މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޔާމީން ޖަލުގައި އޮންނަަވަނިކޮށް ނިޒާމާ ބެެހޭ މަޝްވަރާއެއް ނުކުރެވޭނެކަމަށް---ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވަނިކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ރިއާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ ނިޒާމުގެ ކަންތަކުގައި ރައްޔިތުން ނިންމާފައިވާ ގޮތަށް ކުރިއަށްދާން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން އެކަމުގައި ކުރިން ގޮތެއް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން މިވަރުގެ ކަމެއް ހުށަހެޅިގެން ދާއިރު ހަގީގަތުގައި އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލެއް ނުކުރޭ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް، މަލްޓިޕާޓީ ޑިމޮކްރަސީގެ ވެރިކަމެއްގައި ފުރިހަމަ ދައުރެއް ފުރިހަމަކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަޔޫމް ޖަލުގައި އޮންނަވަނިކޮށް މިކަހަލަ މަޝްވަރާއަކަށް ދާކަށެއް އަަޅުގަނޑު ތައްޔާރެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެކަމަކު ރައްޔިތުންނަށް ލާބަ އާއި މަންފާވާ ގޮތަށް ވެރިކަން ކުރުމަކީ ވަކި ނިޒާމަކަށް ހާއްސަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެ، ނިޒާމު ބަދަލުކުރަން ފުރުސަތު އޮތްކަން ގަބޫލުކުރައްވާ ކަން ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިޚުލާސްތެރިކަން އޮތިއްޔާ ކޮންމެ ނިޒާމަކުން ވެސް ފައިދާކުރާނެ ކަމަށެވެ. ކޮންމެ ނަމެއްގައި އޮތް ނަމަވެސް ރާއްޖޭގައި މިހާރު ކުރާތަން ފެންނަނީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާއިލީ ވެރިކަމެކެވެ.
"މިއެއް ނޫން މަލްޓިޕާޓީ ޑިމޮކްރަސީގައި ރައްޔިތުން ބޭނުންވާނެ ގޮތަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހެޅުއްވީ، އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރިއާސީ ނިޒާމުގައި ރައީސާއި ވަޒީރުން ޒިންމާދާރު ކުރުވޭވަރު ކުޑަކަމުން ރައީސްގެ ބާރު މާ ގަދަކޮށް އޮންނާތީ އެވެ. ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅުއްވުމުގެ ކުރިން "މިހާރު" އަށް ޖާބިރު ވިދާޅުވެފައި ވަނީ ރިއާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮ ގޮތުގައި ހިންގޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކުޑަހުވަދޫ މީހާ
28 October 2020
ޔާމީނަކީ ކާކު؟ އަހުރެން ދަންނަގޮތުގައި އޭނާއަކީ ގައިދީއެއް. ކޯޓުގެ ހުކުމަށް ތަބައެއްނުވޭ. ދައުލަތުން ދިރުވާލި ފައިސާ އަދިވެސް ނުދައްކާ. ވީއިރު އޭނާ މުހިންމީ ކޮންގޮތަކުން. ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔެތުން. ޔާމީނު ކުރާކަމެއްނޫން އެއީކީ. އަލިރަސްގެފާނޭ ކިޔައިގެން ބަޔަކު އުޅުނަސް ރައްޔެތުންނަށް އެނގޭ ޔާމީނަކީ ކާކުކަން. ދޮވުނީ ކިހާ ފައިސާއެއްކަންވެސް އެނގޭ.
އެއްލޭ ހޫރޭ
28 October 2020
އެބުނާ ޔާމީނަކީ ކާކުކަން ނޭނގިގެން މިއުޅެނީ
ދަތްދޮޅި
28 October 2020
އާދަނު ތާއްޔާރު ނޫނިއްޔާ ކިހިލީގަ އަތއވިދެލައިގެން އަމައްޔާތްވެފަ ހުރޭ.. ރައްޔިތުން ނޫޅޭ އާދަނު އަދިވެސ ހުރީ ޔާމީނު ހައްޔަރުކުރިފަހުން ފަހަރުވަލީތޯ ބަލާކަށް... ބަހުސްއަށް ތައްޔާރުނޫނިއްޔާ ގޮސް ގޭގަ އޮވެބަލަ..
ދިއްދޫމީހާ
28 October 2020
ޔާމީން ކުރިން ބުނަމުން އައީ ދިރުމެއްވާ ކޮންމެ ތާކު އުއްމީދެއްވޭ، އެހެންވީމަ އެއޮތީ ދިރުން އޮތްތާ އުއްމީދާ އެކު..
1234
28 October 2020
އާދަނާ ތިވާހަކަ ހުއްޓާފަ ކޮންމެވެސް އެހެން ވާހަކައެއް ދައްކަވެއްޖެނު
އޮނަރަބްލް އަފީފު ދީދީ
28 October 2020
އާދަނަށް ޤާނޫނުއަސާސީގައި "ޔާމީނު" ކިޔާ މާއްދާއެއް އޮތްތަން ފެނިވަޑައިގަތީތޯ؟!!!!!!!!!!
ހަނު ހުންނަ މީހާ
28 October 2020
ޔާމީނު ޖަލުގައޮތުމާއި ތިކަމާއޮތީ ކޮންގުޅުމެއް. ފެންނަ ނުފެންނަ ވޯޓްގަ ޔާމީނަށްވެސް ބޭނުންވާގޮޮތަކަށް ވޯޓްދެވޭނެ. ކުށްވެރިން މިނިވަންކުރަންޖެހޭ ސަބަބެއް ބިލެއްގެ ސަބަބުން އައިސްގެން ނުވާނެ.
ބަގުޑިބެ1
28 October 2020
ޔާމީނު ޖަލުގަ އޮއްވާ ރާއްޖޭ ރައްޔިތުން ހީސަމާސަކޮށް އެއްވެސް ކަމަކާގުޅިގެން އުފާ ފާޅުކޮށްގެންވެސް ނުވާނެ
ހަކީމް
28 October 2020
ޔާމީނު ޖަލަށް ލީފަހުން މިހުންނަނީ ބޮޑުކަމު ނުގޮސް ...
އޮނަރަބްލް އަފީފު ދީދީ
28 October 2020
އަހަރުމެން ހަމައެކަނި سُبْحَانَ ٱللَّٰهِ އޭ ބުނެލުން ނޫން އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން. އަހަރުމެންނީ ހަމަކަށަވަރުން މަގުފުރެދިފައިވާ ބައެއްނޫން.