އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. މިއީ ޖެނުއަރީ 29، 2020 ގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެން ފަހުން ޝްރިންގްލާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި މިދިޔަ ޑިސެމްބަރު މަހު ނިއު ދިއްލީގައި ބޭއްވި ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ؛ ފޮރިން މިނިސްޓްރީ
އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ވެސް ބައްދަލުކުރައްވާނެ އެވެ.
ޝްރިންގްލާ ރާއްޖެ ވަޑައިގެންނެވިއިރު އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވެސް މިދިޔަ މަހުު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެއީ 16 އަހަރު ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފައިވް
09 November 2020
އިންޑިއާއައުޓް ކިއުމަށްވުރެ ބޮޑަށް މިގައުމުގައި ފިޔައާއި އަލުވި ހެއްދުމުގެ މޫވްމެންޓެއް ފަށަންވީ. އެކަން ކާމިޔާބުވީމަ ދެން އެހެން ކަންކަންވެސް ފެށިދާނެ. ކޮވިޑް އައުމާއެކު ދިވެހި ދަނޑުވެރިން ގިނަވި ވާހަކަ އިވެނީ. ހަނޑޫ ހެއްދި މީހުންވެސް މިގައުމުގައިވޭ. ކޮންމެ ކަމަކަށް އިންޑިއާއަށް ބަރޯސާވާން ނުޖެހޭކަންވެސް ދެއްކީމަ ބަޔަކަށް އެއްޗެއް ވިސްނޭނީ.
ބާދަގަނޑަށް
09 November 2020
ހާސްނުވާން ރައްޔިތުން ކައިރީބުނެފަ އިންޑިޔާމީހުންގެ ތައްޕާހުން ދޭއެތިކޮޅު ކައިގެން ރައްޔިތުންއުޅޭންޖެހިފަ . އިންޑިޔާ އިންދިވެހިން އަޅުވެތި ނުކުރެވިގެން . އިންޑިޔާބެރަށް ދިވެހިން ފައިހަަކޮއްގެންނޫނީ މިއަދު ހަމަނޭވާލާލެވެންނެތް . އަޅާދީފަ ހުރި ފުލެޓްތަކުން ބިއްލޫރިތަލައި، ދޮންވެގެންފައިބާއިރު ދިވެހިން ގަލި ހެއްދުމުގަ .
ވަހީދު
09 November 2020
ދިވެހިންގެ މޫނުމަތިން އުފާވެރިކަން ނުފެންނާނެ. އަދި ރާއްޖެއަށް ބޭނުންހާ ގޮތެއްވެސް ނުހެދޭނެ. ވަގު ޑީލެއް ހެދިޔަސް އެވޯކެއް ނުކުރާނެ.
އެދުރުކަލޭފާނު
09 November 2020
އިންޑިއާ ގެ ފެޗްއިކޮނޮމިކް ރޭޓީން ބީ ޗައިނާ އޭ ޕްލަސް ރާއްޖެ 2018 ފެޗްރޭޓިން ބީ މިހާރު ސީ - ޑީފޯލްޓްވުމަށް ރޭސްޖަހާފައި ކޮންގޯ ކަހަލަ ފަގީރު ގައުމުތަކާއި އެއްވަރު އިންޑިއާބޭރުކުރޭ
ވަތުބަތާނަ
09 November 2020
މިވެރިން ހައުދަ ވަރެއްވެފަޔޭ މިތިބެނީ! ސިންގާ އޮންނާނީ އަބަދު ވައްވައް ޖަހަޖަހައޭ ކިޔާތީ އަހަން؟
ފިފުޓީ ސިކުސް
09 November 2020
ޔާﷲ ސަރަހައްދުގެ ގައުމުތަކަށް ހަނފެތުރުމުގެ ސަިޔާސަތުގެންގުޅޭ މޯދީއާޢި އޭނާގެ އައުވާނުންނާއި ކެނެރީގޭ ނަސީދުއާއި ފޮރިންމިނިސްޓަރ ސާހިދުއާއި ޑިފެންސުމިނިސްޓަރ މާރިޔާއާއި އިންޑިޔާގެ ކޮންމެ ނިންމުމަކަށް އާންކިޔައިގެން މިގައުމު ހިންގާ ސާލިހުގެ ބާރުކަނޑުއްވައި މިމީހުންގެ ކިބައި މިގައުމާއި އިސްލާމް ދީން ސަލާމަތަކުރައްވާންދޭ އަދި މިމީހުން ފަލީހަތްކުރައްވައި ނިކަމެތިކުރައްވާންދޭވެ އާމީން ރެށޤދުގެ
ގައުމީ ލޯބީގާ
09 November 2020
އާމީން .
