މިރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސް ނުވެ، އިތުބާރު އޮތް ކަމަށް ޕީޖީ ގުރޫޕުގައި 31 މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.
އެގޮތަށް ނިންމީ، ދުބާއީގެ ކުންފުންޏަކުން 75 ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި އޭސީސީން އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ދެންމެ ނެގި ވޯޓުގަ އެވެ. އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ވޯޓު ދިނީ 27 މެމްބަރެކެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީން ބޭނުންވިޔަސް ޕީޖީ ހުސައިން ޝަމީމް ނިންމަވާފައި ވަނީ ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ވަނީ އަނބުރާ އޭސީސީ އަށް ފޮނުވައިފަ އެވެ.
ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ތުހުމަތުކޮށް މަޖިލީހުގައި ވެސް އެންމެ ފުރަތަމަ މިނިސްޓަރަށް ފާޑުކިއުން އަމާޒުކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ. އޭގެފަހުން، ކޮވިޑާ ގުޅިގެން މިނިސްޓްރީތަކުން ޚަރަދުކުރި ގޮތާ ގުޅޭ އޮޑިޓެއް ކުރަން މަޖިލީހުން ފާސްކުރީ ވެސް އެމްޑީޕީގެ މެމްބަރުން ހުށަހަޅައިގެންނެވެ.
މި މައްސަލައިގައި އަމީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރި އެވެ. އަދި އިމްތިޔާޒް ކޮމިޓީގައި ވެސް އޭނާ މިއަދު ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އެމްޑީޕީން ވޯޓަށް އެހިއިރު ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އޭސީސީން ކުރި ގޮތާ މެދު އެ ކޮމިޝަނަށް ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ. އޭސީސީގެ ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފަ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ހުރި ގޯސްތައް، އޭސީސީގެ ތަހުގީގުން ވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެއީ އިދާރީ މައްސަލަތަކަކަށްވާތީ، ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ވަނީ ނިންމައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
1828
20 October 2020
އެމްޑީޕީ އަކީ އެއްވެސް އިހްލާސްތެރިކަމެއް ހުރި ޕާޓީއެއް ނޫން. އެކަން މިކަމުންވެސް ރައްޔިތުންނަށް ސާބިތުވޭ. އަމިއްލަ ޖީބަށް ބައްކުރަން މިސަރުކާރުން އުޅެނީ. ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭކަމަށް ހެދިގެން އުޅެނީ.
ކޮށްފައިއޮތްވައޭ
20 October 2020
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނުފެންނަ ކަމަށް އެމްޑީޕީން ނިންމައިފި ނަމަ އެމްޑީޕީ އަށް ތިޔާ ނިންމެވެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އިސްވެހުރެގެން އެމެންގެ ސަރުކާރު ހިންގާނީ ޒީރޯ ޓޮލެރެންސްގެ ދަށުންނޭ ބުނުމުން ހެލްތް މިނިސްޓަރު އަމީން އަދި ވެސް އެހެން ތިން މިނިސްޓަރުންނާއި ރައީސް އޮފީހުގެ ވެސް މިނިސްޓަރުންގެ ޕޫލް އެއް ގުޅިގެން ދައުލަތުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ނަގާ ދުބާއީ ކުންފުންނަކަށް ދިނީ އޭޑީކޭ އިން ކުޑަ އަގުކޯޓް
ހިސާބު ކިތާބު
20 October 2020
ފާސް ވިޔަސް ނުވިޔަސް ނަޝީދެއް ނެތް އަމީންގެ ބޮލަކުން ފައިބާ ގޮތަކަށް. އާތިފާވެސް ނޭވާ ނުލެވިގެން އިސްތިއުފާ ދިނީނު. އެއީ ކޯލިޝަން އެންމެންނަށް އޮންނާނެ ގޮތް ހަމަ. އަމީންއަށް ދެންވެސް ނޭވާ ނުލެވޭނެ. ތި އޮތީ ފުރޭތަ އަޅައިގެންފަ ރަނގަޅަށްވެސް. ދެން ފަންޑިތައެއް ބޭހަކުންވެސް ކުރާނެ ކަމެއް ނޯންނާނެ.
