ނޮވެމްބަރު މަހު މީރާ އަށް 461.49 މިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފައި. --ފޮޓޯ:މިހާރު
މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 461.49 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 59 ޕަސެންޓް ދަށް އަދަދެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާ މިންވަރު އިންތިހާއަށް ދަށްވުމެވެ. މިއާ އެކު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.
އެންމެ މަދުން ލިބުނު ޓެކްސްތަކުގެ ތެރޭގައި ޖީއެސްޓީ އަދި ގްރީން ޓެކްސް ހިމެނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ދަށްވެފައިބާ އިތުރު ސަބަބެކެވެ. މި ފީ މި އަހަރުގެ ނޮވެމްބަރު މަހު ނުލިބެ އެވެ.
މި އަހަރުގެ ނޮވެމްބަރު މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ވަނީ ޖީއެސްޓީއަށެވެ. އެއީ އާމްދަނީގެ 66 ފަސެންޓެވެ. ފުރިޔާ އިން 308.68 މިލިއަނެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެހުގެ ގޮތުގައި 42.09 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި 11.26 މިލިއަން ޑޮލަރު ހިމެނެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނީ 390.57 މިލިއަން ރުފިޔާ އެވެ. ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ކަމަށްވާ 17.3 ބިލިއަން ރުފިޔާގެ ތެރެއިން ކޮވިޑްގެ ހާލަތަށް ފަހު ލިބޭނީ ގާތްގަނޑަކަށް 8.95 ބިލިއަން ރުފިޔާ ކަމަށް މީރާ އިން މީގެ ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ްޤާނޫނީ-ނަތީޖާ
11 December 2020
އޭސީސީގެ މެންބަރުންގެ މުސާރަ ދީ
މޫސަ123
11 December 2020
ރާއްޖޭގައި ހިމާޔަތް ދީގެން ގެންގުޅޭ ވިސާ ދައްކަން ނުޖެހޭ 60000 ބިދޭސިން ތިޔަޑޮލަރުކޮޅު ބޭރުކޮށްލާނެ އެމީހުން ޑޮލަރުގަނޭ 22 ރ އަށް.
ޓްރެފިކް ޕޮލިހެއްނޫން
11 December 2020
ތިވެސް ވަންނާނީ އެކި ނަންނަމުގެ ހަދާފަހުރި ބޭކާރު ކޮމިޝަންތަކުގެ މެމްބަރުންގެ ޖީބަށް. މިސާލަކަށް ޕޭކޮމިޝަނަކީ ކީއްކުރާ ތަނެއް. އެކަމުވެސް މެމްބަރުންނަށް 12-10 ހާހުގެ އަދަދެއް ކޮންމެ މަހަކު އެލަވަންސްއަށް. ނިކަމެތިމީހާ ޕާކިންގ ސްޓިކާ ނުދެއްކިފަ.
ތުއްތޮންބެ
11 December 2020
ތިކަމުން ނިކަމެތި ރައްޔިތުންނަކައް އެއްވެސް އިނގުމެއްނުވޭ.
ދަކްރައި
11 December 2020
މީރާ އަށް މަހަކު 1 ޓްރިލިއަން ރުފިޔާ އާމްދަނީ އެއްގެ ގޮތުގައި ލިބިގެން މެނުވީ ރާއްޖޭގައި ދިރިއުޅޭ 5 ލައްކަ ދިވެހިންނަށް ޚިދްމަތް ސަރުކާރުން ނުދެވޭނެއޭ ސަބަބަކީ އާބާދީގެ ތިން ބައި ކުޅަ ދެބައި ވަނީ ޑްރަގްގެ ތެރެއަށް އަރަގު ވެގެން ގޮސްފައޭ އެކަން ބަދަލު ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހޭ 10 ހާހުން ދަށުގެ އާބާދީ ތައް މާލެ ސަރަހައްދަށް ބަދަލު ކޮށް އެއިން ކޮންމެ މީހަކީ މަހަކު ސަރުކާރަށް 1 ހާސް ރުފިޔާ ކުއްޔެއް ޖިޒީ އެއްގެ ގޮތުގައި ދޭ މީހަކަށް ހަދަން
އޭނަ މީނަ
11 December 2020
ބަލަ ސަރުކާރުން ބުނެގެންތަ މީހުން ޑްރަގުގެ އަވާގައިޖެހެނީ.
ބިންތައްކުއްޔަށްދޭންވީއޭ
11 December 2020
މީރާ އަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހޭ ޔަގީން ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކުންފުނި ތައް އިންވެސްޓް ކުރަން ފަށަން އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ހިއްކާ ގުޅިފަޅުން ބިންތައް ކުއްޔަށް ދޫކޮށްލަންވީއޭ މާލެ ސަރަހައްދުން ބިން ބޭނުންވާ ކޮންމެ މީހަކަށް މީހަކަށް 5 ހާސް އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ 100 އަހަރު ދުވަހުން ކުލި ހަމަވާނެ އުސޫލުން ދެން އެފައިސާ އިން ފުށި ދިއްގަރު ފަޅު ހިއްކާލަންވީއޭ މާލެ ސަރަހައްދުން