ޚަބަރު / ހިޔާ މަޝްރޫއު

ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ

ލިއުން ހަވާލުކުރިޔަސް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ވާހަކަ އާއި ފްލެޓް ލިބުނު ކަމުގެ ޝަރުތުތަކާ ދިމާވޭތޯ ބަލައި ސައްހަކަން ކަށަވަރުކުރާނެ ކަމަށް ލިޔުމުގައި އޮވޭ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި ފްލެޓް ލިބޭނެ ކަމުގެ ކަށަވަރުކަން ދޭން ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ 9،500 ލިއުމަކީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލް ކުރެވޭ ގޮތަށް އޮތް ލިއުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އޭޖީ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ ލިއުންތައް ބާތިލްކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ރިފްއަތު މިގޮތަށް ވިދާޅުވީ ހިޔާ މަޝްރޫއުގައި ހުޅުވާލި އަދަދަށް ވުރެން މާ ގިނައިން ފްލެޓުގެ ލިއުން ދޫކުރުމަކީ އޮޅުވާލައިގެން ހިންގި ކަމެއް ކަމުގެ ތުހުމަތު ކުރައްވައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން ދޫކުރުން އާ ސަރުކާރުގެ ރައީސް ހުވާކުރެއްވި ނޮވެމްބަރު، 17، 2018އާ ހަމައަށް ކުރިއަށް ގެންދިޔަ ކަމުގެ ހެއްކެއްގެ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއް ކޮމިޓީގައި ސަލީމް ވިދާޅުވި އެވެ. އެ ލިއުން ދޫކުރަނީ އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާ ލިބިގެން ކަން ވެސް މުއިއްޒުގެ ޓުވީޓުގައި އޮތް ކަން ސަލީމް ފާހަގަކުރެއްވި އެވެ.

އެކަމަކު އެގޮތަށް އެކަން ކުރެއްވީ، ސަލީމް ވިދާޅުވި ގޮތުގައި، އިންތިޚާބީ ރައީސްގެ އޮފީހުން އެ ލިއުން ދޫނުކުރަން ހައުސިން މިނިސްޓްރީއަށް އަންގާފައި އޮއްވަ އެވެ.

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ހިޔާ މަޝްރޫއާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހާލަތުގައި ދޫކުރި އެ ލިއުމަކީ އަދިވެސް ގާނޫނީ ބާރެއް ހިނގާނެ ލިއުމެއްތޯ ނުވަތަ އެ ލިއުމުގެ ސައްހަ ކަމަކީ ކޮބައިތޯ ސަލީމް އެއްސެވުމުން ރިފްއަތު ވިދާޅުވީ ވެރިކަމުގެ ހުވާ މިހާރުގެ ރައީސް ކުރެއްވި ދުވަހާ ހަމައަށް ލިއުން ދޫކުރަން އޭރު ހައުސިން މިނިސްޓްރީން އިއުލާންކުރުމާ އެކު އެއީ ކުރެވޭނެ ކަމެއް ނޫން ކަން އަންގާފައިވާ ކަން ހައުސިން މިނިސްޓްރީން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭޖީ ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޝާން ޖަހައި ލިއުމެއް ދޫކޮށްފައި އޮތަސް އެ ލިއުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިއުމަކަށް ވަނީ އެ ލިއުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންނާއި އިލްތިޒާމް ނުވަތަ ކުރުން ލާޒިމް ކަންތައްތަކަކުންނެވެ.

"ފްލެޓް ލިބުނު ކަމުގެ ލިއުމަށް ބަލާއިރު އޭގައި އެބަ ބުނޭ ލިސްޓުގައި ހިމެނުނަސް ލިއުން ހަވާލުކުރެވުނަސް ފްލެޓް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ވާހަކަ. އަދި އެބަ ބުނޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ މީހަކު ދީފައިވާ މައުލޫމާތު ފްލެޓް ލިބުނު ކަމުގެ ޝަރުތުތަކާ ދިމާވޭތޯ ނުވަތަ ނޫނިއްޔާ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަލަން ޖެހޭނެ ކަންކަން އެބަހުރި ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުމުގައި ހުރި ވާހަތައް ހިއްސާކުރައްވަމުން ރިފްއަތު ވިދާޅުވީ 600 އަކަ ފޫޓަށް ވުރެން ބިމެއް، ގޯއްޗެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ނަމަ ސަރުކާރަށް ދޫކޮށްލަން ވެސް އޮތީ ޝަރުތުކޮށްފަ އެވެ. ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ނަމަ، އިސްކަން ދޭން ޖެހޭނީ ދަރިން ބަލާ ފަރާތަށް ކަމަށް ވެސް ލިއުމުގައި އޮވެ އެވެ. ދަރިއަކު ނެތް ނަމަ ފްލެޓް ލިބޭނެ ފަރާތެއް ކަނޑައަޅާނީ އެ ލިއުމުގައި އޮތް ގޮތުން ހައުސިން މިނިސްޓްރީންނެވެ.

