ކޮވިޑްގައި މަރުވިމީހެއްގެ ޖަނާޒާއަށް ތައްޔާރުވަނީ: މިއަދު މަރުވި މީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި
ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ. މިއީ އެ ބަލި ޖެހިގެން ރާއްޖެ އިން މަރުވި 47 ވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އެ މީހާ މަރުވީ މިއަދު ހެނދުނު 7:49 ގައި ކަމަށެވެ. މިއީ މި މަހުގެ ފުރަތަމަ ކޮވިޑް މަރެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށި ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ސަމާލުވާން އެޗްޕީއޭ އިން އަންނަނީ އެދެމުންނެވެ. އިރުޝާދާ އެއްގޮތަށް މާސްކު އަޅާށާއި ދުވަސްވީ މީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތް ކުރާއިރު ހާއްސަ ސަމާލުކަމެއް ބަހައްޓަން އެތަނުން އިލްތިމާސް ކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބަސް
01 December 2020
اللهم اغفر له وارحمه وادخله في الجنة آمين ހިތާމަވެރި ޚަބަރެއް. ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުންދާ ދުވަސްވީ މީހުންގެ މަރު ގިނަވުމުން ސުވާލު އުފެދޭ.