ހާއްސަ ހުއްދައިގެ ދަށުން ދެވޭނީ ޓެސްޓުކޮށް ނެގެޓިވް ނަމަ
ރާއްޖޭން ބޭރުން އަންނަން މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކޮށް ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް އެޗްޕީއޭ އިން ހަމަޖައްސައި އެކަން އިއުލާނުކޮށްފި އެވެ.
މި ބަދަލާ އެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުތެރޭ އުޅޭއިރު މާސްކް އެޅުމަށާއި ބޭރުގައި އުޅޭ ވަގުތު އެކަކުއަނެކަކާ މަދުވެގެން ތިން ފޫޓު ދުރުމިން ބަހައްޓަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން މި ބަދަލު ގެނެސް ފުރަތަމަ ނެރުނު އިއުލާނުގައި، "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން" އޮތް ނަމަވެސް އެޗްޕީއޭ އިން ފަހުން ބުނީ އެއީ އެދެވިގެންވާ ގޮތެއް ކަމަށެވެ. ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު "މާސްކް އެޅުން މަޖުބޫރު" ކަމަށް ލިޔެފައި އޮތީ އެހެންވެ އެވެ.
އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރަން ފަށާނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށާއި އޭގެ ކުރިން ގޮސް ކަރަންޓީނުވެފައިވާ މީހުން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓް މީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.
އަލަށް ގެނައި ބަދަލުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި މިގޮތަށް ހަދާ ޓެސްޓަށް ޚަރަދުކުރަން ޖެހޭނީ ވެސް އެ ދަތުރެއް އިންތިޒާމުކުރާ ފަރާތަކުންނެވެ.
މި ބަދަލުތައް ގެނެސްފައި މި ވަނީ ކަރަންޓީނުވާން ނުޖެހޭ ގޮތަށް، ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށްދާ މީހުން، އެޗްޕީއޭގެ އުސޫލާ ހިލާފުވާއިރު އެހެން މީހުންނަށް ހަރުކަށި އުސޫލު ގެންގުޅޭ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 13,049 ކޭސް ފެނިފަ އެވެ. އޭގެ ތެރެއިން 11,968 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 47 މީހަކު މަރުވެފައިވެ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު މަދުވެފައި ވިޔަސް، މި ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބޮނދި
04 December 2020
ކޮވިޑް19 ބުނަނީ އެޗްޕީއޭއިން ވަރަށް އާދޭސްކުރިޔޯ ރަސްމީ ދަތުރުތަކުގަ ނުދާން. ކޮވިޑް19 އަކީ އެޗްޕީއޭއިން އޮޅުކޮށްގެން ގެންގުޅޭ ބުޅާގަނޑެއްތަ؟
ގެދާނޯމޮސް
03 December 2020
ކޮވިޑް އަކީ ސިޔާސީ ވެރިން ދުއްވާ އޮޑީގެ ދަންމާނަކަށް އެމީހުން ހަދައިގެން އުޅޭތަން މިފެންނަނީ އެވެ.
ޗޯބެ
03 December 2020
ބަލަ އިދިކޮޅުން ކެމްޕޭނު ނުކުރެވޭގޮތަކަށްނު ކަންކަން ރާވަންވާނީ!
ދޮޅުރޯނާ
03 December 2020
މިއަދާ ހަމަޔަށް ވައިރަސްތައް ތިބީ ބަޑި ހިފާފަ، ނަމަވެސް 4 ވަނަ ދުވަހުން ފެށިގެން ހަތިޔާރު ބަހައްޓާ އެހެންވެ އޭގެ ކުރީގަ ކަރަންޓީނުގަ ތިބި މީހުން 14 ހަމަކުރަން ޖެހެނީ.
ެއިބްރޭ
03 December 2020
މީ ވަރުގަދަ ކަމެއް ... މި މީހުން މުއްސަދި ވަންދެން ލޮކް ކޮށްފަ ބާއްވަން ވިސްނަނީ...
ރުޅިގަދަވޭ އެބަ
02 December 2020
މި ދެން އަޖައިބެއް! އިއްޔެ ކަރަންޓީނު ވީ މީހުނާ 4 ވަނަ ދުވަހު ކަރަންޓީނަށް ދާނެ މީހުނާ ކޮބާ ތަފާތަކީ؟ 4 ވަނަ ދުވަހު މި މީހުންގެ މީހެއް ކަރަންޓީނަށް ދަނީ ހެން ހީވަނީ. ތަފާތު ކުރުން ހުއްޓާލާށޭ ކިޔާ ރައްޔިތުން އުތުރި އަރަންފެށީމަ ވެސް މައިމޫނާ އަށް ނޭނގުނު ތަފާތު ކުރުން ހުއްޓާލާކަށް. މިހާރު ކަރަންޓީނު ގަ ތިބި މީހުން ވެސް 10 ދުވަސް ހަމަވީމާ ދޫކޮށްލުމަށް ގޮވާލަން! ކޮން 4 ވަނަ ދުވަހެކޭ ކިޔާކަށްތަ؟ ނުވަންޔާ ހުއްޓާލާފަ ގޭގަ ތިބެބަލަ! މޮޔަ ނުގޮވާ!
