އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ މިނިސްޓްރީން ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ނުބުނެ އެވެ.
"މިހާރު" ން ތަކުރާރުކޮށް ގުޅައި، މެސެޖު ކުރުމުން ވެސް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަކި ޖަވާބެއް ނުދެއްވި އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީގެ 11 މުވައްޒަފަކު އިއްޔެއާ ހަމައަށް ކޮވިޑަށް ޕޮޮޒިޓިވްވެފައި ވެ އެވެ. އެ އަދަދު މިހާރު 14 އަށް އަރާފައިވާ ކަމަށް ވެ އެވެ.
މިކަމާ ގުޅޭ ހަގީގަތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އިސްލާމިކް މިނިސްޓްރީން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުނީ މީގެ ދެ ހަފުތާ ކުރިންނެވެ.
"އަދިވެސް ކޭސްތައް ފެންނަމުން ދަނީ. އިއްޔެ ވެސް ދެ ކޭސް ފެނުނު،" އޭނާ ބުންޏެވެ.
"މިޑް މެނޭޖްމަންޓުން ގިނަ މީހުން މިހާރު ނުވެސް ނުކުމޭ އޮފީހަށް. މަސައްކަތު މީހުން ފެށިގެން މެނޭޖްމަންޓު ލެވެލް އަށް ގޮސް އެ މީހުންގެެ އާއިލާ އިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިއްޖެ."
އިސްލާމިކް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވް ނަމަވެސް އެ މިނިސްޓްރީގެ މުވައްޒަފުން ބަރާބަރަށް އޮފީހަށް ނުކުމެ މަސައްކަތް ކުރެ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުުސްމާން "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީން އަމަލުކުރަނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންނަށް ލިޔުން ފޮނުވައި، ކަރަންޓީން ކޮށްފައިވާ ކަމަށާއި އިތުރު މީހުން ވަޒީފާ އަށް ނެރެ މަސައްކަތް ކުރުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެފައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޖަޒީރާމަނިކު
01 December 2020
އިސްލާމީ މަރުކަޒު މިސްކިތުން ކޮވިޑް ޖެހުނީކަމަށް ތިވާނީ . އަވަހަށް އެތަން ބަންދުކުރޭ.
ފަހުދު
01 December 2020
އެންމެ ފަރުވާކުޑަކޮއް އުޅެނީ ޕާޓެއިންނާއި ހަރުކަށި ފިކުރުގެ މީހުން
ޏޮންޓ
01 December 2020
ކޮބާ އިސްލާމިކް މިނިސްޓަރ އެވަރުގެ ބޮޑު ކަމެއް ދިމާވުމުންވެސް ބަސްފުޅެއްވެސް ވިދާޅުނުވޭ!!! މިބާވަތުގެ ވެރިން ނަކީ ވެރިންނެއްނޫން.... މިނިސްޓަރަކަށް ވާނުވާވެސް ނޭނގޭ ތޯއްޗެއް... މީހަކު ބުނީތީ އަޑުއެހިން މިނިސްޓަރަށް ލަފާ އަރުވަން ތިބެނީ މިނިސްޓަރ އިތުބާރުކުރާ ދެތިން އަންހެނުންނޭ...
ޒިންކްލާ
01 December 2020
ކޭސް ގިނަވާނެއެއްނޫންތޯ އެތާތިބޭ ވެރިން ބަލިވީމަވެސް އޮފީހަށް ނިކުމެ މާ މަސައްކަތް ކުރާ ބަޔަކަށް ވާންވެގެން އެތާ ތިބެންޏާ... މުވައްޒަފުންނަށް ރައްކާތެރި ތަނެއްނޫން އެއީ... އެ ވެރިން ޕޮޒިޓިވް ވީމަވެސް އެ ވެރިންގެ ކޮންޓެކްޓް ވީ މުވައްޒަފުން އެޗްޕީއޭއަށް ނަންނުދީ އެކަން ކުރީ އޮފީހުގެ މަސައްކަތަށް ނެރެން. މިހާރު އެތިބީ އަތަށް ގޮވާފައި.
ދެރަ
30 November 2020
ކޮވިޑަށް ވަނީ ފުލޫ ކްލިނިކަށް ގޮސް ޓެސްޓް ހެދިއްޔާ. ކޯޓްތަކުގަވެސް ފެތުރެމުންދަނީ، ބައެއް މީހުން ކޮވިޑަށް ވެދާނެތީ ޓެސްޓްވެސް ނަހަދާ އަމިއްލައަށް ބޭސްކައިގެން ގޭގަ ތިބެލަނީ. ގެ ކަރަންޓީން ކުރީމަ އުދަގޫވާނޭ ކިޔާފަ. ކައިރި ފިހާރަތަކަށް ގޮސް ރަށުތެރޭގަ ދުއްވާވެސް ހަދާ. އޮފީހަށް ނުދަނީ ރޯގާކަމަާް ބުނެފަ. މިގޮތަށް ގޭއެންމަނަށް ފަހަރަކު މީހަކަާް ޖެހެމުން އެންމެން ހަމަވީމަ އެނިމުނީނުން ވިސްނުމުގަ. ރަގަޅު ވީމަ މޮޅު ކަމަކަށްވެގެން އެވާހަކަ ދައްކަން.
ތިމާވެށި
30 November 2020
މިހާރު" ން ތަކުރާރުކޮށް ގުޅައި، މެސެޖު ކުރުމުން ވެސް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަކި ޖަވާބެއް ނުދެއްވި އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަގާ ރައްޔިތުންގެ ހާދިމުންނެވެ.
ރާއްޖެ
30 November 2020
ޢެޗްޕީއޭ އިން އަންގާފަ އޮތް ގޮތަށް އަމަލު ކުރާ ނަމަ މިހާ ގިނަ މީހުން އެއްވަގުތަކު ޕޮޒިޓިވް ވެގެން ނުވާނެ.
2021
30 November 2020
ތިތާ ހުންނަ އިސްލާ މީ މަރުކަޒުވެސް ހީވަނީ އެ މީހުންގެ ތަރިކަ މުދާގަޑެއްހެން
ބޭރު
30 November 2020
އަދިވެސް އެކިއެކި ފަރާތްތަކުން ޕުރެޝަރު ކުރަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް. ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް މިހާ ބޮޑަށް ލުއި ނުދީ ހިފަހައްޓާލެވުނު ނަމަ މިހާރު އޮންނާނީ މިކަމުން މާލެ ސަލާމަތުގެ އައްސޭރިއަކާ ހިސާބަށް ދެވިފައެވެ.
އެޑްމިން އޮފިސަރ
30 November 2020
ސަރުކާރު އެހެން އޮފީސްތަކުގެ މީހުން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިން އިރު އިސްލާމިކް މިނިސްޓްރީއިން އަންގާފައި އޮތީ ހުރިހާ މުއައްޒަފުން މަސައްކަތް ކުރުމަށް އޮފީހަށް ނިކުތުމަށް. ހައިރިސްކް މީހުން ފިޔަވާ ދެންތިބި އެންމެން ޖުލައި މަހުން ފެށިގެން އޮފީހަށް ނިކުންނަން ޖެހުނު، ނަމަވެސް ސަރުކާރުގެ އެހެން އޮފީސްތަކު މުއައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ހުރި