"މި ދެންނެވި ކަންކަން ކަށަވަރު ނުކޮށް މައުލޫމާތު ސާފުނުކޮށް ހަމައެކަނި ދައުލަތުގެ ނިޝާން ޖަހާފައި އޮންނަ ލިއުމަކަށް ބަލާފައެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ ގާނޫނީ ގޮތުން އިލްތިޒާމެއް އުފައްދާނެ އަދި ހައްގެއް އުފަންކުރުވާނެ ލިއުމެއް ކަމަކަށް،"

ރިފްއަތު ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު ކަމުގެ ލިއުމަކީ "މުދަލުގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ގޮތުން އޮތް ކަން ދަލާލަތު ކޮށްދޭ ލިއުމެއް ނޫނެ"ވެ. އެ ލިއުން ބިނާވަނީ ޝަރުތުތަކަށް ކަމަށް އޭޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިއުން ދޫކޮށްފައި ވަނީ އޭގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާ ހާލަތުގައި ބާތިލްކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ގާނޫނީ ގޮތުން އެކަން ކުރުމުގައި މިހާރު ވެސް އެއްވެސް ހުރަހެއް އޮތް ކަމަށް އޭޖީ ދެކެވަޑައިނުގަންނަވަ އެވެ.

މަޖިލީހުގައި ފްލެޓް ކޮމިޓީގެ މެމްބަރުން: އެ ކޮމިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު އުފައްދާނެ ސުވާލެއް ނެތް ކަމަށް އޭޖީ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަރުތު ފުރިހަމަ ނުވާ ނަމަ ލިއުން ބާތިލް ކުރެވިދާނެ ކަން ސުޕްރީމް ކޯޓުން ގަޒިއްޔާތައް ވެސް ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި މީހެއްގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތެއް ފުރިހަމަ ނުވެއްޖެ ނަމަ އެ މީހަކަށް އެ ފްލެޓެއް ނުވަތަ ތަނެއް ނުލިބިދާނެ ކަން 2015 އަދި 2017 ގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާ އިން ސާފުކަމަށް ވިދާޅުވި އެވެ.

"ކަން މިހެން އޮތުމުން ހައްގު އުފަންވަނީ ޒިންމާއާ އެކުގައި ކަން ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު އުފައްދާ ސުވާލަށް ވެސް އެޓާނީ ޖެނެރަލް ޖަވާބު ދެއްވި އެވެ.

އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި މުއައްސަސާތަކަށް އެންގެވުމާއި އިރުޝާދު ދެއްވުމަކީ ގާނޫނުއަސާސީން ރައީސަށް މަތިކޮށްފައި އޮތް ޒިންމާއެއް ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މައްސަލަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅުން ހުރި ކަމަށެވެ. ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޫކުރި ގޮތުން ގިނަ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވި ގޮތުގައި އެ ޝަކުވާތައް ހުށަަހަޅާފައި ވަނީ ހަމަހަމަކަން ނެތުމާއި ހާމަކަން ނެތުމުގެ މައްޗަށެވެ. ވަޒީރުންގެ މަޖިލީހުގެ ލަފަ އާއި މަޝްވަރާއާ އެކު ކޮމިޓީއެއް އެކުލަވާލީ ފްލެޓް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބަލައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މި ކޮމިޓީއަށް ގާނޫނީ ހައިސިއްޔަތު ލިބިފައިވޭތޯ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ ރައީސް އެ ކޮމިޓީ އުފައްދަވާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުސްތޫރީ ހަމަތަކާ އެއްގޮތަށް ރައީސަށް ލިބިދޭ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަމަށެވެ.

ކުރީގެ ސަރުކާރުގައި ފްލެޓް ދޫކުރީ ބޭއިންސާފުން ކަމުގެ ޝަކުވާތައް ބަލަން އުފެއްދި ފްލެޓް ކޮމިޓީން ވަނީ ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކޮށް އާ ލިސްޓުތަކެއް ގެޒެޓްކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ބަލައި އާއްމުކޮށްފައިވާ އެ ލިސްޓުތައް ތަރުތީބުކޮށްފައިވާ ގޮތުން ކުރިން ފްލެޓް ކަށަވަރުވި ކަމުގެ ލިއުން ލިބުނު މީހުންނަށް މާކްސް މަދުވެ ލިސްޓުގެ ފަހަތަށް ޖެހިފައިވެ އެވެ. އަނެއް ބަޔަކަށް ޕޮއިންޓް އިތުރުވެ ފްލެޓް ކަށަވަރުވެފައިވެ އެވެ.

