ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތިތަކެއް ނައްތާލަން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ދޫކޮށްލި މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހު -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ފަސް މީހަކު މިއަދު ދޫކޮށްލައިފި އެވެ.
"މިހާރު" އަށް އެނގެފައިވާ ގޮތުގައި އެ ފަސް މީހުން ދޫކޮށްލީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔަ ނުވަ ވަނަ ފަހަރު ކްރިމިނަލް ކޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ދޫކޮށްލީ އެ މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ.
މި ފަސް މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި އެ ދުވަހު ހަތް މީހަކު ހައްޔަރުކުރި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދެއްކުމަށްޓަކައި މިދިޔަ ހަފްތާގައި އެ އިދާރާ އިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ސަރުކާރުގެ އެކި އިދާރާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ އޮޕަރޭޝަން ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސާބަހޭ ދިވެހިން
06 December 2020
ވަރަަށް ފުރިހަމަ. އެހާދުވަސްވަންދެން މުއްދަތު އިތުރުކުރީތީ ފަނޑިޔާރުން ކުއްވެރި ކުރަން. ޑުރަގު ކޮޅެއް ގެނެސްގެން އެ ވިއްކާ ބޭނުން ކުރިޔަސް މުޖްތަމައަށް ވާހަމަ އެއްވެސް ގެއްލުމެއް ނުރައްކަލެއް ނެތް. ލޮލް
ޝައިޚް.
06 December 2020
ކޮބައިހޭ އީރާން ބޯޓުން ޓަނަކަށްވުރެ ގިނަ ޑްރަގު އެތެރެކުރި މީހުން، އެތިބީ ދޫކޮއްލާފަ، ބޯޓު އެހެދީ ސަފާރީއަކަށް، ސާބަހޭ ސަރުކާރު،
މުޙުއްމާ
05 December 2020
ތި މީހުން ދޫކޮށްލި ފަޑިޔާރަށް ލިބުނީ ކިތަށް މިލިއަންބާ.
ޑޮންޑޮންފުޅި
05 December 2020
ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖަހަން ނުވަ ފަހަރު ގެންދެވުނު އިރު ދައުވާ ނުކުރެވޭ. ކުޅޭކުޅޭ ގޮތަށް މުއްދަތު ޖެހިގެން ނުވާނެ. ކޯޓުގެ މައްލައަށްވުރެ ސަރުކާރުގެ މައްސަލަ ބޮޑުކަމަށް ފެންނަނީ.
ފަޑޮޔާރ
05 December 2020
ޢެ ފަޑިޔާރުންގެ ނަންތައް ހާމަ ކުރަން ރަގަޅު ކަންނޭގެ
ޙެކެހެވް
06 December 2020
މި މީހުން ދޫކޮށްލީ ކްރިމިނަލް ކޯޓަށް އިހަށް ދުވަހު ޤާޟީއަކަށް ނެގި މިޞްބާހް. މީނަ މީ ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށް ބޮޑުބޭބެ ކިޔާ މީހެއް.
ރަމީޒު މިއާ
05 December 2020
މިއީ ހެޔޮސަރުކާރެއް.މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުވީމަ ވައްދާނެގޮތެއް ނެތިގެން ދޫކޮށްލީ.
Ali Gasim
05 December 2020
މިފެންނަނީ އަދުލުއިންސާފު އުތުރިއަރާމަންޒަރު ދެއްތޯ
ކާސިންބެ
05 December 2020
ފަނޑިޔާރުންނާވެސް އެދުވަހުން ސުވާލު ކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއްނޫން.
ހިލަބެ
05 December 2020
ދެންކީއްކުރަން ހައްޔަރުކުރަނީ ބޯމީހުންތައްވެސް އެތެރެކޮށް ބިޔަފާރި ކުރާމީހުންވެސް ދޫކޮށްފަ ބަހައްޓާ މިސަރުކާރަކުވެސް އަދި ޔާމީން ސަރުކާރަކުންވެސްް ޑުރަގުކަންތަކެއް ނުބެލޭނެ ބޯނެމީހަކުބޮއިި ކާބެމީހަކު ކައި
އިބްރ
05 December 2020
ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހިންނަށް ފެނިގެންމިދަނީ. މީތި ބޭނުންވެގެންނޫންތޯ މިގައުމުގެ ބޮޑުން ހޭބޯނާރާ އެއުޅެނީ.
އިންނު މުހައް މަދު
05 December 2020
ޖަލުގައި ބަންދު ކޮށްގެން މައްސަލަ ނިމެންދެން 3 ނޫނީ 4 އަހަރު ވަންދެން އެކުދިންގެ ބަންދު ކޮއްޓެގެ ތެރެއަށް ލާ ފައި ބަހައްޓަންތޯ ފުލުހުން ބޭނުންވަނީ. ދޫކޮއްލިޔަސް ޝަރީއަތުގައި މައްސަލަ ހިގައެއްނުން. ދެން ކޮން ކަމަކާ ފުލުހުން ކަންބޮޑުވާ ނީ... މައްސަލަ އެއްކޮށް ބާތިލް ކުރިނަމަތާ ތި ގޮތަށް ވާހަކަ ދެއްކޭނީ.. ޒާތީ ނުވޭ މީހުންނާ ދޭތެރޭ..
ހަސަނު1
06 December 2020
އެއެންމެން ގެންގޮސް ކޮށްޓައްލާފައި ބައިތިންބަންވީ ހަމަ.
ޙިނި
05 December 2020
މިކަހަލަ ބޮޑެތި މުޖުރިމުން މުޖުތަމާ ތެރެއައް ދޫކޮއްލުމުގެ އިހުތިޔާރު މިއޮންނަނީ ފަޑިޔާރުންގެ އަތްމައްޗައް ދޫކޮއްލާފަ. މިޔައް ގާނޫނުން ލައްލެ ގެނައުން ކިހިނެއްތޯވާނީ.
އެއްކަލަ ގޮލާ
05 December 2020
އެބަ ރަނގަޅުވޭ.