ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ވެކްސިން ޖެހި، ދުވަސްވީ މީހަކު މަރުވި ގޮތް ބަލަނީ

އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެހިތާ ދެ ދުވަސް ފަހުން އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.

އެ އެޖެންސީން ބުނީ ސިއްހީ ތަފާތު އެކި ސަބަބުތަކާ ހުރެ 10 އަހަރުވަންދެން ބަލި އެނދުގައި އޮތް 93 އަހަރުގެ ފިރިހެނަކަށް ވެކްސިން ދިނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މިއަދު ހެނދުނު އެ މީހާ ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން، އެ މަރުގެ ހަގީގަތް ދެނެގަތުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ނިމުމުން އެކަމުގެ ތަފްސީލް ހާމަކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިނާ ގުޅުމެއް ނެތަސް، މަރުވުން ހިމެނޭ ގޮތުން، ސިއްހީ ގޮތުން ނުރައްކާތެރި ކަންކަން ހިނގައިފާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަ "ކޮވިޝީލްޑް" ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ. އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހުއްދަ ދީފަ އެވެ.

22 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 76%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑްމުންޑޯ

19 February 2021

ބަލި އެދުގައި 10 އަހަރު އޮތް 93 އަހަރުގެ މުސްކުޅި މީހެއް މަރުވެދާނެ ފެނަޑޯލް ގުޅައެއް ދޭވަގުތުވެސް ، ނަމަވެސް މިމުސްކުޅި މީހާ އަށް ވެކްސިން ޖެހުމަށްވުރެ ނުޖެހިނަމަ މާރަގަޅުވީސް ، މަރުހޫމާ އަށް ހެޔޮރަހްމަތް ލައްވާށި

The name is already taken The name is available. Register?

ހަސަދު

19 February 2021

ބަލި އެދުގައި އޮތް އެހެން މީހުންނާ ކޮންޓެކްޓު ވުމުގެ ފުރުސަތު ކުޑަ މީހެއްގެ ގަޔަށް ވެކްސިން ދިނީ ކީއްވެ.

The name is already taken The name is available. Register?

ހޭލާ

19 February 2021

މި ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަވެސް ދުނި ދޫކޮށްދާންޖެހުނީ ބަލި އެދުގައި އޮންނަތާ އެތައް އަހަރެއްވީ މީހެކެވެ.

The name is already taken The name is available. Register?

އަރުތަ

19 February 2021

ވެކްސިން ނުދެނީސް ދުނިޔެ ދޫކުރިނަމަ ބުނާނެ، އެފަދަ ހައިރިސްކް ބޮޑު ދުވަސްވީ ބަލި މީހަކަށް ވެކްސިން ނުދީ އޮތުން އެއީ ބައެއްގެ އިހުމާލޭ، ހަމަ ޔަޤީން ބުނާނެކަން. ދެން އެހެން ނޫނަސް ކޮވިޑް ވެކްސިނަކީ އެކަމަށް އޮތް (މަރު) ހުރަހެއް ނޫން.

The name is already taken The name is available. Register?

ކަޑަ

19 February 2021

1 ވެކްސިން ބޭކާރުވީ

The name is already taken The name is available. Register?

ބައިރޯ

19 February 2021

މިފަދަ ދަޅިވަޅެއްގައި ތާކުންތާކު ނުޖެހޭ ކޮމެންޓް ނުކުރައްވާ

The name is already taken The name is available. Register?

އެވެކްސިން

19 February 2021

ތިކަމާ ވެކްސިނާ ގުޅުމެއްނެތް. މީހެއްގެ މަރު އައިސް ޖެހުމުން ވެކްސިންޖެހިޔަސް ކުރާނެކަމެއް ނޯންނާނެ.

The name is already taken The name is available. Register?

އަލިހަންދްރޯ

19 February 2021

50،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި. އަހަރެން ބުނަންތަ %100 މަށަށް އިގޭ ބޮޑު ސިއްރެއް؟ ވެކްސިން ޖެހި އެންމެންވެސް މަރުވާނެ.

The name is already taken The name is available. Register?

