ޑރ. ނިޔާޒު (ކ-2) އިންޑިއާގެ ފޮރިން މިނިސްޓްރީގައި: އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި
އިންޑިއާގެ ސަފީރު ކަމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޔަނު ކުރެއްވި ޑރ. ހުސެން ނިޔާޒު، އޭނާގެ އާ މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދަށް މިއަދު ހަވާލުކުރައްވައިފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، ރައީސް ކޮވިންދު ބައިވެރިވެ ވަޑައިގެންނެވީ އޮންލައިންކޮށެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ނިޔާޒަށް މަރުހަބާ ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހިންނަށް ފާގަތި ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.
Delighted to welcome new Ambassadors from Hungary, Maldives, Chad and Tajikistan who presented their credentials today to Hon'ble @rashtrapatibhvn. Wishing them all very fruitful and rewarding tenures . pic.twitter.com/hGCwZvvSBl
— Vikas Swarup (@VikasSwarup) November 20, 2020
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވަނީ، އިންޑިއާއިން އެކި ގޮތްގޮތުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަންގޭރީ އާއި ޗެޑް އަދި ތަޖިކިސްތާނުގެ އާ ސަފީރުންނަށް ވެސް އިންޑިއާއިން ވަނި މަރުހަބާ ކިޔައިފަ އެވެ.
ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވައި، އަދި އެތަނުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ނިޔާޒު ވަނީ ނިއު ޒިލޭންޑުން ޑިމޮގްރަފިކް އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓްރޭޓް އޮފް ފިލޯސަފީ ހާސިލްކުރައްވައިފަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އޭނާ އަކީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙިލްމު
21 November 2020
ފޮރިން ދާއިރާގައި ހުންނެވި އެންމެ ޚުލްގު ހެޔޮ ޑިޕްލޮމޭޓް. މަރުހަބާ
ހާމިދު ޝާހިދު
21 November 2020
ނިޔާޒް އަކީ ގިނަ ސަރުކާރުތަކެއްގައި ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް. އެކަމަކުވެސް، އޭނާގެ ހިތް އަބަދުވެސް އޮތީ އެމްޑީޕީ އާއެކު. ފެބްރުއަރީ 7 ގައި ވެރިކަން ވެއްޓުމާއެކު، ނިޔާޒް އޭރު އަދާކުރަމުންދިޔަ އެމްޑީޕީ އިން އައްޔަންކުރި ޑިޕްލޮމެޓިކް މަގާމު ގެއްލުނު. އެހެންނަމަވެސް، ފަހުން ރައީސް ޔާމީންގެ ދައުރުގައި ޑިޕްލޮމެޓަކަށް ހެއްދެވި. އެގޮތުގައި ހުންނަވަނިކޮށް ވެރިކަން ބަދަލުވުމުން، ސަރުކާރުން އެންމެ އިތުބާރުކުރާ ޑިޕްލޮމެޓަށް ތިހެއްދެވީ