ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީ: އެތަނުގައި ފަރުވާދެމުން އައި ދެ މީހަކު އިއްޔެ މަރުވި. -- ފޮޓޯ: މިހާރު
ކޮވިޑް-19 ޖެހިގެން ރާއްޖޭން ރޭ ވެސް މީހަކު މަރުވި ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. މިއީ ކޮވިޑްގައި ރާއްޖޭން އިއްޔެ މަރުވި ދެ ވަނަ މީހާ އެވެ.
ކޮވިޑްގެ ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި އޭނާ މަރުވީ ރޭ 11:32 ގަ އެވެ. މިއީ މި ބަލީގައި ރާއްޖޭން މަރުވި 44 ވަނަ މީހާ އެވެ.
އިއްޔެ ފުރަތަމަ މަރުވީ އުމުރުން 79 އަަހަރުގެ ފިރިހެނެކެވެ. އެއީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.
މި މަހުގެ މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ޖެހިގެން ހަ މީހަކު މަރުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މަދުވެފައި ވިޔަސް މި ބަލި ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މި ފަހުން ވަނީ ނިސްބަތުން އިތުރުވެފަ އެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވި ގޮތުގައި ހަދަމުން އަންނަ ރިސޯޓަކުންނާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ވަނީ ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިފަ އެވެ. އަދި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ ރޭޓް ވެސް މަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަނުކުރުމަށް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 12,204 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން 11,289 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޢިހްސާސް
16 November 2020
ކިރިޔާ ތިރިވެލާއިރަށް ބޮޑެތި ލުއިތައް ތިދެނީ ހަމަ ރައްޔިތުންގެ ޝަކުވާ ބޮޑުވީމަތޯ؟ މިހާރު ޕާޓީވެސް ކުރޭ، ދަތުރުވެސްދޭ ދެން. މާރުކޭޓު ތޮއްޖެހިފަ.
ބަސް
16 November 2020
މިއީ ކަންބޮޑުވާންޖެހޭކަމެއް. ކޮންމެ މީހެއްގެ ފުރާނައަކީ އަގުނުކުރެވޭނެ އެއްޗެއް.
ހަވާސް
16 November 2020
ފުރާނަ އެޅުއްވަ ފަރާތައް ބާރުފޯރުވެވޭނެބާ. މިހާރުކޮންމެ ކަމެއްވެސް ގުޅޭނީކޮވިޑާ ބާރުވެރި ފަރާތަކީ ޑޮކްޓަރުން
އަޝްރަފު
16 November 2020
މިވަރު މިވަނީ ހަސްފަތާލުތައް ތޮއްޖެހި، ބަލިމީހުން އަޅާނުލާ ދޫކޮށްލާން ޖެހޭ ޙާލަތަށް ވޭދަނަތައް ގިނަވެ ސިއްޙީ ޚިދުމަތް ދޭ ނިޒާމަށް ނުކަތައިގެންތޯ؟ ނުވަތަ ކަންތައްތައް ވިލަރެސްކޮށް، އިރުޝާދުދޭން ތިއްބެވި ވެރިންނަށާއި ޚިދުމަތްތެރިންނަށް އިހުމާލުވެވިގެންތޯ؟ މިހާތަލުގައި އޮވެ ކުރިޔަށް ދާނަމަ، އިތުރު ރާޅަކާ އެކީ އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލިގެން ހިގައިދާނެކަމުގެ ޑަރުހީނުވޭތޯ؟
ސަންބާ
16 November 2020
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮއް އަބަދުވެސް މަރުވީމަ ބުނެވޭނީ ބަލި ޖެހުނީމަ އެކަހަރި ކޮއްލަނީއޭ އަބަދު އެއްތަނަކުން މަރުވީމަ ތިފެސަލަޓީގަ ފަރުވާދެންތިބީ ކިހާފެންވަރެއްގެ ބަޔެއްކަންވެސްނޭގެ މިހާރުމިގައުގަ ހޮސްފިޓަލުން ފަރުވާކުރުން ނެތީތޯ؟ ކުރީކޮޅު ބަލިޖެހުން ވަރައް މުސްޅި އިޓަލީ ދެމަފިރިންވެސް ރަގަޅުވީ ފަރުތެރި ކާއެކީ ދަރުމަވަންތަ ހޮސްޓަލުގަ ފަރުވާދިނީމަ
ރާއްޖެެ
16 November 2020
ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފައިލް ކުރި ދުވަސްތަ ރަނގަޅީ ނޫނީ މިއަދުތަ؟ ފަހުގެ ތާރީޚުގައިވެސް ދިމާވި އެންމެ ބޮޑު ޕެންޑެމިކް ކޮންޓްރޯލުކޮށް އެފަދަ ޕެންޑެމިކްއެއް ލީޑު ކުރުމުގެ ތަޖުރިބާ ލިބިފައިވާ ހަމައެކަނި ބޭފުޅާ ބޭރުކުރަން އުޅުނު އިރު ހީވީ ފަހުން މޮޅުތަކެއް ވާނެކަމަށްތަ؟ ތިޔައީ ދިވެހި ރައްޔިތުންނަށް ނަޝީދު ދިން ލަނޑެއް. މީހުން މަރުވަމުން ގޮސް ގައުމު ހުސް ވިޔަސް ދެން ކުރިއަށްދާން ޖެހޭނީ ނަސީމުގެ ބަރަވެލި ސްޕީޑުގައި. ވ.ވެދުން.
