ޖަމީލާ ހުސެއިން
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުގެ މަންމަ މިއަދު ނިޔާވެއްޖެ އެވެ.
އެކަމަކު މައިމޫނާގެ މަންމަ ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ހުސައިިން މިއަދު ހެނދުނު ނިޔާވީ ކޮވިޑް-19 ޖެހިގެނެއް ނޫނެވެ.
އުމުރުން 82 އަހަރުގެ ޖަމީލާ ބަލިވެއުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އޭނާ ނިޔާވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހުސެން ބެ
28 November 2020
މަރުހޫމާއަށް ހެޔޮރަހުމަތް ލަށްވާށި. އާމީން
އަލީރާޖާ
28 November 2020
ޖަމީލާ އެޑްމިޓްކުރީ ކޮވިޑް ޖެހިގެން. އަދި އޮންނެވީވެސް ވެންޓިލޭޓަރުގައި. އެގޮތަށް އެތައް ދުވަހެއް ވީ ފަހުން ކޮވިޑަށް އަލުން ޓެސްޓު ކުރުމުން ވަނީ ފަހުން ނެގެޓިވް ކަމަށް ދައްކާފައި. މާނައަކީ ކޮވިޑް ފަސޭހަވެފަ. ވީމާ ހަގީގަތުގައި ކޮވިޑްގެ ސަބަބުން ދިމާވި އެހެނިހެން ކަންކަމާ ގުޅިގެން ނިޔާވީ ކަމުގައި ބަލަންޖެހޭ.
މޯޑް
28 November 2020
އަޅުގަނޑް އަޑްއެހިން ތަން ކޮޅެއް ކުރިން މައިމޫނާ ގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާދޭކަމަށް. އޭގެ ދުވަސް ކޮޅެއް ފަހުން މި އަޑް އިވުނީ ނިޔާވި ހަބަރު. މަރުހޫމާއަށް ހެޔޮރަހުމަތް ލަށްވާށި. އާމީން.
ނޫސް ކިޔާމީހެއް
28 November 2020
މަރުޙޫމާގެ ފާފަ ފުއްސަވާ ހެތޮ ރަޙުމަތް ލައްވާށި! އަދި ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި!
އަހްމަދު އ
28 November 2020
މަރްޙޫމާއަށް ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި. ޢާއިލާއަށް ހެޔޮ ފާގަތިކަން މިންވަރު ކުރއްވާށި. އާމީން.