ޭިއިޙްސާސް

19 February 2021

އަދި ހަމައެހެންމެ ވެކްސިން ނުޖަހާ އެންމެންވެސް އަދި މަރުވާނެކަން ކަށަވަރު..އެހެންނު

The name is already taken The name is available. Register?

އައްޔަ ބޮޑޭ

19 February 2021

ވެކްސިންދިނަސް ނުދިނަސް އެމީހެއްގެ އަޖަލު ހަމަވުމުން މަރުގެންދަަވާނެ! އިދިކޮޅުމީހުނައް ކިޔާނެ އަންބާއެއް ލިބުނީނު!

The name is already taken The name is available. Register?

ޙެޑް

19 February 2021

80 އަހަރުން މަތީ 100% ބޭފުޅުންނަށް މި ވެކްސިން ޖެހުމުން އާދަޔާހިލާފަށް ބޮޑެތި އުދަގޫތައްވެ، މީ އްޗްޕީއޭއަށްވެސް ރަގަޅަށް ފަހުމް ވެފަްިވާ ކްމެއް.. ކުޑަކުދިންނެކޭ އެއްގޮތަށް 90 އަހަރުގެ އިއްޒަތްތެރިންނަށް ވެސް ވެކްސިން ނުޖަހާ ދޫކޮށްލުން ރަގަޅު ކަމުގަ ދެކެން....

The name is already taken The name is available. Register?

ބައިރޯ

19 February 2021

މަޖުބޫރެއް ނޫން ބޭނުމިއްޔާ ނުޖަހަންވީ

The name is already taken The name is available. Register?

ނިރު

19 February 2021

އިމަޖެންސީ ހާލަތުގަ ބޭނުން ކުރަން ހުއްދަ ދީފަވާ ވެކްސިނެއް މުޅިޤައުމުގެ އެންމެނަށް މިއޮއްޖަހާ ނިންމަނީ... ހުރި ހިތާމައެއްގެ ބޮޑުކަމާއޭ

The name is already taken The name is available. Register?

ނައު77

19 February 2021

ކޮއްކޯ މުޅި ދުނިޔޭގަ ޖަހަނީ ހުސް އިމަރޖެންސީ ހުއްދަ ވެކްސިން. ޖަހަނީ އެތައް މިލިޔަން މީހުން މަރުން ސަލާމަތް ކުރަން.

The name is already taken The name is available. Register?

ބިރު

19 February 2021

ވެކްސިން ޖަހަނީ އަމިއްލައަށް އެދިގެން ޖަހަން ބޭނުން މީހުންނަށް. އެމީހެއްގެ ގަޔަށް އެމީހާޖަހަން ބޭނުންވެގެން. ދެން ކަލެއަކާ ކޮޮން ކަމެއް؟

The name is already taken The name is available. Register?

އަރުތަ

19 February 2021

މަޗާ، ކިހާވަރެއްވީމަތަ އިމަޖެންސީ މިނަގޑު ތިޔަ ކަނޑައަޅަނީ، އެންމެން މިތިބީ ހައްޔަރުގަ، ކުދި ޅަދަރިންގެ ތަޢުލީމު ހުއްޓިފައޮންނަތާ އަހަރުވީ، އަނގަމަތީ ފޮތިގަނޑެއް ބަނދެގެން އުމުރުގެ ބާކީބައި މިއޮތީ އުޅެން ޖެހިފަ، އަދިވެސް ކޮޅެއް މެދެއް ނޭގެ.....

The name is already taken The name is available. Register?

އަލީބަލީ

19 February 2021

ވެކްސިން ޖެހުމަކީ މަރުން ސަލާމަތްވާ ކަމެއް ނޫން 50 ހާސް އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި. އޭގެ ތެރެއިން ބައެއް މީހުން މަރުވެސް ވާނެދޯ

The name is already taken The name is available. Register?

ޜިޒްނާ.

19 February 2021

އަޅުގަނޑު މިކިޔައިދެނީ ތިކަމުގެ ތަފްސީލު އެމީހާޔަކީ ބަލިދާނުގަ އެތައްދުވަހެއްވީ މީހެއް ވެކްސިންޖެހުމާ މިކަމާ ގުޅުމެއްނެތް ވައްﷲ އައުލަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454