ފަސްޓް ލޭޑީ ފާތުންގެ މަންމާފުޅު އަވަހާރަވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މަންމާފުޅު މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗްގައި އަވަހާރަވެއްޖެ އެވެ.


ފަސްޓް ލޭޑީގެ މަންމާފުޅު އައިޝަތު މޫސާ، ގ. ރޯޒަރީ 80، އަވަހާރަވީ ކޯމާއެއްގައި އޮންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ފަސްޓް ލޭޑީގެ މަންމާފުޅުގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 1:15 އިން ފެށިގެން އާސަހަރާގަ އެވެ. ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.