މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަމަށް ހާއްސަކޮށްގެން އޮންލައިން ޕޯޓަލެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ބެެލެނިވެރިންނަށް ހާއްސަކޮށް ޕޯޓަލެއް ހެދީ، ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަކުރުމަށެވެ. އެޑިއުކޭޝަންގެ ވެބްސައިޓް އަދި forms.moe.gov.mv އަށް ވަދެގެން ފޯމު ހުށަހެޅޭނެ އެވެ.
ދަރިން ސްކޫލަށް ވެއްދުމަށާއި ކިޔަވަމުންދާ ސްކޫލު ބަދަލުކުރުމަށް މީގެ ކުރިން ޖެހެނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީއަށް ދާށެވެ.
Admin | MyOffice
މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަމަށް ހާއްސަކޮށްގެން ލޯންޗުކުރި ޕޯޓަލް
ސްކޫލަށް ކުދިން ވައްދާ ފޯމުގެ އިތުރުން އެކަމާ ގުޅޭ އިތުރު ޑޮކިއުމެންޓުތައް ވެސް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އަދި ޖާގަ ލިބޭ ސްކޫލަށް އިތުރު ޑޮކިއުމަންޓް ހުށަހަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަންކަން ހަމަޖެހިގެންދާނެ އެވެ. މީގެ އިތުރުން ސްކޫލަށް ކުދިން ވެއްދުމާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ވެސް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މާލޭސިޓީގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ޚާއްސަކޮށް ތައްޔާރުކުރި އޮންލައިން ޕޯޓަލް އިފްތިތާހް ކުރުން. މި ޕޯޓަލްއިން ފޯމާ ގުޅޭ ލިޔެކިއުންތައް ވެސް އޮންލައިންކޮށް ހުށައެޅޭނެ.
— Ministry of Education (@MoEdumv) October 28, 2020
ލިންކް: https://t.co/rxO7aCa7lo pic.twitter.com/UVW9gLGt4U
ބިޑް ރަޖިސްޓްރޭޝަނާއި ޝަކުވާ ހުށަހެޅުން އަދި ރިސާޗް ހެދުމުގެ ހުއްދައަށް އެދުމަށް ވެސް އެ ޕޯޓަލް އިން އެދެވޭނެ އެވެ.
މިނިސްޓްރީން ބުނީ އޮންލައިންކޮށް ފޯމް ހުށަހެޅުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް ފޮނުވޭނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ާޒައިޏީ
29 October 2020
އަދި އަވަސް.