އަލިފުތު، ގުރައިދޫ މަރުކަޒަށް ބަދަލުކުރުމަށް ގެންދަނީ.--
ގއ. މާމެންދޫގައި މަގުމަތިވި އުމުރުން ދުވަސްވީ އަލިފުތު ބަލައިދޭނެ މީހަކު ނުވުމުން އެންމެ ފަހުން ދައުލަތުން ހަވާލުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ، އުމުރުން 80 އަހަރުގެ އަލިފުތު ބަލަހައްޓައިދޭނެ މީހަކު ހޯދަން މީގެ ކުރިން އިއުލާނު ކޮށްގެން ވެސް އެކަމާ އެއްވެސް މީހަކު ހަވާލުނުވި ކަމަށެވެ. އެހެންވެ، ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކާއެކު، ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ގެންދިއުމަށް މިއަދު ވަނީ އޭނާ ފޮނުވާލައިފަ އެވެ.
އެ ފިރިހެންމީހާގެ އުފަން ދަރިއެއް ނުހުރެ އެވެ. އޭނާގެ އަންހެނުން މީގެ އަށް ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އޭރުން ފެށިގެން އަލިފުތު ބަލަމުން ދިޔައީ އަންހެން ދޮން ދަރިއެކެވެ. ނަމަވެސް އެ އަންހެންމީހާގެ ބަލި ހާލަތު ހުރި ގޮތުން އަލިފުތު ބެލެން ނެތުމުން އެކަން، އަލިފުތުގެ ވާރިސުންނަށް އެންގި އެވެ.
އެކަމަކު ދެ ފަރާތުގެ އާއިލާ އަށް ވެސް އަލިފުތު ބެލެން ނެތުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ އުޅެމުން ދިޔައީ މާމެންދޫގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފުޓުބޯޅަ ދަނޑުގައި ހުރި ޗޭންޖިން ރޫމެއްގަ އެވެ.
އޭނާ އަށް އެހީތެރިވެދިނުމަށް ކައުންސިލުން ބޭރު މީހަކު ބަހައްޓާފައި ހުއްޓެވެ. ކެއުން ހަމަޖައްސައިދިނީ އަމިއްލަ މީހެކެވެ.
އަލިފުތުގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ އެއްބަނޑުއެއްބަފާ ދެ އަންހެނުންނެވެ. އެ ދެ މީހުންނަކީ ވެސް ސިއްހީ ހާލަތު ހުރި ގޮތުން އަލިފުތު ބެލޭނެ ބައެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ،
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފޮނިތޮށި
17 January 2021
އެލްޑަރލީ ކެއަރ ސެންޓަރ އަދި ރިޓަޔާމަންޓް ސެންޓަރ ތައް ރާއްޖެއަށް މުހިންމު. އަލިފުޅަށް ލިބޭ ރިޓަޔަމަންޓް އެލަވަންސް ގެ އެހީގައި މިކަހަލަ މަރުކަޒެއްގައި ހިއްހަމަޖެހިގެން އުޅެވެން ޖެހޭނެ.
ގުއިފުކު ފުރޭތަ
15 January 2021
އޭނާ މަގުމަތި ކުރި އާއިލާ އިސް މީހުންގެ ވަނަވަރު އާއްމު ކުރޭ. އެމީހުން އަލިފުތަށް މިހާލު ޖައްސާފަ ހަމަޖެހިގެން އެޅެވިގެން ނުވާނެ.
މާމެންދޫ މީހާ
14 January 2021
ތިޔަ ދެވުނީ ހާދަހާ ބޮޑު އަނިޔާ އެކެވެ. ކެޔޮގަނޑު ކެޑީމާ ގަހުގެ ބޭނުން ކެނޑުނީ އެވެ.ބަޔެއ އްގެ ޙަޔާތާ އް ހާދަ ބޮޑެތި ގުރުބާނީ ވެދިން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްމީހެކޭ ތިޔަ އަލިފުތުބެޔަކީ. ެެްެެެެްެެެްެެެެްެެްެެެެްެެެްެެެެެެްެެެެްެެ މި އަދި އެބޭބެ އަށް މަރުވަންދެން އޭނާގެ އަމި އްލަ ފަސްގަނޑުގަ އި ވެސް ނުބަހަ ެެްެެެެްެެެްެެެެްެެްެެެެްެެެްެެެެެެްެެެެްެެެްެެެެްެެްެެެެްެެެްެެެއޓާ ތިޔަ ބޭރުކޮށްލީތާ އެވެ.!!!!!