ދޮންބެއްޔާ
03 December 2020
ސާބަހޭ ދަރިޔާ! ތިބުނީ ޙައްޤު ބަހެއް.
ކަޓޭ
02 December 2020
ޓެގް ޓީމަށާ، ސާމްޕަލް ޓެސްޓްކުރާ މީހުންނަށް ފަލަވަރެއްގެ އެލަވަންސެއް ދޭހާ ހިނދަކު މި ކޮވިޑަކުން ސަލާމަތްވާ ކަމަކަށްނުވާނެ. ވަކި މުއްދަތަކުން ފެށިގެން އެލަވަންސް ހުއްޓާލަންޖެހޭ.
ބ. ދޮންފަނު އާދަނު
02 December 2020
ވަރަށް ރުޅިއާދޭ މިހާރު މި އެޗްޕީއޭގެ ނަން އިވޭއިރަށް، މިބައި މީހުން ވެރިޔާއަށްވުރެވެސް ބާރުގަދަ، 10 ދުވަސް ހަދަންޏާ ، މިހާރު ކަރަންޓީނު ތިބި މިހުންވެސް ހިމަނައިގެން އުސޫލު ހިގަންވާނީ. ތަފާތު ކުރުން ހުއްޓާލާ!
ކަކުނިބޯ
03 December 2020
ކޮވިޑް 19 އާއި އެޗް ޕީ އޭ އާއި ވެވުނު އެއްބަސްވުމަކީ 4 ޑިސެމްބަރ 2020 އިންފެށިގެން މާލެއިންފުރާމީހުން 10ދުވަހު ކަރަންޓީނުކޮށްފިނަމަ އެރަށަކަށް ކޮވިޑް19 ނާރަން އެހެންވެ މިއެއްބަސްވުމުގައިވާގޮތަށް 4 ޑިސެމްބަރ 2020 ގެ ކުރިން ކަރަންޓީނުވީ ފަރާތްތަށް 14 ދުވަސް ހަމަކުރަންޖިހެނީ. ޑިސްކަޝަންގައި މިކަން ހައްލުކުރަން އެޗްޕީއޭ އިން ކިތަންމެ މަސައްކަތެއްކުރިނަމަވެސް ކޮވިޑް19 ވަރަށް ގޮތްދޫނިކުރޭ. މިފަދަ ނާޒުކުދަނޑިވަޅުގައި ލޮބުވެތިރައްޔިތުންގެ ކެތްތެރިވުން ރަނގަޅު
ސީޑީސީ އެމެރިކާ
02 December 2020
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބުނެފައި އެބައޮތް ދިވެހި ރައްޔިތުންގެ މައްޗަށް ގާނޫނާއި ގަވާއިދު ހިންގުމުގައި ހަމަހަމަ ވާން ޖެހޭނެކަމަށް، ކީއްވެބާ އެއްބަޔަކު 10 ދުވަސްވެ ޓެސްޓުނުކުރެވި، އަނެއްބަޔަކަށް 10 ދުވަހުން ނިމޭ އުސޫލު މިއޮންނަނީ، މި އެޗްޕީއޭ އަކީ ރައްޔިތުން ސަރުކާރާ ޖައްސަން ހަދާއިގެން އުޅޭތަނެއްހެން.. މި ސައިންސްވެރިން ބަލި އެމީހުން ބޭނުންވާ ދުވަހަކަށް ލަސްކޮށް، އަވަސްކޮށް ހަދާ، މޮޔަވެއްޖެ މިވެރިންނާހެދި.
ކައުންސެލަރު
02 December 2020
މިހާރުވާގޮތަކީ ކޮރޯނާ އަކީ ވަރަށް ބަލައިގެން އުޅޭ އެއްޗެއް. އެހެންވީމާ ހުޅުވާ ތަންތަނުގެ ރިބަން ފަށްކަނޑަށް ދާމީހުންނާ ދިމާލަކަށް އެސޮރު ދަތުރެއްނުކުރާނެ. އެސޮރުބެހޭނީ އެންމެ ދެރަނިކަމެތި މީހާއާ. ކަރަންޓީނު އެންމެ ގިނަދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނީވެސް ހަމަ ދެރަނިކަމެތި ރައްޔިތުމީހާ. ދޮގެއް؟