ކޮވިޑް-19އަށް ހިދުމަތްދޭ ފެސިލިޓީއެއް: ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ބަލި މީހުންގެ އަދަދު ވަނީ ހޯދަން ފަށައިފައި
ކޮވިޑް-19 އަށް ތައްޔާރު ކުރާ ވެކްސިން، ރާއްޖެ އަށް ބޭނުންވާ ވަރު ދެނެގަތުމަށް ބަލި މީހުންގެ މައުލޫމާތު ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަނުން އެއްކުރަން ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. އެހެންވެ، އެ ކެޓަގަރީގައި ހިމެނޭ މީހުން ހޯދުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އިއުލާން ކުރަން ފަށައިފި އެވެ.
އެގޮތުން ނ. ހޮޅުދޫ ސިއްހީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ ވެކްސިން ބޭނުންވާ ވަރު އަންދާޒާ ކުރުމަށް، މިހާރު އެ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވަކި ބަލިތަކާއި ވަކި އުމުރެއްގެ ބަޔަކު އެކަން އެންގުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ނިޔަލަށް 50 އަހަރު ފުރޭ މީހުންނާއި އުމުރުން 18-50 އަހަރުގެ ދިވެހިންނާއި ބިދޭސީންގެ ތެރެއިން، ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ހަކުރު ބަލީގެ މީހުންނާއި އިސްކޮޅާ ގުޅުވައިގެން ބަރުދަން ހުންނަންވާ މިންގަނޑު 40އަށް ވުރެ މަތީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިވާ ބޭސްކާ މީހުންނެވެ. އަދި ކިޑްނީ އާއި ފުއްޕާމޭގެ ބަލިތަކާއި ހިތާ ގުޅުން ހުރި ބަލިތަކާއި އެނދުމަތިކޮށްފައި ތިބޭ މީހުންނާއި ސްޓްރޯކެއް ޖެހުމާއި ތެލެސީމިއާ ބަލީގައި ލޭ އަޅަން ޖެހޭ މީހުން ވެސް ރިޕޯޓު ކުރުމަށް އިއުލާނުގައި ވެ އެވެ.
މި އިއުލާން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެހެން ބައެއް ރަށްރަށުން ވެސް ވަނީ ކޮށްފަ އެވެ.
ކޮވެކްސް މެދުވެރިކޮށް، ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ފުރަތަމަ ވެކްސިން ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމަަށް ފްރޭމްވޯކެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގު)ން ތައްޔާރު ކުރަމުން އަންނަ އެ ފްރޭމްވޯކުގެ ދަށުން ވެކްސިން ޖަހާނެ މީހުން ކަނޑައަޅައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި، އެ ކެޓަގަރީއަށް ފެތޭ މީހުން އަންނަނީ ހޯދަމުންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 12،000އަށް ވުރެ ވަނީ އިތުރުވެފަ އެވެ. އަދި 45 މީހުން ބަލީގައި މަރުވެފައިވާއިރު އެޑްމިޓްކޮށްގެން ވެސް ބައެއް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލިން ދިފާއުވުމަށް އެކި ގައުމުތަކުން ގިނަ ވެކްސިންތަކެއް ހަދަމުން އަންނައިރު، އަދި އެއްވެސް ވެކްސިންއަކަށް ލައިސަންސެއް ނުލިބެ އެވެ. އެކަމަކު ބައެއް ވެކްސިންތައް މިހާރު ވަނީ 95 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވެކްސިން1
28 November 2020
ވެކްސިނަކީ ބަލިނޫން މީހުން ބަލިން ރައްކާތެރިވުމަށް ޖަހާއެއްޗެއްކަމަށް މަހީކުރީ1
ހާޖި
27 November 2020
ކޮވިޑާގުޅިގެން މިސްކިއްތަކުގައި ކުރި ދުއާތަށް މިހާރަކު ނުކުރޭ ކިހިނެއްވީބާ އެބަލިން އަރައިގަނެވުނީބާ؟ ނޫނީ ފޫހިވެގެން ހުއްޓާލީބާ؟
ޙަމީދުބޭ
27 November 2020
ތިޔަ ލިސްޓްގެ އެންމެ ކުރީގަ އުޅޭނީ މިސަރުކާރުގެ ވެރިންނާ ގާތްތިމާގެ ރައްޓެހިންނެއްނު ލޮލް
އެކެޑެމީމީ
27 November 2020
މީ ކޮންކހަލަ ސުރުޚީއެއްތަ؟؟
ފްލޯޑް މެތޮޑޮލޮޖީ
27 November 2020
ރާއްޖޭގެ ގިނަ ބަލިމީހުން ބޮޑެތި ބަލިތަކަށއ ބޭސް ފަރުވާ ހޯދަނީ ރާއްޖެއިން ބޭރުން. ޢާސަންދަ ހޯދުމުގެ ދަތިތަކުގެ ސަބަބުން މި ފަރުވާ އެމީހުން ހޯދަންޖްހެނީ އަމިއްލަ ޖީބުން ޙަރަދުކޮށްގެން، ވީމާ ހަމައެކަނި ރާއްޖޭގެ ހޮސްޕިޅަލް ނުވަތަ އާސަންދަ ޑޭޓާއަކުން ބަލިހުރި މީހުންގެ މައުލޫމާތެއް ނުލިބޭނެ
ޑހސހ
27 November 2020
ބޮޑެތި ބަލި ތަކައް ފަރޔވާ ބޭރުން ހޯދިޔަސް ބޭސް ސިޓީ އާކޮށް ބޭސްނަގަނޯ ގިނަފަރު ރަައްޖެއިން .އެހެން ނޫނާސް ހޮސްލިތާލް ތަކު ގަ ހުރި މައުލޫމަތެއް ހޯދާވާހަކަ އެއް ނޫން ހުނީ އެއް. ޙޮސްޕޓަލްބތަކަތް މައުލޫމާތު އެއްކުރާ ވާހަކަ
1234
27 November 2020
ޑްރާމާ ކުޅޭ ސަރުކާރެއް. ރައްޔިތުން ގުނބޯ ހެއްދުމުގައި ހޭބޯ ނާރާ! ކޮންތާކުން ހޯދާ ވެކްސިންއެއް؟ ގެރީގެ ކުޑަކަމުދާ ތަކެތިން ހެދި ވެކްސިންތަ؟ މޮޔަވެދާނެ. ދިވެހިން މޮޔަހައްދަނީ، މި ސިޔާސީ ދޮގުވެރިން ހީލަތްތެރިންގެ ބަހަށް ހެއްލޭލެއް އަވަސްކަމުން.
