މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ބަޖެޓްގެ ބެލެނިވެރިއަކު އޮޅުން ނުފިލާކަމަށް.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ކުރައްވައި އަނެއް މެމްބަރުން ފާޑުވިދާޅުވެ ކުރައްވާ ޒުވާބުން ބަޖެޓުގެ ބެލެނިވެރި ފަރާތަކީ ކޮބައި ކަމެއް އެނގިވަޑައިނުގެންނެވި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓުން ރައްޔިތުންނަށް ފައިދާއެއް ނެތް ކަމަށް ފާޑުވިދާޅުވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ ބަޖެޓްގެ ބަހުސް ކުރިއަށްދާ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މަޖިލީހުގައި ބަހުސްކުރަމުން އަންނަ ބަޖެޓަކީ އެމްޑީޕީގެ އެއްޗެއް ނޫން ކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"ބަޖެޓްގެ ބެލެނިވެރިފަރާތް ހޯދުމުގެ ޒުވާބު މިތާ މިއަދު މި ހިނގަނީ. އެމްޑީޕީން ހަމަ ފާޅުގައި ތިޔަ ވިދާޅުވަނީ މިއީ ތިމަންނަމެންގެ ބަޖެޓެއް ނޫނޭ، މިއީ ތިމަންނަމެންގެ ބަޖެެޓެއް ނޫނޭ. ދެން އަޅުގަނޑުމެން [އިދިކޮޅު] މިތާ ހައެެއްކަ މެމްބަރުން ތިބެފައި ކިހިނެތްތޯ ބުނާނީ މިއީ ސަރުކާރުގެ ބަޖެޓެކޭ މިއީ އެމްޑީޕީގެ ބަޖެޓެކޭ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަހެއް ހަބަރެއް އަޑެއް އިވެނީއަކީ ނޫން،" ސައީދު ވިދާޅުވި އެވެ.
ސައީދު އިޝާރާތް ކުރެއްވީ ބަޖެޓަށް ފާޑުވިދާޅުވެ، މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. ނަޝީދު މިއަދު ވިދާޅުވީ ބަޖެޓްގައި އޮތް ބޮޑު ޑެފިސިޓާއި އެކު އެމަނިކުފާނު ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ. މިގޮތަށް ވިދާޅުވީ ބަޖެޓަކީ "ޅޮސް" ކަމަށް ހޯމަ ދުވަހު ސިފަކުރެއްވުމަށް ފަހު އެވެ.
ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ސައީދު ގޮވައިލެއްވީ ބަޖެޓް އަނބުރާ ގެންދިއުމަށެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ސަރުކާރު ހިންގުމުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި ބަޖެޓްގައި ޖަހާފައިވާ ފައިސާގެ އަދަދުތައް ބޮޑުވުމުންނެވެ. ސަރުކާރުގެ ހަރަދުތައް ބޮޑުވި އިރު އާސަންދަ ކުޑަވެފައިވާ ކަމަށާއި ކަރަންޓްގެ އަގު ބޮޑުވެއްޖެ ކަމަަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވަނީ ބަޖެޓުގައި މުޅިން އޮތީ ސަރުކާރު ކަމަށާއި ރައްޔިތުންނާ މެދު ބަޖެޓުގައި ވިސްނާފައި ނެތް ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސިންގްއަސޯންގުއިބުރޭ
19 November 2020
ސައީދުމެން އަދިވެސް މިއުޅެނީ ކުޑަކާފުބޮޑުކާފުޒަމާނުގަ. ބަލަނުޖެހޭދޯ ޕާޓީވީތީ އެންމެން އެކައްޗެއްކިޔާކަށް. އެމީހަކަށް ފެންނައެއްޗެކިޔަންޖެހޭ. ޕާޓީގެ ވަކިކަންކަމުގައި އެންމެން އެއްބަޓަނަކަށް ފިތުން އޯކޭ. ބަޖެތުގެ ބެލެނިވެރިން ތިބޭނެ ވަގުތުވީމަ ފެންނާނެ
ލުތުފީ
19 November 2020
ޑިކްޓޭޓަރށިޕެއްގެ ފިކުރުހުންނަ މީހުނަން މިކަހަލަކަންކަން ހަޖަމްކުރަން ވަރަށް އުދަގޫވާނެ.