އަހަންމާބެ
09 November 2020
ކޮންމެ އެއްބަސްވުމަކާއެކު ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލަށް ލޮޅުން އަރާފަދަ ކަމެއްގެ ދޮރު ހުޅުވޭ، ދިވެހިންގެ ދާޚިލީ ކަންކަން ބޭރުބައެއްގެ އަތްމައްޗަށް ދޫވެ ނިމޭތަން ބަލަން ތިބުންނޫން ގޮތެއް ދިވެހިންނަށް ނެތީކަންނޭގޭ، އުތީމު ތަކުރުފާނުމެންފަދަ ބަޠަލުން އުފަންވި މިޤައުމުގައި އަދިވެސް އެފަދަ ހޫނުލޭހިނގާ ދިވެހި ދަރިން ތިބޭނެކަމީ ޝައްކެއްއޮތްކަމެއްނޫން، ދިވެހިންނަކީ ކެރިގެން ކަންތައްތަކާ ކުރިމަތިލާނެމީހުންކަން ކަށަވަރު، އަގުއަދާކުރާނެ!
ރީތި މޫސަ
08 November 2020
ކިތަންމެފޮރުވަންއުޅުނަސް ނުފޮރުވޭނެ ހުރިހާވެސްބޭނުމަކީ ރާއްޖެއަށް ހަންފެތުރުން
ޑރ. ރާމީ ހަސަން މަނިކު
09 November 2020
ހަންފެތުރުމޭ ބުނީމާ މިޒަމާނުގެ ކުދިންނަށް ނޭންގިދާނެތީ ލިޔެލާނަން. ހަންފެތުރުމަކީ މަޝްހޫރު ހަރާމްޖާދާ ވާހަކަ އިން އައިސްފާ އޮއްނަ މުހާވިރާ އެކެވެ. އެއްދުވަހަކު ހަރާމްޖާދާ، ރަސްގެފާނު އަރިހަށް ގޮސްދެންނެވިއެވެ. ތިމަންނާ ގެންގުޅޭ ބަކަރީގެ ހަމެއް ފަތުރާލަން ބިންކޮޅެއްދެއްވާށެވެ. ބިންކޮޅެއްދެއްވުމުން އޭނާ ބަކަރިއެއްގެ ހަން ހިއްކާ، ރޮދިފަށްހަދާ ގުޅުވައިގެން ވަރަށް ބޮޑު ބިމެއް ބޮލުގެ ބޭނުން ކޮށްގެން އަތުލިއްޔެވެ. ރަސްގެފާނު ހީފުޅުކުރެއްވީ ބަކަރިއެއްގެ ބޮޑުމިނުގެތަންކޮޅެއްކަމަށެވެ.
ހަރާމް ސާލިހު
09 November 2020
އެދުވަސްވަރު ރަސްގެފާނަށް ހުރީ ބޮލެއް. ކައިރީގައި ތިބި ޚާއިނުން ހަދާ ނުބައި ރަސްގެފާނަށް ރޭކާވެސް ނުލި. ހަރާމްޖާޒާމެން އައިސް ބޯޑަރު ބަލަހައްޓަންތިބީ. ރަށް ވައްދާނެ އެއްޗިއްސާއި ނެރޭނެ އެއްޗެހި ކަނޑައަޅަނީ ހަރާމްޖާޒާމެން.
ބާދަގަނޑަށް
09 November 2020
ޑރ ޑަރޫ ރަގަޅަށް ހަން ފަތުރާވާހަކަ ތިލިޔެވުނީ ބޮލުން ގައުމުގަ ރޮދިދަމާ ރައްޔިތުން ހިގާނެތަނެއް ނުދައް ކާ ގޮއްޖަހާބާރުކުރާވާހަކަ .
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
08 November 2020
ސޮއިކުރާއެއްޗެހިތަކަށް ނިކަން ފާރަވެރިވާންޖެހޭނެ.
ދިއްދޫމީހާ
08 November 2020
މިމިސްމީހުން ކަރަންޓީން ވާކަށް ނުޖެހޭބާ؟؟