައުމިގެ ގައްދާރެކެވެ.
މިހާރު
19 October 2020
މިހާރު ކަން މަތީގައި ގްރޫޕް ތަކެއް ނުތިބެއެވެ. ﷲގެ އިރާދަފުޅާއި އެކު، އިބޫގެ ވެރިކަ މަށް 2 އަހަރު ފުރެންދާއިރު ،ކަތިލައިގެން އަދި އިންސާނަކު ނު މަރަ އެވެ. މާލޭގައި ގޭންގް ތަޅާފޮޅުންތަކެއް ނުހިންގަ އެވެ. އެކަ މަކު ރައީސް ޔާ މީންގެ ވެރިކަ މުގެ 5 އަހަރު އެކަނިވެސް ކަތިލައިގެން 37 އިންސާނުން މަރާލި އެވެ. ކޮން މެ ހަތަރު އަނގޮޅިއެއްގައި ގްރޫޕެއް އަބަދުވެސް ތިބެއެވެ.
ހަސަނު
19 October 2020
މި ހާދިސާ ހަނދާންވާ ކޮންމެފަހަރަކު ދިވެއްސަކަށްވީތީ ހިތާމަކުރަމެވެ. ދިވެހި ފުލުހުންނާއި ސިފައިންނާއި އަދި ވެރީންނަށް 2 ކިލޯމީޓަރ ހަމަނުވާ ކުޑަކުޑަ ތަނެއްގައި މަގުމަތީ އަމާންކަން ނުބެލެހެއްޓެއެވެ. މިކަންހިނގީ އެންމެންގެ ކުރިމަތީ އެއްވެސް ސިއްރުވެރިކަމެއްނެތިއެވެ. ކޮލަންބިޔާ އަދި ބްރެޒިލް ފަދަ ޤައުމުތަކުގައިވެސް ވެރިރަށުގެ މެދުގައި މިކަހަލަކަންތައް މިއުސޫލުން ނުހިނގައެވެ. ލަދުގަނެ ދެރަވަމެވެ.
އީދުބެ
19 October 2020
ދިވެހި ސިފައިންނާ ފުލުހުންނަށް ތި ބައިގަނޑު ކޮންޓްރޯލު ކުރެވޭނީ ބާރުތަކެއްވެސް ދީގެން. ކަފަ ބުރަކުން ކޮށްޓައިގެން ތި އެއްޗިއްސެއް ނުގުޑާނެ.
ޕެނާލްޑޯ
19 October 2020
އިންސާފު ނިކަމެތި މީހާ އަށް ލިބޭނީ މިހާވަރަށް ، 4 އަހަރު ޒަހަމުގެ ފުންމިންބަލަން ، އަދި 4 އަހަރު ވާނެ ހެން ހިވަނީ ޒަހަމުގެ ދިގުމިންބަލަން ، ނޫނޭ މިއޮތާވާ ވެރިކަމެއް