ކުރީގެ ލިސްޓުތަކެކޭ އެއްގޮތަށް މި ލިސްޓުތަކާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެކަމަކު ފްލެޓް ކޮމިޓީން ބުނަނީ މިފަހަރުގެ ލިސްޓުގައި ތިބޭނީ އޭރުގެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް މާކްސްދީގެން އެންމެ ހައްގުވެރިން ކަމަށެވެ.

16 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނބޫ

06 March 2021

ރަނގަޅު ވާހަކައެއް މިސޮރު ބުނެފި. ކާކު ތިހެންބުނަން ބުނެދިނީ؟ ޝަރުޠު ހަމަނުވާނަމަ ބާޠިލުކުރެވޭ ލިޔުމެއް ދީފައޮތީ. ޝަރުޠުހަމަނުވާ، މީހާއަށް ދިނުމަށްޓަކާ ޝަރުޠުހަމަވާމީހާގެލިޔުން ބާޠިލުކުރެވޭ ގޮތަކަށްނޫން ލިޔުން އޮތީ. މީނަތަ އަދި މިކިޔައިދެނީ ލިޔުމުގެގޮތް. އަހަރުމެން ކިޔައިދީފާނަމޭ ލިޔުން ދިން ގޮތް. ނޫނީ ކޮތަރުކޮށި ވައިބަރގްރޫޕް ބަލާލާ. ނޫނީ އާންމުންގެއެކުވެރިގުޅުމުގެ ޓްވިޓަރއާއި އެފްބީ ޕޭޖުން ނިކަންރީއްޗަށް ސާފުވާނެ. ލަސްނުކޮށް އަވަހަށްބަލާލާ.

The name is already taken The name is available. Register?

ޖެކް

04 March 2021

އެހެން ވެއްޖެއްޔާ ސިވިލް ސަރވަންޓުންގެ ތެރެއިން ފުލެޓް ލިޔުން ލިބުނު މީހުންނަށް ފުލެޓް ދޭންވާނެ! އެމީހުންގެ ޝަރުތު ބަދަލު ކުރީ ދާއިމީ ލިސްޓްވެސް އިއުލާން ކުރުމަށްފަހު!

The name is already taken The name is available. Register?

މޯޑް

04 March 2021

ޤާނޫނީ ހައްޤެއް ނެތް އެއްޗެއް ރައްޔިތުންނަށް ސަރުކާރުން ދޫކުރުމަކީ ހާދަ ދެރަކަމެކެވެ. ކޮންމެ ސަރުކާރަކުން ކުރިޔަސް ޤާނޫނީ ބާރު ހިނގަނީ ރައްޔިތުންގެ އަތުގައި ހުންނަ ފައިސާއަށް އެކަނި

The name is already taken The name is available. Register?

ނާއިންސާފު

04 March 2021

މިސަރުކާރުން ފެނޭ އަލުން ދަފްތަރު ހުޅުވާލަން. އެއީ މާލޭ މީހަކަށް ފްލެޓަކަށް ދުވަހަކު ޝަރުތެއް ހަމައެއް ނުވޭ. އެކަމަކު ދަފްތަރުގައި އޮތިއްޔާ ޕްލެޓަށް ޝަރުތު ހަމަވޭ. މާލޭ މީހާ ސަރުކާރުގައި ނޫޅެޏާ ޕޮއިންޓް މަދުވޭ. 18 ދަށުގެ ދަރިން ނެތިއްޔާ ޕޮއިންޓް މަދުވޭ. އެހެންވެ ޕޮއިންޓް މަދުވުމުން ޕްލެޓެއް ހައްޤެއްނުވޭ. މާލޭ މީހާ ވަޒީފާއެއްގައި ނޫޅޭތީ 18 އަހަރުން ދަށުގެ ދަރިން ނެތީމަ, ނޫނީ މީހަކާ ނީނދެ ހުރީމަ, ދަރިން ނެތީމަ, ބޯހިޔާވެހިކަމުގެ ހައްގުން މަހްރޫމް ވާންޖެހޭތޯ? ނޫނީ ގޯތި ހައްޤު ވާވަރަށް ނުވަތަ ޕްލެޓް ހައްގުވާވަރަށް ޕޮއިންޓް މަދުވެގެން ޝަރުތުހަމަ ނުވާތީ މާލޭމީހާ މާލޭގައި އެއް އަސްކަނިދަށުން އަނެއް އަސްކަނިދަށުންތޯ އުޅެންވީ, މީތޯ މާލޭ މީހާއަށް މާލޭގައި ހައްޤުވާ މިންވަރަކީ?

