ޚަބަރު / ޖިންސީ އަނިޔާ

އިންޑިއާ މީހަކު އަންހެނަކު ރޭޕްކުރިކަން ރިޕޯޓްކޮށްފައެއް ނެތް: ފުލުހުން

04 ޖެނުއަރީ 2021 - 19:58

4 comments
angry icon 77%

ރާއްޖޭގެ ރިސޯޓެއްގައި އިންޑިއާ ފިރިހެނަކު ދިވެހި ޒުވާން އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރިސޯޓެއްގައި މަސައްކަތްކުރާ އިންޑިއާ ފިރިހެނަކު، އެތަނުގައި މަސައްކަތްކުރާ 19 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި މި މައްސަލާގައި ހިމެނޭ އިންޑިއާ މީހާ ރާއްޖޭން ފުރުވާލާފައިވާ ކަމަށް ވެސް އޮންލައިން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ވެސް ވަނީ ދަނީ ބުނަމުންނެވެ.

"ބައެއް މީޑިއާތަކުން އެފަދަ ކަމެއް ރިޕޯޓްކޮށްފައިވާތީ އެ މައުލޫމާތު ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުން،" މީޑިއާގައި ކޮށްފައިވާ ރިޕޯޓާ ބެހޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުންޏެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ އޮންނަ ގާތް ގުޅުމާ ގުޅުވައި ސިޔާސީ ބައެއް ފަރާތްތަކުން ވެސް މިކަމުގައި ދަނީ ވާހަކަ ދައްކަމުންނެވެ. ރޭޕްގެ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް ފާޑުކިޔާ މީހުން ބުނަމުން ދަނީ އިންޑިއާ މީހަކަށް ވީތީ މައްސަލަ އޮއްބާލީ ކަމަށެވެ.

ޖިނާއީ އެކި މައްސަލަތަކުގައި ހިމެނުނު އިންޑިއާގެ ބައެއް މީހުންގެ މައްޗަށް ޝަރީއަތް ނުހިންގި މީގެ ކުރިން ފުރައިގެން ގޮސްފައިވެ އެވެ. އޭގެ ތެރެއިން، 2014 ވަނަ އަހަރު އައިޖީއެމްއެޗްގައި މާބަނޑު މީހެއްގެ ގަޔަށް އެޗްއައިވީ ހުރި ލޭ އެޅުނު މައްސަލާގައި އިހުމާލުވި ލެބް ޓެކްނީޝަންގެ މައްސަލަ ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށުގެ ދައުވާ ކޯޓުން ބޭރުކޮށްލީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލުމުންނެވެ. އަދި އޭގެ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު އިންޑިއާ މީހަކު އެ މީހުންގެ ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުވާކޮށް، ކޯޓުގައި މައްސަލަ އޮއްވައި ވެސް ފުރުވާލާފައިވެ އެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފފފފ

05 January 2021

ރަނގަޅު! ތި ގައުމުގެ މީހުންގެ ކަންކަން ބެލުން މަނާވާނެ. ކަޝްމީރުގެ ކަމެއް ދުނިޔޭގެ އެއްވެސް މީހަކަށް އެބަ ބެލޭތަ؟

The name is already taken The name is available. Register?

އަބްދު

04 January 2021

ރޭޕް ކުރި ކަމެއް ނުކުރާ ކަމެއް މަށަކަށް ނޭންގޭ. ނަމަވެސް އިންޑިއާ ވިއްޔާ ފައިގަ ދޫ ވެސް ލައިފާނެ ކަމަށް މަ ގަބޫލު ކުރަން. އިންޑިއާ އާއި ހެދި އެވަރުވާ ސަރުކާރެއް މިއޮތީ.

The name is already taken The name is available. Register?

ރޮކަފެލާސް

04 January 2021

ތިވާނީ ރޯޔަލް ފެމީލީ ގެ ކަމަކައް.. އަޅާ ނުލާ

The name is already taken The name is available. Register?

އާދަމް ބާއީ

04 January 2021

މިޒަމާނުގާ ތެދެއްދޮގެއް ވަތްކެއްނުވާނެ. އެއަށްވުރެ ދިރިއުޅުމާ ހުރިހާކަމެއްް މިހުންނަނީ އޮޅުންބޮޅުންވެފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454