ފަޒީނާ
16 November 2020
ތެދެއް ތި ބުނީ. މިއަދު އަމީން މަގާމުގައި ހުރިނަމަ މި ހަފްތާގައި މި ދިމާވި 4 މަރަށް އޭނާ ޒިންމާ ނަގަން ޖެހޭނެ. ނޫނީ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާނެ. ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ވައްދާނެ. މި ގައުމަކީ މިހާރު ބޮޑު ސާކަސްއަކަށް ވެެއްޖެ. ޖޯކަރުން ބޮޑެތި މަގާމު ތަކުގައި. ކޮބާ މިހާރު ރައްޔިތުން ލޮލުގައި އަނދުން އަޅުވަން ވެންޓިލޭޓަރޭ ގޮވި މީހުން؟ އެ އެއްޗިހި ލިބިއްޖެ؟ އެެހެން މި ބުނީ ސުރުހީއެއްވެސް ނައަޅަތީ ‘އަދިވެސް ނުލިބޭ’އޭ ކިޔާ
ބަމީން
16 November 2020
އަމީން ހުއްޓާ މާ ގިނަ މީހުން މަރުވި. ދެން އެކަމާ އަމީނާ ކީއްވެ ނުގުޅުވަނީ؟ އަމީން ހުއްޓާ ފުރަތަމަ ކޮވިޑްކޭސް ގައުމަށް ނޭނގި އެތެރެވީވެސް. އެންމެ ފުރަތަމަ މަރުވި މީހާ މަރުވުމުގައިވެސް އެޗްޕީއޭގެ އިހުމާލު އޮތް ހައިރިސްކް މީހަކު ޓެސްޓްނުކޮށް ގޭގަ ބާއްވައިގެން. އެތައް އިހުމާލުތަކެއް އޮތް އެތައް އެތައް ކަމެއްގައި. އެކަމުވެސް ތިޔަ ކުދިން ވަރަށް މޮޅު މިތާ އަމީނު ދިފާއުކުރާލެއް.
ގައުމީ
16 November 2020
ބަލަ އަމީނު މަގާމުގައި 2 އަހަރު. ކޮވިޑްގެ ފުލް އޮޕަރޭޝަން ވިލަރެސްކޮށް ހިންގައި ގައުމު ކޮޅަށް ޖަހަން އޭނާ ހޭދަކުރި 8 މަސް. އެ ހުރިހާ ކަމެއްކޮށް ގައުމު ހަމަ މަގަށް އަޅުވާ ނިމުނު ފަހުން ނަސީމު މަގާމާ ހަވާލުވީ. އޭގެ ފަހުން އަދި ނުވޭ އެންމެ މަހެއްވެސް. އެކަމަކު މަހެއް ނުވަނީސް 5 މަރު. ނަޝީދުގެ އަވައިގެ ޖެހި ބުއްދި ގޯސްވެފައި ތިއްބަސް އަޅާކިޔާއިރުވެސް ކޮންމެވެސް ބުއްދީގެ ހަމަތަކެއް ގެންގުޅޭނަމަ..