ހަޑިގިއްލާ
14 January 2021
ދަޢުލަތެއް އޮތުމުގެ ހަޤީޤީ ބޭނުމަކީ މީ...
އަކަސަކަ
14 January 2021
ދައުލަތުން އެތައް މިލިއަން ޚަރަދުކުރާ، އަދި އެކިވަރުގެ މުއައްޒަފުން ތިބޭ ތިފަދަ މަރުކަޒެއްގައ، ބަލި މުސްކުޅި މީހެއް ރައްކާތެރިކޮށް އެއްގަމަށް އަރުވާލެވޭ ގޮތެއް ނެތުމުން ލަދުގަނޭ. މީހެއްގެ ބުރަކަށިމަތިން ތިގޮތަށް އަރުވާ ބޭލުމަކީ ނުރައްކާތެރި ކަމެއް.
ކަރުނަ
14 January 2021
އެ ބޭެބެ ކޮޑުގައި އެ ބާލަނީ ގުރައިދޫ އަށްތޯ ރަނގަޅަށް ބަލާލަ ބަލަ
ޝުޖާޢު
15 January 2021
ކަރުނައަށް. ފޮޓޯއިން އެފެންނަނީ ކޫއްޑޫ އެއާޕޯޓަށް ދާން ފައިބާ ތަން
ކެނެ
14 January 2021
ރާއްޖޭގަ އޯލްޑް އޭޖް ހޯމް ހަދަންވީ، އަދި ޕެލިއެޓިވްކެއަރ ވެސް ހަދަންވީ. އެތަންތަނަކީ ދައުލަތަށް ލިބޭ ޓެކްސްއިން ހަދައިގެން މެނޭޖްކުރެވިދާނެ ތަންތަން. އެހެންނޫނީ ރާއްޖޭގެ މަހުޖަނުންނަށްވެސް ހަދައިގެން މެނޭޖްކުރެވިދާނެ ތަންތަން. މިއީ ވަރަށް ދަރުމަހުރި މަސައްކަތެއް.. އެއްބައިފަހަރު މީހުން މުސްކުޅިވީމަ އެމީހުން މެނޭޖްކުރުމަކީ ރަނގަޅު މީހަކަށްވެސް ވަރަށް އުނދަގޫވެދާނެކަމެއް. އެއީ މުސްލުޅިވުމުން އެއްބައިމީހުން ބުއްދިގޯސްވޭ (މިސާލަކަށް ޑެލިރިއަމް)
ޞބވވ
14 January 2021
މަރުވާއިރަށް ދިމަދިމާލުން ވާރުތައަރާމީހުން ނިކުންނަންފަށާނެ
ސަމްވަން އިން
14 January 2021
މާތް ﷲ އެބޭބެއަށް ދިރިއުޅުން ފަސޭހަކޮށްދެއްވާށި އަދި އުމުރުގައި ބާކީ އޮތްބައިވެސް ހެޔޮގޮތުގައި ހޭދަކުރުމުގެ ހެޔޮތަޢުފީޤް ދެއްވާށި! އާމީން!
ޖަމީރަ
14 January 2021
ދިވެހިންގެ އަސްލު ސޫރަ!
ހިލަބެ
14 January 2021
ތިޔަބުނާ ސޫރަޔަކީ ތިޔަހެންވާ ސޫރައެއްނޫން ދިވެއްސަކަށްވީތީ ހުރިހާކަމެއްގަ ރަނގަޅެއްނުވާނެ ނޭގޭތަ އަބޫޖަހުލަކީ ކާކުކަމެއް މާތްވެގެންވާ މައްކާގެ ޤުރައިޝް ވަންހައަށް ނިސްބަތްވާ މީހެއްދޯއެއީ އެކަމު އެއީ މިއުއްމަތުގެ ފިރުއައުނު.....
ވައަީ ޫ
14 January 2021
ބޮޑުމުސާރަ ނަގައިގެން ކައުންސިލަރުން ތިބެނީ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި މިފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ހުރުންވަރަށް މުހިންމު މާލޭގައި ހުރި ކުޑަކުދިންގެ ހިޔާ ވެސް ބަންދުކޮށްފާ ކުދިންތަށްވެސް ބަހާލީ ގުރައިދޫ މަރުކަޒުވެސް ބަންދުކޮށްފާ މަރުކަޒުގައި ތިބި މީހުންތަށް ބަހާލަންފެނޭ!