ވައްކަމުގެ ތުހުމަތާއެކު ދޯންޏެއްގައި ޒުވާނަކު ބަރަހަނާކޮށް، ބޮޑެތި އަނިޔާތަކެއް ދީފި

ދޯންޏަކަށް އެރި މީހެއްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް އޭނާ ބަރަހަނާކޮށް ވަރަށް ރަހުމް ކުޑަ ގޮތަކަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ. އެކަމަކު އެއީ ކޮން ރަށެއްގައި، ކޮން ބަޔަކު ހިންގި އަމަލެއް ކަމެއް އަދި ނޭނގެ އެވެ. އެ އަނިޔާތަކުގެ މަންޒަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.


ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު އެ ވީޑިއޯ ޝެއާކޮށްފައި ވަނީ އިއްޔެ އެވެ. ވީޑިއޯއިން ފެންނަނީ އަތްފައި ބަނދެފައި އޮތް ޒުވާނަކު ދޯނީގެ ތައްޓު މައްޗަށް ވައްޓާލައި 10 ވަރަކަށް މީހުން ވެގެން އެކި ގޮތްގޮތަކަށް އަނިޔާކުރާ ތަނެވެ. ބައެއް މީހުން އޭނާގެ ގައިގައި ކޮޅުފައިން ތެޅިއިރު އަނެއް ބަޔަކު ދަގަނޑާއި ހޮޅިބުރި އާއި ލަޓިބުރިން ވެސް ތަޅަ އެވެ. އަދި އޭނާގެ ދެފައިގައި ހިފައި ދޯނީގައި ދަމަމުން ގެންދިޔަ އެވެ. އެއް މިނެޓްގެ އެ ވީޑިއޯ އެ ފަށާއިރު ވެސް އޭނާ އަށް އޮންނަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި ވީޑިއޯ ނިމުނުއިރު ވެސް އޭނާ އަށް ދިޔައީ އަނިޔާކުރަމުންނެވެ. އޭނާގެ ކޮނޑު މަތިންނާއި ހަށިގަނޑުގެ ބައެއް އެހެން ހިސާބުތަކުން ވެސް އަނިޔާގެ ނިޝަންތައް ފެންނަން ހުއްޓެވެ. (އަނިޔާވެރި މަންޒަރުތަކެއް ހިމެނޭތީ މި ވީޑިއޯ މި ހަބަރުގައި ޝާއިއު ނުކުރީ އެވެ.)

ބެލެވޭ ގޮތުގައި އެއީ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެކެވެ.

އަނިޔާކުރި މީހުން އޭނާއާ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައީ ވަގަށް ނެގި ތަކެއްޗާ ގުޅޭގޮތުންނެވެ. ވީޑިއޯގައި އިވޭ ގޮތުގައި ދޯނިން ތިން ފޯނާއި 5،000ރ. ވަނީ ގެއްލިފަ ވެއެވެ. އެކަމަކު އެ މީހާ ދިިޔައީ ވައްކަން ނުކުރާ ކަމަށް ބުނެ ރޮމުންނެވެ.

ބޮކްސާއެއް އެކަނި ލައިގެން އޮތް އެ މީހާ އަށް ކުރި އަނިޔާތަކާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި މި ގައުމުގައި ގާނޫނާއި ގަވައިދު ހިންގުމަކީ ރައްޔިތުންގެ އަމިއްލަ ކަމެއްތޯ ވަނީ ސުވާލު އުފައްދައިފަ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ ދެންނެވުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ވީޑިއޯ ފެނިފައިވާ ކަމަށާއި އެ