ށ. ފޯކައިދޫ: އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވީ 21 އަހަރުގެ އަންހެނެއް -- ފޮޓޯ: މަޕިއޯށ.
ހޯމް ކަރަންޓީނުގައި ހުރި ށ. ފޯކައިދޫ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި 15 މީހަކު ހިމެނޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "މިހާރު" އަށް ވިދާޅުވީ، ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 21 އަހަރުގެ އަންހެނަކު ކަމަށެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެ އެވެ. އޭނާ ކަރަންޓީނުގައި ހުރި ދުވަސްވަރު ރަށްޓެހިންނަށާއި އާއިލާގެ މީހުންނާ ވެސް ބައްދަލުވި ކަމަށް ބުނި ކަމަށް ވެ އެވެ.
"އެ އެންމެން ވެސް މިހާރު ވާނީ ކަރަންޓީން ކޮށްފައި،" ރާޝިދު ވިދާޅުވި އެވެ.
އެ އަންހެންމީހާއާ ހަވާލާދީ، ރާޝިދު ވިދާޅުވީ ގޭގައި ކަރަންޓީން ވެގެން ހުރި ދެ ހަފުތާގައި ހަ އެކުވެރިއަކު އެ ގެށް ދިޔަ ކަމަށެވެ. އެ މީހާ ކަރަންޓީނުގައި މަޑުކުރީ އާއިލާއާ އެއް ގެއެއްގައި ކަމަށާއި އެ ގޭގައި އިތުރު އަށް މީހުން ދިރިއުޅުނު ކަމަށެވެ.
"އެ އަންހެން ކުއްޖާގެ މަންމަ ބުނި އަންގާފައިވާ ގޮތަކަށް ނޫނޭ ކަންތައް ކުރެވުނީ، އެ އަށް ވުރެ ގާތްކޮށޭ އުޅެވުނީ،" ރާޝިދު ވިދާޅުވި އެވެ.
އެ އަންހެންމީހާ ފޯކައިދު އަށް ދިޔައީ މީގެ 15 ދުވަސް ކުރިން ކަމަށާއި ކަރަންޓީން ފެށުމުގެ ކުރިން އެ ގެ އަކީ ކަރަންޓީނުގައި މީހަކު ބެހެއްޓޭނެ ވަރުގެ ތަނެއް ތޯ ޗެކް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލުންނާއި ޓާސްކް ފޯހުން ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިން. އެކަމަކު އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ވާނީ މިހެން،" ރާޝިދު ވިދާޅުވި އެވެ.
ކަރަންޓީނުގައި ތިބޭ މީހުން ގޭގައި މަޑުކުރޭތޯ ބަލަން ފަށާނެ ކަމަށް ވެސް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފަ އެވެ. މި ކަމަށް ޓެސްޓު ކުރާނީ ރެންޑަމްކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މާލޭގެ އިތުރުން 14 ރަށެއްގަ އާއި 32 ރިސޯޓެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން މި ވަގުތު އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސަރުކާރު ފެއިލް
26 November 2020
ކަރަންޓީން ވާންޖެހެނީ އާދައިގެ ނިކަމެތި މީހާ އެކަނިތޯ ބަލާނެ ކަމެއް ނެއް
ރައްޔެތު.
25 November 2020
ރާކަނިމަސް ކެވިއްޖެއެވެ.
ސަލީމް
25 November 2020
ކަޜަންޓީން ދުވަސްތަށް 7 ދުވަހަށް މަދުކޮށްލަދީ
އެޗް.ޕީ.އޭސް
25 November 2020
ކޮބާ އެޗް.ޕީ.އެއް ބަވަމާ ހިނގާ... ކަރަންޓީން ދުވަސް ގިނަ ކަމުން، ބޭރަށް ނުދެވޭތީ. ދިވެހިން ގެ ނޯންނާނެ އަމިއްލަ ޒިންމާ ކިޔާ އެއްޗެއް
އެނދިމަރިޔަނބު
25 November 2020
ބޮލުގަ ހަމަ ތެތް ކަމެއް ނެތީ.
ށަސޖ
24 November 2020
15 ވަރަކަށް ޑައިރެކްޓް ކޮންޓެކްޓް ވަނީ ކަރަންޓީނުގަ ހުރެ ވަރަށް ޕާޓީ ބޭއްވުނީމާ
ގުދުގުދާ ބެއްޔާ
24 November 2020
މިކަމުގައި ފުރިހަމަ ހިހުމާލު އެޗްޕީޢޭ އިން ނަގަންޖެހޭނެ! އިގޭތަ ރިސޯޓްތަކުގައި އެޗެޕީއޭ އިން ކަރަންޓީނުކުރާގޮތް! އެރަށުން ޑައިރެކްޓް ކޮންޓެކްޓް ވާ މީހުން ރިސޯޓްގައި ވަކި ތަނެއްގައި ބައިތިއްބަނީ! އެޗްޕީއޭ އިން އެކަން ބަލާނެ މީހަކުވެސް ނުހުރޭ! ދެން ރިސޯޓްތެރޭގައެމީހުން ހިތުހުރި ތަނަކައް ގޮސް ހަދަނީ! މިއީ ކަރަންޓީނޯ! މަހީހީ ހަލާކު!
ލަދުގަނޭ
24 November 2020
އެއީ މީހާ އެޗްޕީއޭގެ ބަސްނޭހުން. އޭނާގެ އިހުމާލު. އެޗްޕީއޭން ދޭ އިރުޝާދަށް ތަބާ ނުވުމަކީ އަދި އެޗްޕީއޭ އިހުމާލު ވުމެއްނޫން.
ނިއުޓުރަލް
24 November 2020
ބަލަ ގުދޯގުދޯ... ފަރުދީ ޒިންމާ ކިޔާ އެއްޗެއް ދަންނަމުތަ..؟؟
ކަލޯއެހެން
24 November 2020
ބަލަ ކޮންމެ މީހެއެ ފުލު ބުޑުގަ ފުލުހެއްތަ ބަހައްޓަންވީ. ހަބޭހަށް ޖޫރީމަނާ ކުރަންވީ. ފިއްކަނޑައިގެން ދާާވަރަށް. އެހެން ނޫނީ މިމީހުން ބަހެއް ނާހާނެ
ނަރެލް
24 November 2020
ކަލޭހިތުން ތިލިޔެވުނީ މޮޅު ކޮމެންޓެއް ލައިކުތައް އޮހޭނެ
ބުއްފުޅި
24 November 2020
މި ރަށަކީ ވެސް އިގެރޭސި ވިލާތަށް ނިސްބަތްވާ ރަށެއްތާ ، މަރުހަބާގެ ލިޔުންކޮޅުވެސް ދިވެހި ބަހުން ލިޔެލަން ނޭގުނު ވިއްޔާ ....
ޙަަންސޭ
24 November 2020
މުޅި ދިވެހި ސަރުކާރުވެސް އެފަދަ ވާންފަށައިފި. ދިވެހިންގެ ބޭންކުގައިވެސް ދިވެހިން ނަންޖަހަން ނުކެރުން.
Ahmed Ismail
24 November 2020
ށ ، އަތޮޅު މިހާރު ކިހިނެއް މިދަނީ ، ބަސްނާހާ ކުދިން