މަސްވެރިޔާ
19 November 2020
މުހައްމަދެއްކަމަކު ހެޔޮވާހަކައެއް. ވާއެއް ނުވާއެއް އެގެނީ މަދު ކުދިންކޮޅަކަށް. އެކުދިންގެ އާރެއްބާރެއް އެމްޑީޕީ ތެރެއަކު ނެތް. ސަރުކާރު ހިންގަނީ އެމްޑީޕީން. މާތްﷲ އާ ވަކީލު.
ހަސަނު
19 November 2020
ކިހާ ދެރަ ކަމެއް.. އެމްޑީޕީގެ ބަޖެެއް ނޫނޭ ދައުލަތުގެ ބަޖެޓޭ މީ.. މީ ބެލެނިވެރިޔާ އާ އުފަދުވަހުގެ ސެޓުފިކެޓު ހުންނަ އެއްޗެއް ނޫނޭ.. ބަޖެޓަކީވެސް ފިނިފެން މަލެއް ކަމަށް ދެކިގެން ކުރިއަށް ގެންދަވާ...
ހޯރަބޭ
19 November 2020
ބޮނޑް ކައްކާ.އިގިންޖެބާ?
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
18 November 2020
ސައީދޫ ބަޖެޓްގެ ބެލެވެރިޔާ އަކީ މިއުޅޭ އެސްކްރޯ އެއް ނޫންތޯ ؟ ބަލަދު ވެރިއަކީ މިއުޅޭ މަނީލޯނޑަރީ އެއް ނޫންތޯ. ވާރިސަކީ ( އެމް އެމް ޕީ އާރް ސޯ ) އެއް ނޫންތޯ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
18 November 2020
ސައީދޫ އަނެއްކާ ބަޖެޓްގެ ބައްޕަ ކަށަވަރު ނުވަނީތޯ ؟ ބަޖެޓުގެ ވާރިސަކުވެސް ނެތީތޯ؟ ދެން އަޅުގަޑަށް ފެންނަނީ ސައީދު އެންޖީއޯ އަކަށް ވެގެން ބަޖެޓު ޔަތީޚާނާ އަކަށް ގެންގޮސްގެން ބެލެނިވެރިއަކު ސައީދު މަސައްކަތުން ބަޖެޓް ބޮޑުކުރަން.
ޖަޑާ
18 November 2020
ބަޖެޓާމެދު ސައީދު ތިޔަ ބުނުއްވީ ވިސްނުންތެރި ބަރުދަނެއްހުރި ވާހަކަ ފުޅެއް.
ސީޒަން ޖެކްޝަން
18 November 2020
ކޮބާހޭ އެސްއީޒެޑު. މީނާ ބުނި މިތަން ނުޒިލޭންޑަށް ހަދާނަމޭ. އަޅެފަހެ މިހާ ނިކަމެތިހާލުގާ ނިއުޒިލޭންޑުމީހުން އުޅެނީ؟
ބަރުބާދު
18 November 2020
އަނެއްކާވެސް މިއޮތީ ރަންނަމާރިއަރާފަ، ރަންނަމާރި ބޭލުން ފުރަތަމަކަމަކީ. އޭގެފަހުން ނިއުޒިލެންޑް ހަނދާންކުރޭ.
ޖަކްޝަން
19 November 2020
އޭނާ ބުނިއެއްޗެއްގަ ހިފާ ދެމުމުގެ ބޭނުމެއް ނެތް އޭނާގެ މީހުންނެއްނޫން މިހާރު ވެރިކަން ކުރަނީ. އޭނާގެ މީހުންނަށް ވެރިކަން ދީފަ ތި ވާހަކަ އަހަން މަޑުކުރޭ.