The name is already taken The name is available. Register?

ބެއްޔާ

04 March 2021

2023 ގައި ވެސް އަލުން ޔާމީން ވެރިކަމަށް އަރުވަންވީ މިކަހަލަ ފްލެޓްތައް ގައުމުގަ ބިނާކުރަން. އެއާއެކު 2028 ގައި މިބައިމީހުން ވެރިކަމަށް ގެންނާނީ ފާޑުފާޑުގެ ކޮމިޓީތައް ހަދައިގެން އަނެއް ފަސްއަހަރު ފްލެޓް ބަހަބަހާ ތިބެން. މާލެއިން ގޯތި ކަނޑައިދޭނަމޯ. ފޮނިކެނޑޭނީ މިބައިމީހުންނަށް.

The name is already taken The name is available. Register?

ކާޖާ

04 March 2021

ދައުލަތުން ލިޔުމެއް ދިނުމަކީ އޭގައި މަތިކޮށްފައިވާ ކަންކަން ފުރިހަމަ ނުވާހާ ހިނދަކު ބައިންޑިން އެއްޗަކަށް ނުވާނެކަމީ އެންމެ އާދައިގެ މީހާއަށްވެސް އެނގޭނެ ކަމެކެވެ. ދެރައީ ތި ގޮތަށް ސަކުވާބަލާ މައްސަލަ ބަލާ ހަދަން ދެތިން އަހަރު ހޭދަވެގެން ދިޔައީމައެވެ. ތިއިން ތަނަކުން މީހަކަށް ހިޔާވަހިކަމެއް ނުލިބިދިޔުމަކީވެސް ދެރަކަމެކެވެ.

The name is already taken The name is available. Register?

ޖޫލީ

04 March 2021

ކީރިތި ޤުރުއާނާ ސުންނަތް ފިޔަވައި ދެން ހުރި ހުރިހާ ލިޔުމެއްވެސް ބާޠިލު ކުރެވޭނެ

The name is already taken The name is available. Register?

ދޮގެއްތަ؟

07 March 2021

އެހެން މީހުންގެ ހައްގުތައް ނިގުޅައިގަތުމަކީ ކީރިތި ޤުރުއާނާ ސުންނަތް ވެސް ބާޠިލު ކޮށްގެން ތިބޭ މީހުން ކުރާނެ ކަމެއްކަން އަލީ ރަޝީދުގެ ވިސްނުމުން ވިސްނިއަސް އެނގޭނެ

The name is already taken The name is available. Register?

އަޙްމަދު7

04 March 2021

ތިއީ ދެން ހުރިހާ އެންމެންނަށްވެސް އެނގޭ ކަމެއްނު....ފަގީރުންނާ ދޭތެރޭ ހުރިހާ ގޮތެއްވެސް ހެދޭނެ. މަ އިންނާނަން ބަލަން އެއްވެސް މަހުޖަހަކަށް ލިބުނު ލިޔުން ބާޠިލުކުރޭތޯ.

The name is already taken The name is available. Register?

ނަތީ

04 March 2021

ފުލެޓް ކެޓަގަރީ ބާތިލް ކުރީ ރަނގަޅަށް ތަ؟

The name is already taken The name is available. Register?

ތނހހކ

04 March 2021

"ކުރީގެ ލިސްޓުތަކެކޭ އެއްގޮތަށް މި ލިސްޓުތަކާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެކަމަކު ފްލެޓް ކޮމިޓީން ބުނަނީ މިފަހަރުގެ ލިސްޓުގައި ތިބޭނީ އޭރުގެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް މާކްސްދީގެން އެންމެ ހައްގުވެރިން ކަމަށެވެ." ފަޒީނާ މި ޙަބަރު ގެނެސްދިން ގޮތް ވަރަށް ފުރިހަމަ. ވަރަށް ސާފު. ބަޔަކު ހާވާފާ އޮތް ހަޑިޔެއް އޮޅުން ބޮޅުން ފިލުވޭނެ އެންމެ ރަނގަޅަށް ކޮމިޓީގެ މަސައްކަތް ކޮށްފައި އޮތް ކަމަކަށް ފާހަގަ ކުރެވޭ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454