ޕޭ ކޮމިޝަނަށް މެންބަރުން އައްޔަން ކޮށްފި

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް، ރައީސް ޔާމީން މިއަދު ފަސް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.


ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވީ، މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހްމަދު މުނައްވަރާއި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުހައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ލުބްނާ އަބްދުލްގާދިރާއި، ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާޠިމަތު ރަޒީނާ އެވެ.