މިނިސްޓަރު އިމްރާން "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖެނުއަރީ 2021 - 15:17
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރަން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގެ 42 ވަނަ މާއްދާގެ (ޅ) ބުނާ ގޮތުން، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި ފިރިހެނުންނަށެވެ.
އެކަމާ ގުޅިގެން ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުން އެގޮތަށް ބޭނުންވާ ކަމަށް އޭރުގެ ލީޑާޝިޕަށް ފެނުމުން ކަމަށެވެ.
ނަމަވެސް ރައީސްގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތަކުގެ ތެރެއިން "ފިރިހެނަކަށްވުން" އުނިކުރަން މިހާރު އިސްލާހެއް ހުށަހަޅާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެއީ މިވަގުތު އަދާލަތު ޕާޓީ ކުރިޔަށް ގޮސްފައިވާ މިންވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު ފަހިކުރުމަށްޓަކައި ކަމަށް އިމްރާން ވިދާޅުވި އެވެ.
Adhaalath Party ge Raeesge kibaiga hurun laazimkuraa sharuthuge thereyga firihenakahvun himanaafa othee dheeneegothun laazimkuraa kamakah nuviyas party ufedhunuiru partyge memberun beynunvanee egoyi kamah eyruge partyge leadershipgai thibbevi beyfulhunnah fenivadaigannavaathee.
— Imran Abdulla (@ShimranAb) January 5, 2021
އިމްރާން ކުރެއްވި ޓުވީޓް
"މިގޮތަށް އަޅުގަނޑު އިސްވެ ހުރެ އިސްލާހު ހުށަހެޅީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާ ވެސް މަޝްވަރާ ކުރުމަށް ފަހު މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާއެކީ،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވެސް އަންހެނަކަށް ކުރިމަތިލެވޭ ގޮތައް އަސާސީ ގަވައިދު އިސްލާހުކޮށްފަ އެވެ. އެ ޕާޓީން އަސާސީ ގަވައިދަށް މި އިސްލާހުތައް ގެނެސްފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހު 23 ގައި ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ.
އެ މައްސަލާގައި އަދާލަތު ޕާޓީގެ ބައެއް މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާތައް ހުށަހަޅާ ބައެއް އިސްލާހުތައް ބާތިލު ކުރުމަށް ޕާޓީއަށް އަންގަން އެދިފަ އެވެ. އެ މެންބަރުންގެ ކަންބޮޑުވުމަކީ ވަކި ބޭފުޅެއްގެ މުށުތެރެއަށް ބާރުތައް ދާ ގޮތައް ޕާޓީގެ އަސާސީ ގަވައިދު ބަދަލު ކުރަން އުޅުން ކަމަށް އެ ކޮމިޝަނުން އީސީން ބުނެއެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބޭބެ
06 January 2021
ހެހެހެ .... މިއޮތީ ޕާޓީ ރިފޯމުވެ ދިމާކުރާތީ ނިޒާމުން ޖަރީވެ ނިމިފައި ...
ހާމިދު ޝާހިދު
06 January 2021
އިލްމުވެރިންގެ ޕާޓީއެއް އޮންނާކަށެއް ނުޖެހޭ. އިލްމުވެރިން ދެންތިބި ޕާޓީތަކަށް ވަނީމާ ހުރިހާކަމެއް ހަމަވީ. އަދާލަތުޕާޓީ ލާދީނީ ފިކުރުގެ އެމްޑީޕީގެ ފަހަތުގައި އެއޮންނަނީ، އެމީހުންގެ ލާދީނިއްޔަތު ކުޑަކުރުމަށް ބާރުއެޅުމަށް ކަމަށްވަނީނަމަ އެކަން ރަނގަޅު. އެކަމަކު އެމީހުންގެ އަވާގައި ޖެހި، ޕާޓީ އުފެއްދި މަގްސަދު އޮޅެމުން ދަނީނަމަ ތިއީ މިހާރު އުވާލަންޖެހޭ ޕާޓިއެއް. ހަރުކަށިކަން ފެތުރުނީ އެމްޑީޕީ މިގައުމަށް ތައާރަފް ކުރި ޑިމޮކްރަސީގެ ސަބަބުންކަން ޔަގީން
ބޮކިއަލި
06 January 2021
ރަގަޅުކަމެއް. މިހިސާބަ އަދާލަތު އާދެވޭއިރު ހިތަށްއަރާ އެމްޑީޕީން ޕީޕީއެމުން ޕާޓީތަކުގެ ރައީސަކަށް ވިސްނަމުން ދާނީ ވިކްޓޯރިއާ ސީކްރެޓުގެ މޮޑެލެއް ނޫބާވައޭ. ފެންނަން އޮތްހިސާބެއް ފެންނާނެ.
ދަތުގެ
06 January 2021
މޑޕ، ޕޕމ ވީމަ މޮޑެއްޔެއް، އދލތ ވީމަ ސާލިޙް ބޭފުޅެއް ދޯ؟
ތެދުވެރިޔާ
05 January 2021
އަދީބު ގޭގަ ޓީވިބަލަން ބަހައްޓާފަ ރައިސް ޔާމިނަ ނުހައްގުން އަނިޔާ ތި ދެނީ
ދަތުގެ
06 January 2021
ތިކަމަކާ މިކަމަކާ؟
ބޮކިފުރާޅު މުޙައްމަދު
05 January 2021
ނަންވާނީ ސައުދީ.
އާދަމް ބާއީ
05 January 2021
އިމްާނު އިސްތިއުފާ.
900 ޑިގުރީ
05 January 2021
މިގައުމުގައި ހަރުކަށި ފުކުރު ވަކިހިއްޕައި ވެރިންނަށާއި މައިންބަފައިންނަށް ކުރާ އިހުތިރާމު ދުއްވާލީ އަދާލަތު ޕާޓީގެ އިލްމުވެރިންނޭ ކިޔާމީހުން
ސާޖިދު ނަދި އަދުވާލާ
05 January 2021
ސީދާ ކަނޑައެޅިގެން ރޯ ބުހުތާނު ބޮޑު ދޮގެއް. ތިޔަބުނާ ކަންކަމަށް ހިއްވަރުދީ މަދަނީ ބަސްނޭހުމާ ގަވާއިދުތަކަށް ބޯ ނުލެނބުމަށް އެންމެބޮޑަށް ބާރު އެޅީ އެމް.ޑީ.ޕީން
މަރޭމިރުތާ
05 January 2021
އެމް.ޑީ.ޕީ ގެ ނަން އަދާލަތަށް ބަދަލު ކުރީތަ؟
ޝޮކްތެރަޕީ
05 January 2021
ރާއްޖެ ހަލާކުވުމުގެ އެމްމެ އުހުގަ އަދާލަތު ޕާޓީ.
ސާޖިދު ނަދި އަދުވާލާ
05 January 2021
ތިމަ ތިމާމެންގެ އުޅުން އިސްލާހުކޮށްބަލަ. އޭރުން ކަންކަން އިސްލާހުވެދާނެ.
ތެދުވެރިޔާ
05 January 2021
ވަރައް ކަޑަ ޕާޓީއެއްތީ.
މިވަރެއްނެތް
05 January 2021
ރައީސު މައުމޫނުގެ ވެރިކަމުގައި އަންހެން މެޖިސްޓްރޭޓުން އައްޔަންކުރަން އުޅުމުން އަދާލަތުގެ "އިލްމުވެރިންގެ މަޖިލީހުން" ފަނޑިޔާރުންނާއި ގައުމުގެ ވެރިކަމަށް އަންހެނަކު އައްޔަންކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫންކަމަށް ބުނެ ދައުލަތުގެ އިދާރަކަށާއި ޚަބަރުފަރުތާ ވަސީލަތްތަކަށް އަދާލަތު ޕާޓީން ދެއްވި ބަޔާންތައް މިއަދު މިވީ ކިހިނެތްތޯ؟ ހައްގުބަސް ވިދާޅުވީ އެއިރުތޯ ނުވަތަ މިއަދުތޯ؟ ތިހެންވާތީ ރައްޔިތުންގެ ކުރިމަތީގައި އިލްމުވެރިންގެ އަގުވެއްޓެނީ
ސްކިޕަރ
05 January 2021
މިދައްކަނީ ޕާޓީ ރައީސް ވާހަކަ، ގައުމުގެ ރައީސެއް ނޫން. ހެޔޮނުވާނެ ހަބަރު ކިޔާބަ ރޯނު އެދުރު ހެދިގެން ކޮމެންޓު ކުރުމުގެ ކުރިން
ސްކިޕަރ އަށް
06 January 2021
ބަލަ އިހަކަށް ދުވަހު ނޫންތަ ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނު ކުރީ؟ ކޮބާހޭ އޭރު އަދާލަތާއި އިމްރާނު؟
ބާސޫ
06 January 2021
ދައުލަތުގެ ވަޒީފާތަކުގެތެރެއިން އަންހެނުންނަށް އަދާނުކުރެވޭނެ ވަޒީފާއަކީ ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމުކަމަށް ވަރަށް ގިނަ ޢިލްމުވެރިން ބުނެފައިވޭ. އަދި އިޖްމާޢުވެފައިވާ މައްސަލައެއް ކަމަށްވެސް ބުނެފައިވޭ. އެކަމަކު އެއީ ދަލާލަތާއި ސާބިތުވުމުގައި ޔަގީންކަށަވަރުވާ ވަރުގެ ނައްޞަކުން ނެރެފައިވާ ޙުކުމެއްނޫން. އެހެންކަމުން ވާހަކަދެއްކިދާނެ. ދީނުން ބޭރުނުވާނެ.