ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ)، މުސްލިމް ވޯލްޑް ލީގުގެ ސެކަޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް ބައްދަލުކުރައްވަނީ -- ފޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭގައި މުސްލިމް ވޯލްޑް ލީގު (އެމްޑަބްލިއުއެލް) ގެ އޮފީހެއް ހަދަން މިއަދު މަޝްވަރާކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ބައްދަލުވުމެއްގައި މިކަން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ އެމްޑަބްލިއުއެލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމެވެ. ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއެއް ގާއިމްކުރަން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 26, 2020
📃 | https://t.co/SFs3cxki0k pic.twitter.com/JHzfEjWdGe
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ސައުދީގެ ރަސްފާނުގެ އެހީގައި މާލޭގައި ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ހިމެނެ އެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ އާއި މުސްލިމް ލީގާއި ދެމެދު އޮތް ގާތް ގުޅުން ވެސް މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. އެ ބައްދަލުވުން ފަށާނީ މާދަމާ، ނައިޖާގަ އެވެ. އެމްޑަބްލިއުއެލްގެ އިސްވެރިންނާ މިއަދު އެ ބައްދަލުކުރެއްވީ އެ ގައުމުގައި ކުރެއްވި ޓްރާންސިޓް ދަތުރެެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
28 November 2020
ތީ ވަރަށް ބޮޑު ގޯހެއް. މިހާރު ވަކިި ކޮން ކަމެއްބާ ތިޔަ އޮފީސް ނެތިގެން ވަނީ. ތިޔަ އޮފީސް ވެގެން ދާނީ މިރާއްޖޭގެ ބައިނަލް އަގުވާމީ އަދި ރާއްޖޭގެ ސިޔާސީ ކަން ކަމުގައި ދިވެހިންނާއި ތިޔަ ޖަމިއްޔާގެ ރައީސްއަށް ލަފާދޭން ޑރ.ޝޭޚް ޝަހީމް ހުރި ހުރުން ރަމްޒުކޮށްދޭ ހިޖާބްވެގެން ހުންނަ 2 ވަނަ އިންޑިއަން ހައިި ކަމިޝަން ޒާތު ތަނަކަށް ތޯއްޗެއް.
އާދަމް ބާއީ
26 November 2020
ސާބަހޭ ޝާޑޫ.
ޅިޔަނުސޮރު
26 November 2020
ޝުކުރިއްޔާ މިނިސްޓަރ
ޒިންދަގީ
26 November 2020
ކޮރަޕްޝަން ނެތި ތިޔާކަމެއް މިގައުމަކު ނުހިނގާނެ.. މުޖައްރިބު