ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ -- ފޮޓޯ: މިހާރު
15 ނޮވެމްބަރ 2020 - 22:37
ވޭތުވެ ދިޔަ 24 ގަޑިއިރު ކޮވިޑް-19 ގެ އިތުރު 50 ކޭސް ރާއްޖޭން ފެނިފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 21 މީހަކާއި ރަށްރަށުން ފެނުނު 29 ކޭސް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް ފެނު އާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 31 ބިދޭސީން ކަމަށެވެ.
އާ ކޭސްތަކާ އެކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،204 އަށް އެރީ އެވެ. އޭގެ ތެރެއިން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 865 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 47 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މާލޭގެ އިތުރުން 10 ރަށެއްގަ އާއި 26 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގެ 54 މުވައްޒަފަކާއި 107 ޓޫރިސްޓުން ހިމެނެ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭން މަރުވެފައި ވަނީ 43 މީހެކެވެ. އިއްޔެ އާއި މިއަދު ވެސް ކޮވިޑް ޖެހިފައިވާ ދެ މީހަކު މަރުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް