އަދީބުގެ އެދިވަޑައިގަތުމަކަށް ގޮވާ އެެއްޗެއް ތައްޔާރުކޮށްދިނިން: ހެކިވެރިއެއް

ނައިބު ރައީސް އަހުމަދު އަދީބުގެ އެދިވަޑައިގަތުމަކަށް ގޮވާ އެއްޗެއް ތައްޔާރުކޮށްދިން ކަމަށް ސިފައިންގެ މީހަކު ޝަރީއަތުގެ މަޖިލިހުގައި ދެންމެ ހެކިބަސް ދީފި އެވެ.


ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" އައިއީޑީއެއް ގޮއްވާލި މައްސަލާގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިހުގައި، ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން ސިފައިންގެ މީހާ ބުނީ، އެ ލޯންޗްކޮޅުގައި ގޮއްވި ފަހުން އަދީބު އޭނާ އަށް ގުޅުއްވި ކަމަށެވެ. އަދި އެއީ އަދީބު ވިދާޅުވެގެން ތައްޔާރުކޮށްދިން ގޮވާ އެއްޗެއް ކަމަށާއި ބަލައިގެން އުޅުމަށް އަދީބު އެދިވަޑައިގެންނެވި ކަމަށް ސިފައިންގެ މީހާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނިގޮތުގައި އިިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ މޭ 1 ގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅުވައިގެން ވެސް ގޮވާ އެއްޗެއް ތައްޔާރުކޮށްދިނެވެ. އެކަމަކު އޭތި ގޮއްވާލާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލައެއްގައި ސިފައިންގެ ބަޔަކު ވަނީ ވަރަށް ކުރިއްސުރެ ފެށިގެން ހައްޔަރުކޮށްފަ އެވެ. އަދީބާ ދެކޮޅަށް ކޯޓުގައި މިއަދު ހެކިބަސް ދިނީ އެއިގެ ތެރެއިން ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.