އިސްތިއުފާ
20 October 2020
ހެލްތް މިނިސްޓަރު އަމީން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ތިބޭތިތިބޭތި
20 October 2020
ކޮބާ ރައީސް ނަޝީދު މަމެން ކުރިން ވެސް ބުނީމެއް ނޫންތޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ނުވެވޭނަމަ އެމްޑީޕީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުން ވެސް މާބޮޑަށް ރަނގަޅު ވާނެއޭ އަލްޓަރނޭޓިވް ކެންޑިޑޭޓެއް އެމްޑީޕީން ނެރުމުގެ ބަދަލުގައި މިއަދު އެތަން ތިޔާ ދަނީ ރައީސް ނަޝީދަށް ފެންނަމުންނޭ މިސަރުކާރު ނިމޭ އިރު ބްރޯ ކުރި ވައްކަން އެވާނީ ޒައްރެއްގެ މިންވަރޭ އޭގެ 10 ގުނަ މިސަރުކާރު ނިމޭއިރު ދަވާލާނީ އެމްޑީޕީގެ ގައުމީ މަޖްލީސް ގަނެގެންނޭ ބަލަންތިބޭތި
ދޭސީ
20 October 2020
ހައިރާނެއް ނުވޭ. ތި އެމްޑީޕީގެ އެމްޕީއިން ނުންތޯ ބުނީ އަދީބުވެސް ކުރަނީ ގައުމީ ހިދުމަތެކޭ.
އަމީންއައުޓް
20 October 2020
ހެލްތް މިނިސްޓަރު އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް އަމީން އައުޓް
ސަލީމްބެ
20 October 2020
ތިޔަ އުޅެނީ ރައްޔިތުންގެ އިތުބާރު ނެތިގަނެއް ނޫން. ތިޔަ އުޅެނީ ނަޝީދުގެ އިތުބާރު ނެތިގެން. މުޅި ހެލްތު ސެކްޓަރުގައި ގާތް ގަނޑަކަށް 7000 މުވައްޒަފުން އުޅޭއިރު އަޅެ އެންމެ މީހަކުވެސް ނެތޭ އަމީން ގޮސްކޮށް ކަމެއް ކުރަން ބުންޏޭ ނުވަތަ ގޯސްކޮށް ކޮށްފިއޭ ބުނެ ހެކިބަސް ދޭނެ. މިވަރު ނުފެދޭތޯ ނިންމަން އެއީ ކިހާ އިހްލާސްތެރި މީހެއްކަން. ފުރަތަމަ އެމީހަކު އުޅޭ ތަނެއްގެ ބައެއްގެ ފަރާތުން މައުލޫމާތު ހޯދީމަ ދޯ. މުވައްޒަފުން އެ ބުނަނީ އޭނަ މަސައްކަތަށް އިހްލާސްތެރިވަރު.
އާދަމް ބާއީ
20 October 2020
އަމީނުގެ ބޮޓުންތަކަށް ސާބަސް. އެމީހުންގެ ޕީއާރު ކެންޕޭނު ވަަަރަށް ފުރިހަމައަށް އެމީހުން ކާމިޔާބުކޮށްފި. ވަރަށް ރަނގަޅު އިނާމުގެ ޕެކޭޖެއް ލިބޭނެހެން ހީވަނީ. އަދި ޕުރޮމޯޝަންވެސް.
ނިކަމެތިރައްޔިތުމީހާ
20 October 2020
ފުރަތަމަ ވޯޓުން އިބޫ މިއޮތީ އަންނި ބަލިކޮއްފަ. މިއީ އަދި ފެށުމެއް