ދުންދަނޑި
27 November 2020
އިނގިރޭސި ކެމްބުރިޖު ޔުނިވާސިޓީ ކިޔާބަޔަކު އެއުފެއްދި ވެކްސިނުގެ ނަތީޖާގައި ސުވާލު އުފެދޭ އެތައްކަމެއް ހުރިކަމަށް ބޮޑެތި މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު އެވެކްސިން ރާއްޖެއަށް އެތެރެކުރުން މަނާކޮށް އެނޫން ވެކްސިނެއް ދިވެހިންނަށް ދިނުން މުހިންމު.
ހަސަނުބެ232323
27 November 2020
ހައި ރިސްކުމީހުންނަށް އެކަނި ވެކްސިންދޭ ވާހަކަ އެއްވެސްގައުމަކުން ނުދައްކާ. އާބާދީގެ%70 އަށް ވެކްސިން ދެވިގެން ނޫނީ މިބަލިގަނޑުން އެންމެންނަށް އަރައިނުގަނެވޭނޭކަމަށް ސިއްހީ ތަޖުރިބާކާރުން އެބަބުނޭ. ވެކްސިން ރާއްޖެ ގެނައުމަކީ އަދި ވެކްސިން ޖެހުމަކީވެސް ސަރުކާރުން ވިސްނާފައި އޮތް ގޮތެއް ނޫން.. މިއީ ވޯޓު ހޯދަން އަޅުވާ އަނދުން. ސަރުކާރުގެ އަމާޒުހުރީ ނިިއުނޯމަލޭ ކިޔާފައި 2 އަހަރަށް މިކަންތައްގަނޑު ދަމަހައްޓުން. ނިއުނޯމަކުން މަންފާނަގާ ބަޔަކު އެބައުޅޭ
ޑނދހދހހދހ
27 November 2020
ނެންގެނީ ދޯ ބޭނުްނ ވަރަކަށް ލިބޭނެ އެއްޗެއް ނޫން ކަން. ޢެހެން ވެ ޖަހަން ތަރުތީބު ލިސްޓެއް ހަދަނޫ. ޢަިދާގެ މަސަލައެއް ނެތް މީހާ އަށް ޖެހޭ ވަރުވާނީ ވަރަށް ފަހުން.އެއީ ދުނިޔޭގަ އެވަރަށް އިފައދަބް ވެސް އަހާރެއް ހާ ދުވަސް ނަގާނެ
އަހްމަދުހު
26 November 2020
ކީއްވެހޭ އެންޓިބޮޑީ ޓެސްޓުން ކުރިން ޖެހިފަ ހުރިކަމަށް ދެއްކިޔަސް ކަރަންޓީން ވާން ޖެހެނީ... އޭޑީކޭ އިން މިނެޓަކު 1200ރ ނަގަމުން އެދަނީ ޕސރ ޓެސްޓޭ ކިޔާގެން ޓްރެވެލާސް އަތުން. މިކަން ނިންމަން ބޭނުން ނުވަނީ، އެޗްޕީއޭ އާއި އޯޓީ ލިބޭ މުވައްޒަފުންނާ ހޮސްޕިޓަލް ތަކުން
ސްކިޕަރ
27 November 2020
4 މަސް ފަހުން އެންޑިބޮޑީ ލެވެސް ދަށަށްދާކަމުގެ ސައިންޓިފިކް ހެކި މިހާރު އެބަހުރި. އެންމެ ރައްކާތެރި ގޮތަކީ ކަރަންޓީނުވުން. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކަންތައްކުރަނީ މިގޮތަށް. ދެން ތިޔަ ބުނިގޮތަށް، މިކަން ނިންމަން ބަޔަކު އުޅޭހެނެއް ހީނުވޭ. މިހާރު ކުއްލިގޮތަކަށޤ ވެކްސިނެއްގެ ވާހަކަ ދައްކަނީވެސް ކޮން ބޭނުމަކުކަންވެސް ނޭގޭ.
ހަ ސީނު
27 November 2020
މާ ބޮޑަށް އިނގެނީނު
ރާއްޖެ
26 November 2020
ވޯޓަށް މޮޅެތި ހެޑްލައިން ޖަހާލަނީ. ހީވަނީ މާދަމާ މިމީހުން ވެކްސިން ދޭނެހެން. އަދި އެފްޑީއޭއަކުން ޑަބްލިއުއެޗްއޯ އަކުން އެއްވެސް ވެކްސިނަކަށް ހުއްދަ ނުދޭ. ޥެކްސިން ހޯދި ގައުމަކުން ވެކްސިން ވިއްކަން އުފައްދަން ފެއްޓީއެއް ނޫން. ޢެންމެ އަވަސް ވިޔަސް ވެކްސިން ރާއްޖެއަށް ލިބޭ ވަރުވާނީ 3 މަސް ފަހުން.