ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ -- ފޮޓޯ: މިހާރު
17 ނޮވެމްބަރ 2020 - 22:21
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 41 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޓެސްޓުކުރި 1،075 ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ 30 ދިވެހިންނާއި 11 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 35 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) November 17, 2020
As of 17.11.2020, 06:00 PM
Confirmed an additional 41 cases of COVID-19 infections in Maldives
- 30 Locals
- 11 Foreigners
Total number of cases: 12,355 pic.twitter.com/aVYOjAAyS2
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،355 އަށް އެރި އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 915 މީހުންނެވެ. ކޮވިޑް ޖެހިފައިވާ މީހުން މާލޭގެ އިތުރުން ނުވަ ރަށެއްގަ އާއި 28 ރިސޯޓެއްގައި ތިބި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 52 ޓޫރިސްޓަކާއި 88 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދޭތެރެއިން ދަށްވި ނަމަވެސް އިއްޔެ 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކަކާއި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ހިމެނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަޓޯފަޓޯމީހުން
18 November 2020
މުޅި މުޖުތަމައުގެ ހައޤުގައި ހަރުކަށި ފިޔަވޅު އަޅަން ޖެހޭ ގަވާއިދު މުގުރާ މީހުންނަށް. ބަޔެއް ހައި ރިސްކުމީހުން ގެއިން ނުނެރެ މިތިބެނީ. އެންމެން މާސްކު އަޅާ ގައިދުރު ނުކުރަންޏާ އެމީހުންނަށް ކިހާ ދެރަ އެމީހުންގެ ހައްގު ކޮބާ އެންމެން ބުނާ ގޮތައްހަދާނަމަ ވައިރަސް ފެތުރުން މިހާރު އެއްކޮށް ހުއްޓުނީސް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ޖޯކަރު
18 November 2020
މީކިހިނެއް ވެފައި އޮތް ޤައު މެއްތަ? ތަންދޮރު ނުދަންނަ މީހުން ބަސްކިޔާ މަޤާ މު ތަކަށް އިސްކުރީ މަ މިހެން ވާނެ. ކޮވިޑު ފެތުރޭ ވރަކަށް ގެސްޓުން ނާންނާނެ އޭ ބުނީމާަ މީހަކު ބުނެފި މާލެ އަކީ ވަކިން އޮންނަ ތަނެކޭ. ކިޔާ ރައްޔިތުންގެ ސީރިއަސްކން ދުއްވާލައިފި
ބަސް
18 November 2020
ތިއީ އިތުރު ރާޅެއްގެ ފެށުމަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނަގަޅު. އަޅަމެންގެ ދުޢާއަކީ މިއީ. އެކަމަކު ރައްޔިތުންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. ކަމާބެހޭ ފަރާތްތަކުން ސަމާލުވެތިބުމަށް ތަކުރާރުކޮށް އެބަ އަންގާ.
ޑިސްއޮނަރަބަލް އަފީފު ދީދީ
17 November 2020
ރައްޔިތުން އަނެއްކާ މައިތިރިވެ ބަސްއަހާންވެއްޖެ. ނޫނީ ދެވަނަ ރާޅެއް ބިންދާލަފާނެ.